ފެބްރުއަރީ 16 ވަނަ ދުވަހު ޕީޓާ ޕެންގައި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފާއެކު ހޭދަކޮށްލި އެއް ގަޑިއިރު ތެރޭގައި މި ސުވާލުކޮށްލީމެވެ. ޝިދާތާ އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ)ގެ ކައިވެންޏަކީ ކުއްލި ކައިވެންޏެއްތޯ އެވެ؟. އެއިރު ޝިދާތާ އާއި ޒިޔާ އާ ކައިވެނި ނުކުރެއެވެ. އެހެން ނަމަވެސް ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. އެ ކައިވެނިކޮށްފައި ވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. މިހާރު އެކައިވެންޏަށް ދެ މަސް ފުރިއްޖެ އެވެ.
"ކުއްލި ކައިވެންޏެކޭ ބުނާކަށް ނުވާނެ ކަންނޭނގެ، ދެން އަޅުގަނޑުމެން ޑޭޓް ކުރިއޭ މި ކިޔާ މަރުހަލާއެއްގައި ގާތްގަނޑަކަށް ތިން ވަރަކަށް މަސް ހޭދަކޮށްފިން، ދެން ކޮފީ ޓޭބަލް އިން މީޓް ކުރަމުން ހައެއްކަ މަސް، ދެ އަހަރު ތިން އަހަރު ދިއުން މިއީ އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަނީ އެ އޭޖެއް ނޫނޭ، އެއަށްވުރެ ތަންކޮޅެއް ސްޓޭބަލްކޮށް ދިރިއުޅުން އޮންނަން ޖެހޭނެއޭ، ދެ މީހުންވެސް އެ ސްޓޭޖްގައި ތިބީމަ ކައިވެންޏެއް ޑިޒިޝަނެއް ނެގީ ކޮންމެހެން ރަޝް ކުރުމެއްވެސް ނޫން" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ، އެއް ހަފްތާ ވަންދެން މީހަކު ދަތަކަސް ކައިވެންޏަކަށް ތައްޔާރުވިއްޔާ ނިމުނީ ކަމަށާއި، ވިސްނުން ހުރީވެސް އެގޮތަށް ކަމަށެވެ.
ޝިދާތާ ވިދާޅުވީ، ވަރަށް ގިނަ މީހުންނަށް ދެ މީހުން ކައިވެނި ކުރަން އުޅުނު ހިސާބުން ހައިރާން ކަމެއް ލިބުނުކަން އެނގޭ ކަމަށެވެ. އެއީ ޒިޔާއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހަކަށް ވެފައި އޭނާ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާތީ ކަމަށާއި، އެހެން ނަމަވެސް ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުމުން އެކަން ވީކަން ޝިދާތާ ފާހަގަކުރެއްވިއެވެ.
"މިހެން ވަށާ ބަލާލާއިރު، ހުރިހާ ކަޕްލްސްއެއް ބާއޭ އެ އުޅެނީ އެއް ދާއިރާއަކުން މީހުންނާ އިނދެގެން، އެހެން ލޯބީގެ ގޮތުން ގުޅިގެން، އެއީ ވަރަށް ތަފާތު ކަމެއް އަޅުގަނޑުމެން ދެ މީހުން ދެ ދާއިރާއަށް ނިސްބަތް ވުމަކީ"
ޝިދާތާ ފާހަގަކުރެއްވިގޮތުގައި، އޭނާއަކީ މީހުން ދަރަޖަ ކުރުމާއި މުޅިން ހިލާފު މީހެކެވެ. އަދި މީހަކު ޖަޖް ކުރަން ވާނީ އޭނާ އަދާކުރާ ވަޒީފާއަކުން ނޫން ކަން ފާހަގަކުރައްވަމުން ޝިދާތާ ވިދާޅުވީ، ކޮންމެ ދާއިރާއެއްގައި އުޅޭ މީހެއްގެ ގައިގައިވެސް އޭނާގެ ކަމުދާ ރަނގަޅު ސިފަތަކާއި ކަމުނުދާ ސިފަތައް ހުންނާނެ ކަމަށެވެ.
