އިންޑިއާގެ ހަރްޔަނާ ޖިންދް ޑިސްޓްރިކްޓްގެ ސިވިލް ހޮސްޕިޓަލްގެ ޕީޕީސީ ސެންޓަރުން 1710 ކޮވިޑް-19 ވެކްސިން ވަގަށް ނެގިއެވެ. އެހެން ނަމަވެސް އެ ވެކްސިންތައް ވަގަށް ނެގިތާ ވީ މަދު ގަޑިއިރުތަކެކެވެ. އަނބުރާ އެ ވެކްސިންތައް ރައްދުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، 181 ކޮވިޝީލްޑް ވައިލްސް އާއި ކޯވެކްްސިންގެ 440 ވައިލްސް ވަނީ އެއްޗަކަށް އަޅާފައި ޖިންދް ސިވިލް ލައިންސް ޕޮލިސް ސްޓޭޝަން ކައިރީގައި ހުންނަ ސައި ވިއްކާ ތަނެއް ކައިރީގައި ބަހައްޓާފައެވެ.

އަދި އެ ވަގު ވަނީ މައާާފަށް އެދި ނޯޓެއްވެސް ލިޔެފައެވެ. އެ ނޯޓުގައި އޭނާ ލިޔެފައި ވަނީ، އެއީ ކޮވިޑް ވެކްސިން ކަން ނޭނގޭ ކަމަށާއި، މައާފަށް އެދޭ ކަމަށެވެ.

އެހެން ނަމަވެސް ބާކީ ހުރި ވެކްސިންތަކަށް ވީ ގޮތެއް އަދި ސާފެެއް ނުވެއެވެ.

އޮފިޝަލުން ބުނާގޮތުގައި، 1270 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން އާއި 440 ޝޮޓްގެ ކޯވެކްސިން ވަގަށް ނަގާފައި ވަނީ ފްރީޒަރުންނެވެ.

އަދި ރިޕޯޓްތައް ބުނާގޮތުގައި، އެ ތަކެތި ވަގަށް ނެގި މީހުން އެ ފްރީޒަރުގައި ހުރި ވެކްސިންތައް ވަގަށް ނަގާފައި ނުވާ ކަމަށާއި، އެތަނުގައި ހުރި ލެޕްޓޮޕާއި، ފައިސާވެސް ވަގަށް ނަގާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    ނިކަމެތި ވައްކަން ކުރާ މީހުންގެ ވެސް މާ ހިތްހެޔޮ ކިޔަވައިގެން ބޮޑެތި މަޤާމުތަކުގައި ރާއްޖޭގައި އުޅޭ ވަގުންނަށްވުރެ

    21