ރޯގާ ޖެހުމަކީ ކިތަންމެ އާދައިގެ ބައްޔެއް ހެން ހީވި ނަމަވެސް އެއީ ވަރަށް ބޮޑު ވޭނެކެވެ. އަދާކުރާ ވަޒީފާ އަށް ނުނިކުމެވި އެނދުމަތި ވާން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިއޮތީ އުފާވެރި ޚަބަރެކެވެ.

އެސްޓީ ލުއިސް ޔުނިވަސިޓީގެ ވެކްސިން ޑިޕާޓްމެންޓުން ކުރިއަށް ގެންދާ ވެކްސިން ޓެސްޓް ކުރުމުގެ ވަޒީފާ އަކަށް ވޮލެންޓިއާ ކުރާ، މީހުންނަށް 3500 އެމެރިކާ ޑޮަލަރު (54000 ރުފިޔާ) މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އަދި ހުރުމާއި ކެއުމުގެ އިންތިޒާމް އެންމެ އަގުބޮޑު ހޮޓާތަކުން ލިބޭނެ އެވެ.

ހަމައެކަނި ޝަރުތަކީ އެމީހަކީ ރޯގާ ޖެހި ހުން އައިސްފައި ހުރި މީހަކަށް ވުމެވެ.

ވެކްސިއެއް ޓެސްޓް ކުރުން ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނޫނެވެ. ޓެސްޓް ކުރާ ވެކްސިން އަކީ މީގެ ކުރިން ވެސް މީހުންގެ ގަޔަށް ޖަހައި ޓެސްޓް ކޮށްފައިވާ ރަނގަޅު ވެކްސިން އެކެވެ. އަދި ވެކްސިން ޖެހުމާއި އެކު 24 ގަޑިއިރު ބަލި މީހާގެ ހާލަތު ބަލަން އެންމެ މޮޅު ޑޮކްޓަރުންގެ ޓީމެއް ތިބޭނެއެވެ.

މިވަޒީފާ އަށް ކުރިމަތިލާ މީހުން ވަކި ގައުމަކަށް ނިސްބަތްވުން މަޖުބޫރެއް ނޫނެވެ.

ކުރިއަށް އޮތް ހަމަސް ދުވަހު, ރޯގާ ޖެހި ހުން އައިސްފައިވާ 24 މީހުން މިވަޒީފާ އަށް ބޭނުން ވެއެއެވެ. ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެސްޓީ ލުއިސް ޔުނިވަސިޓީގެ ވެބްސައިޓުން އިތުރު މައުލޫމާތު ސާފުވާނެއެވެ. އަދި ވަޒީފާ އަށް ކުރިމަތިވެސް ލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެނެރީ ސޮނި މުގާބޭ

    މަންމަ ފަކީރު ޤުރުއާން ކިޔަވާދީގެން ހޯދި ފައިސާ ދަވާލާގެން މަންމަގާތު ރޮއެގެން ފުލެޓްގަތް ކަރާ އަލީވަހީދު ތިވަޒީފާ އަށް ވވވ ގުޅޭ... ސަބަބަކީ ފައިސާ އަށް ސަޖިދަކުރާތީ