"އަޅުގަނޑު އެ މީހަކަށް ބަލާނީ އެ މީހެއްގެ ޕާސަނަލިޓީ، އެ މީހެއްގެ ކެރެކްޓާ، ޒިޔާ ގައިގައި އަޅުގަނޑުގެ ދިރިއުޅުމުގައި އަޅުގަނޑު ބޭނުންވާ ކަހަލަ ކެރެކްޓާ ހުރިއްޔާ، އޭނާއަކީ ފިލްމް ކޫޅޭ މީހެއްތޯ މަސްވެރިއެއްތޯ މުހިންމެއް ނޫން"
ޒިޔާގެ އެންމެ ކަމުދާ ސިފަތައް!
ޝިދާތާ ވިދާޅުވީ، އޭނާއަށް ޒިޔާގެ އެންމެ ކަމުދާ އެއް ސިފައަކީ، އޭނާ ތެދުވެރިވުމާއި، ޖެނުއިން މީހަކަށް ވުން ކަމަށެވެ.
"އަޅުގަނޑުވެސް އެކި ހާލަތްތައް ދިރިއުޅުމުގައި މިހާތަނަށް ތަޖުރިބާކޮށްފައިވާއިރު، ގިނަ ފަހަރު މި އުޅެނީ ރައްޓެހިވެގެން އުޅޭ ތީވެ، އިމްޕްރެސް ކުރުވަން ވެގެން ވަރަށް ގިނަ ކަންކަން އަންނާނެ، އެއީ އަސްލު މީހާއެއް ނޫން، ގެޓް ޔޫސްޑް ވީމަ ފެންނާނެ އަސްލު މީހާއަށް އެ އެއްޗެސް ބަދަލު ވެގެން ދާނެ، އެކަމަކު އަޅުގަނޑަށް ޒިޔާ ދައްކާލީ އޭނާގެ އަސްލު"
ޝިދާތާ ވިދާޅުވީ، ޒިޔާ ކޮންމެހެން ޑްރެމެޓިކް ވާން ނޫޅޭ ކަމަށާއި، އެއީ އޭނާއަށް ވަރަށް ކަމުދާ ސިފައެއް ކަމަށެވެ.
ޝިތާދާ އާއި ޒިޔާގެ އުމުރު ގާތްގަނޑަކަށް އެއްވަރެއް!
ޝިދާތާ އާއި ޒިޔާގެ ކައިވެނި ކުރަން އުޅޭކަން އިއުލާނު ކުރި ހިސާބުން ދެން މީސް މީޑިއާގައި އަޑުއިވިގެން ދިޔައީ، ދެމީހުންގެ އުމުރުގައި ބޮޑު ތަފާތެއް ހުރެދާނެ ވާހަކަ އެވެ. އެހެންވެ އެ ސުވާލު އަހާލަން ބޭނުންވި އެވެ.
އެކަމަކު ޝިދާތާ ވިދާޅުވަނީ ދެ މީހުންނަކީ ގާތްގަނޑަކަށް އެއް އުމުރެއްގެ ދެމީހުން ކަމަށެވެ.
"އަޅުގަނޑުމެންހާ އުމުރުގެ ތަފާތު ނެތް ކަޕްލްއެއް ވަރަށް މަދުވާނެ، ގާތްގަނޑަކަށް އެއް އަހަރެއްގެ ދެ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ، ވީވާ ބޯން އިން ސޭމް އޭޖްގައި، މަހުގެ ތަފާތެއް އަޅުގަނޑުމެން އުޅެނީ، ޒިޔާ ދޮށީ 10 މަހަށް". ޝިދާތާ ވިދާޅުވިއެވެ.
ދެން ޝިދާތާ ފެންނާނީ ފިލްމަކުންތަ؟
ނޫނެެކެވެ. މިއީ ޝިދާތާ އެއްވެސް ވަރަކަށް ޝައުގުވެރިވާ ދާއިރާއެއް ނޫނެވެ.
