ދުޔިޔޭގެ 70 އިންސައްތައަކީ ކަނޑެވެ. އަދި ދުނިޔޭގައިވާ ފެނުގެ 97 އިންސައްތައަކީވެސް ކަނޑެވެ. ނަމަވެސް ކަނޑުގެ ފެނަކީ ބޯން ކަމުދާ އެއްޗެއް ނޫނެވެ. ސަބަބަކީ ކަނޑުގެ ފެނަކީ އޭގައި ގިނަ އަދަކަށް ލޮނު ހިމެނޭ އެއްޗެއް ކަމުގައި ވާތީއެވެ.
ކަނޑުގައި ލޮނު ފެން ހުންނަނީ ކީއްވެ؟
ކަނޑުގައި ލޮނުފެން ހުންނަ މައިގަނޑު ސަބަބަކީ ލޭންޑް އެރޯޝަންގެ ސަބަބުންނެވެ. މިކަންވާ ގޮތަކީ ވާރޭގެ ގޮތުގައި ވެހޭ ކާބޮންޑައި އޮކްސައިޑްއާއި އެކުވެފައިވާ ފެން ގައު ތަކުގައި ހުންނަ ކްލޮރައިޑް ނަމަކަށް ކިޔާ މާއްދާއަކާއި ސޯޑިއަމް ނަމަކަށް ކިޔާ މާއްދާއަކާ އެކުވެއެވެ. އަދި މިފެން ކަނޑުގެ ސަރަހައްދުތަކަށް ދެއެވެ. ކްލޮރައިޑް އަދި ސޯޑިއަމް އެކުވެ، ސޯޑިއަމް ކްލޮރައިޑް ފެނުގައި އުފެދުމުން ފެން ލޮނުވެއެވެ. މިއީ ނޭޝަނަލް އޯސަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންއިން މިކަންވާ ގޮތް ކިޔާދީފައިވާ ގޮތެވެ.
ހުރިހާ ކަނޑެއްގައި ލޮނުގެ މިންވަރު އެއްވަރު ވާނެތަ؟
ކޮންމެ ކަނޑެއްގައިވެސް ލޮނުގެ މިންވަރު ތަފާތު ވާނެއެވެ. މީގެ މާނައަކީ ކޮންމެ ކަނޑަކުންވެސް ލޮނުގެ ރަހަ ލާނީ އެކި ވަރަށެވެ. އަދި ކަނޑުގެ ބައެއް ސަރަހައްދުތައް އަނެއްބައި ސަރަހައްދުތަކާ އަޅާ ބަލާއިރު ލޮނުވާ މިންވަރު ކުޑަވާނެއެވެ. އާއްމުކޮށް ކަނޑުގައި ލޮނު ހުންނަ ނިސްބަތަކީ ކޮންމެ 1,000 ލީޓަރެއްގެ ފެނަށް 35 ގުރާމް ލޮނެވެ. ލޮނުގެ މިންވަރު އެންމެ ބޮޑު ކަނޑަކީ ޕެސިފިކް ކަނޑެވެ. މިއީ ދުނިޔޭގައިވާ އެންމެ ފުން ކަނޑެވެ.
ﷲގެ ކުޅަދުންވަންތަކަުން....
ކޮންމެ 1000 ގްރާމް ގެ މޫދުފެނުގަ ހުންނާނީ 35 ގްރާމް ލޮނު. ނުވަތަ 35 ޕާޓްސް ޕާ ތައުޒަންސް... 1000 ލިޓަރުގެ މޫދުފެނުގަ 35 ގްރާމް ލޮނޭ ބުނެފިނަމަ މާލޭގަ މިބޭނުން ކުރާ ސަޕްލައި ފެނަށް ވުރެވެސް ސެލިނިޓީ ދަށްވީއެ.
ލޮނުގެ އިންވަރު އެންމެ މަތިވާނީ ޑެޑްސީ ގައި. ޕެސިފިކްގެ ވެސް އުތުރާއި ދެކުނުގެ ސަލައިނިޓީ ދަށްވާނެ.