ބޭނުންވާތަކެތި

ބަޓަރ، 1 ފިޔާ (ކޮށާފައި)

½ ޓޮމާޓޯ (ކޮށާފައި)

ކެޕްސިކަމް ( 3 ސަމްސާ އަށް ވާވަރަށް ކޮށާފައި)

2 ބީންސް (ކޮށާފައި)

ކެރެޓް ( 3 ސަމްސާ އަށް ވާވަރަށް ކޮށާފައި)

ލޮނު (ރަހަލާވަރަށް)

¼ ސަމްސާ އަސޭމިރުސް

¼ ސަމްސާ ޖިލީ ޕައުޑަރ

½ ސަމްސާ ޖިލީ ސޯސް

½ ސަމްސާ ވިނެގަރ

½ ސަމްސާ އޮރެގާނޯ މެޔޮނައިސް،

1 ލެޓިއުސްފަތް

1 ޗީޒް ސްލައިސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ އުދުން މައްޗަށް ތަވާ އުދާލުމަށް ފަހު ބަޓަރ މެލްޓް ކޮށްލާށެވެ. ދެން އޭގެތެރެއަށް ފިޔާ، ޓޮމާޓޯ، ކެޕްސިކަމް، ކެރެޓް، ބީންސް އަޅާފައި އެއްކޮލާށެވެ. ދެން ލޮނު، އަސޭމިރުސް، ޖިލީ ޕައުޑަރ، ޖިލީ ސޯސް، އޮރެގާނޯ، ވިނެގަރ އަޅާލުމަށް ފަހު ރަގަޅަށް އެއްކޮށްލާނީއެވެ. ދެން އޭގެތެރެއަށް ފެން ފޮދެއް އެޅުމަށްފަހު ނޫޑްލްސް އަޅާލުމަށްފަހު ނޫޑްލްސް ރޯފިލަން ދެން މަޑުގިނީގައި ކައްކާލާށެވެ.

ދެން ތަވަޔަކަށް ބަޓަރ ކޮޅެއްލުމަށްފަހު ބާގާރ ބަނަސް މެދުން ކަފާލާ ދެފަޅި ހޫންކޮށްލާށެވެ. އެއަށްފަހު އެއް ފަޅިޔަށް މެޔޯނައިސް އަދި ކެޗްއަޕް އެއްކޮށްލުމަށްފަހު އުގުޅާލާށެވެ. ދެން އޭގެމައްޗަށް ލެޓިއުސްފަތް އަދި ޖީޒް ސްލައިސް އަޅާލާނީއެވެ. ދެން ތައްޔާރު ކުރި ނޫޑްލްކޮޅު އަޅާލާ އޭގެމައްޗަށް ފިޔާ އަދި ޓޮމާޓޯ ސްލައިސް ކޮށްފައި އަޅާފައި ބާގާރ އަނެއްފަޅި އަޅާލުމުން ނޫޑްލްސް ބާގާރ ތައްޔާރުކޮށް ނިމުނީއެވެ.