"އަޅުގަނޑު ފިލްމީ ތަރިއަކާއެކު ދިރިއުޅެނީ އަޅުގަނޑު އޭނާއަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން، އޭނާގެ ދާއިރާއަށް ހުރި ޝައުގުވެރިކަމަކަށް ނޫން، އެހެންވީމަ އަޅުގަނޑުމެން ދެ މީހުންގެ މިއޮތީކީއެއް ޕޮލިޓީކަލް ކަނެކްޝަންެއެއް ނޫނީ ފިލްމީ ކަނެކްޝަންއެއް ނޫން، ރިއަލް ލައިފް ކަނެކްޝަން"،
ޝިދާތާ ވިދާޅުވީ، އޭނާ ޒިޔާއާއެކު ފިލްމަކުން ފެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޝިދާތާ ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން ފެނިދާނެތަ؟
މިއަށް ޝިދާތާ ވިދާޅުވަނީ އާނއެކެވެ. އޭނާއަކީ ވަރަށް ބޮޑަށް އިޖްތިމާއީ ކަންކަމަށް ލޮބީ ކުރާ މީހަކަށްވާއިރު، ފިލްމެއްގެ އެކަހަލަ އައިޑިއާއެއް ހޯދަން އޭނާގެ އެހީތެރިކަމަށް އެެދިއްޖެ ނަމަ ދޭނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"އެކަހަލަ ޝޯޝަލް، އިޖްތިމާއީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އެއްޗެއް ޕްރޮޑިއުސް ކުރުމުގެ ކަންކަމުގައި އަޅުގަނޑު ހަރަކާތްތެރިވެދާނެ، އެހެން ނަމަވެސް އެންޓަޓެއިންމެންޓް ޕާޕޯސް ފިލްމެއް ކުޅެން ކެމެރާ ކުރިމައްޗަށް އަަރަން އެއްވެސް ޝައުގުވެރިކަމެއް ނެތް." ޝިދާތާ ވިދާޅުވިއެވެ.
މިއީ ޝިދާތާގެ ދެވަނަ ކައިވެންޏެވެ. ޒިޔާވެސް ވަނީ މީގެ ކުރިން ކައިވެނިތަކެއް ކޮށްފައެވެ. ޝިދާތާގެ ކުރީގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެއެވެ. ޒިޔާގެ އެއް ދަރި ހުރެއެވެ.
އެންމެ ގުޅެނީ ފިލްމު ކުޅޭ މީހަކާ..މިވީ ހިސާބަށް ވެސް ކުޅުނީ ހުސް ފިލްމު....ވަރަށް ސަލާމް.
ކަލޭ މެންނާއި ބެހޭ ކަމެއް ތެ؟ އިންނަ މީހަކު އިނދެގެން ވަރިވާ މީހުން ވެދާނެނު.. މި ދިވެހިންނާއި ނުބެހޭ ކަމެއް ނޯވޭ ދޯ
(1) ޢުމުރަކީ މީހާގެ ސިއްޙަތު ދައްކުވާދޭ ކަމެއް ނޫން. (2) ޢުމުރު ބެހިގެންވަނީ 2 ބަޔަކަށް. މީހާ ވިހޭ ޢުމުރު ކަމަށްވާ ކްރޮނޮލޮޖިކަލް އޭޖް އާއި، މީހާގެ ސިއްޙަަތު ގެ ޢުމުރު. މީހާ ދުނިޔެ އަށް އުފަން ޢުމުރު މަތި ކަމުގައި ވިޔަސް ކަސްރަތު ކޮށް، ބަލައިގެން އުޅޭ ނަމަ މީހާ ގެ ގުނަވަންތައް ޢުމުރަށްވުރެ ޅަކޮށް ބަހައްޓާ، ސިއްޙަތު ގެ ޢުމުރު ދަށް ކުރެވި ދާނެ. (3) ސިއްޙަތު ގެ ޢުމުރޭ މިބުނީ ބައިލޮޖިކަލް އޭޖް އަށް. މި ޢުމުރަކީ މިޒަމާނު ގައި ކުޅުގެ ޓެސްޓެއް ހެދުމަށް ފަހު، ހިސާބު ގެ ޢިލްމުން ބަލާލެވޭ ޢުމުރެއް. ސިންގަޕޫރު ގައި މި ޓެސްޓް ކުރެވޭ. (4) ޢުމުރު އަޅާ ކިޔުމަކީ އާފަލަކާއި އޮރެންޖް އަކާއި އަޅާ ކިޔުން ކަހަލަ ކަމެއް. (5) ކޮންމެ ބޭފުޅަކު ވެސް ބަލަންވީ ޤަވާޢިދުން ކައި، ކަސްރަތު ކޮށް ސިއްޙަތު ގެ ޢުމުރު ހަގު ކޮށް، ދުޅަހެޔޮ ސިއްޙަތެއް ގައި ހުރެވޭތޯ. (6) ގެންދަވާނޭ ދުވަހެއް ދެކެދެނެ ވޮޑިގެންވާނީ މާތް ﷲ. (7) ޢުމުރު ހަގު މީހާ ވެސް ކުރިން ގެންދަވާފާނެ ! (8) ޢުމުރު ހަގު ވިޔަސް ބަލައިގެން ނޫޅޭ ނަމަ ބަލިމަޑުކަމާއި ދިމާވެ، ސިއްޙަތު ގެއްލި ދާނެ.
ޑރ ވަރަށްވެސް ރަނގަޅު ވާހަކައެއް.. ކަސްރަތު ކުރަން ބޭނުންވެ ކަސްރަތު ކުރާ ހިތް ނުވުމަކީ ކޮންކަހަލަ ކަމެއް؟ މިކަމުގެ ޙައްލަކީ ކޮބާ؟
ކޮންމެ ކަމެއް ވެސް ފެއްޓެނީ ފުރަތަމަ ބިންމަތީ ގައި އަޅާ ފުރަތަމަ ފިޔަވަޅުން. މި ފިޔަވަޅު ގަދަ ކަމުން ނަމަވެސް އަޅާ، ޖިމް އަށް ގޮސްލާ އެތާންގައި ހުންނަ ކޯޗް ގެ ލަފާ ގެ މަތިން ކުޑަކޮށް ބަރު އުފުއްލާ، ފެތުން ތެރިންގެ ހަށިގަނޑު ހުންނަ ވަރަށް ބަރު އުފުއްލުމުގެ ފައިދާ ލިބިގަތުން ރަނގަޅު. ޖިމް އަށް ގަދަކަމުން ނަމަވެސް ގޮސް، ކަސްރަތު ގެ ފައިދާ ހަށިގަނޑުން ފެންނަން ފެށީމާ ޖިމް އަށް ދާހިތްވުން އިސާހިތަކު ޖެހިދާނެ. އަންހެނުން ވެސް، ފިރިހެނުން ވެސް ކުޑަކުޑައި ކޮށް ބަރު އުފުއްލުމުގެ ކަސްރަތު ކުރުމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ފައިދާ ހުރި ކަމެއް. (މާ ބޮޑަކަށް ނޫން). ވަރަށް ވެދުން.
ޑރ. ރާމީ! އަޅެ މީކީ މަޒުމޫނު ލިޔުމުގެ މުބާރާތެއް ނޫނޭ. ކައޭ ބޭނުންހާ އެއްޗެއް ތި ލިޔަނީ .
ޑރ. ރާމީ ލިޔުއްވާފަ އެއޮތީ އެންމެ ގަޅި މީހާ އަށް ވިސްނޭހާ ކިޔާލަން ފަސޭހަ ދިވެހިން. ވަރަށް ފުރިހަމަ ޑރ. ރާމީ ގެ ލިޔުން.
ތެދުވެރިކަމުގެ ކޮން ސި ފައެއް ޒިޔާ ގައިގަހުރީ ސިދާތާ ބުނެދީ.
އެބުނަނީ ތެދަށް ހުންނަ ވާހަކަ!
ޝިދާތާ އަކީ ރަނގަޅު މީހެއް ނޫނޭ އަހަރެމެން އަބަދުވެސް ބުނަމެން ނުން އަދާލަތު ޕާޓީގެވެސް ހަލާކު ތީ ދީނާ ސިޔާސަތާ ވަކިކުރާ މީހުން ތީ ސިޔާސަތުސް ކަނޑައަޅަން ވާނީ ދީނުގެ އުސޫލު ތަކުގެ ތެރެއިން އިލްމުވެރިން ވެސް މިހާރަކައް އައިސް އަންހެނުންގެ ހައްގުތަކުގެ ވާހަކަ މާގިނައިން ދައްކަނީ އަހަރެމް އަންހެނުންނައް އިހުތިރާމް ކުރަން އެކަނބުލޭގެ މެން އުފުލާ ބުރަތަކައް ޝުކުރުވެރިވަން އެއީ މާތް ރަސްކަލާންގެ އެކަން ނިންމަވާ ރާވާފަ އޮތް ނިޒާމް
ބުނާ މީހަކަށް ނުބަލާށޭ ބުނާ އެއްޗަކަށް ބަލާށޭ ބުނޭނޫންތޯ.
ކިތައްމެ ދެރަނިކަމެތި މީހަކަށްވެސް ރަނގަޅު ނަސޭހަތެއް ދެވިދާނެ ނޫންތޯ.
އަޅުގަނޑަކީ ވ. ކޮމެންޓް ކިޔާމީހެއް.
ޚަބަރަށް ވުރެ ތަފްޞީލު ބައެއް ފަހަރަށް ކޮމެންޓު ގައިވެސް ހުރޭ. އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ ޑރ. ރާމީގެ ކޮމެންޓް ތަކަކީ ވ. ރަނގަޅު ނަސޭހަތް ތަކެއްކަން. އިސްލާމީ މިންގަނޑުތަކަށް ފެތޭ. މީ އެންމެ ރަނގަޅު ކަންތައް. އަޅުގަނޑުމެން މުސްލިމުން ވާންޖެހޭނީ ދީނުގައި އަންގަވާފައިވާ ބައިތަކުގައި ހިފައިގެން ތިބޭ ބަޔަކަށް. ޑރ. ރާމީ ޞިއްޙީ ގޮތުން ދެއްވާ އިރުޝާދުތައް އަދި ވ. ފާހަގަ ކުރެވޭ. ދުޅަހެޔޮ ޞިއްހަތަކަށް ވ. މުހިންމު އިރުޝާދު ތައް ދެއްވާކަން ފާހަގަ ކުރެވޭ . އަދި މުޖްތަމަޢުގެ ޙާލަތަށް ރިޢާޔަތްކުރައްވާފައި ހުންނަ މިންވަރު ވ.ވެސް ކަމުދޭ. ޝުކުރިއްޔާ ލޮބުވެތި ޑރ. ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި އާމީން .
މީއަސްލު ނޫނީ ފޭކް ނަމެއްގައި ކޮމެންޓު ކުރައްވަނީ ބާވައޭ ވެސް ހީވޭ. ވަގުތު ނިކަން މިޑޮކްޓަރ ގެ ރިޕޯޓްއެއް ގެނެސް ދެއްވަބަލަ. ޕްލީސް. ދިވެހިންނަށް ވ. ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއް ގޮތަށް ސިފަވަނީ.
ކޮމެންޓު ލިޔަން ހުޅުވާލީމާ ތި މީ ހުން ލިޔަނީ މަޒުމޫނު
އަދާލަތު ޕާޓީއިން އެޕާޓީ ތަމްސީލުކުުރާ ވެރިން އައްޔަން ކުރުމުގައި އިހުމާލުބޮޑުކަމައް ފާހަނގަ އެބަކުރެވޭ. ޕާޓީގެ މެމްބަރުން މިކަމާއި މެދު ފިޔަވަޅު އަޅަންޖެހޭ. ޕާޓީއަކީ ޖޯކަކައް ހަދިގެންނުވާނެ. ދީނީ ކަންކަން ރަނގަޅުކުރަން ބާރު އަޅަން އުފެއްދި ޕާޓީއިން ކިހާ މިންވަރަކައްތޯ އެމަސައްކަތް ކުރެވެނީ ސުވާލު ކުރަންޖެހޭ.
ތީ ތަރިއެއްހެއްޔެވެ؟ އަހަރެންނަކަށް ނޭނގުނެވެ.