މިދުނިޔެ މަތިން ހުރިހާ މަންޒަރެއް އެއްގައުމަކަށް ގޮސްގެން ބަލާލަން ބޭނުންނަމަ އެކަން ކުރެވޭނީ އޮސްޓްރޭލިއާ އަށް ގޮސްގެން ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. ފަހަރުގައި އެއީ ތެދަކަށް ވެސް ވެދާނެއެވެ.

މިފަހަރު ވެސް މިއޮތީ ދުނިޔޭގެ އެހެން ތަނަކުން އާއްމުކޮށް ނުފެންނަ ސިފައަކަށް އޮތް ވިލާތަކެއް އޮސްޓްރޭލިއާ އިން ފެނިފައެވެ. އޮސްޓްރޭލިއާގެ ކްއީންސްލޭންޑް އުތުރުގައި އޮންނަ ގަލްފް ކައުންޓްރީ އަވަށުގެ މަތިން ފެށިގެން 1000 ކިލޯމީޓަރު ދުރަށް ފެތުރުފައި އޮތް ވިލާތައް ހުރީ ހިމަކޮށް ދިގުކޮށް ހޮޅިތަަކެއްގެ ސިފައިގައެވެ.

ވިލާތައް ފެނުނު ބައެއް މީހުން ބުނީ އެއީ އޭލިއަނުން ދަތުރުކުރި މަގެއް ކަމަށެވެ. ނަމަވެސް ނާސާ އިން ބުނާ ގޮތުގައި މިއީ އާދަޔާއި ހިލާފު ކަމެއް ނޫނެވެ. ނާސާ އިން ބުނާ ގޮތުގައި މިގޮތައް ވިލާތައް އުފެދެނީ މާއަވަހަށް ވައިގެ މިސްރާބު ބަދަލުވެ ވައިތައް ތިރިއަށް ޖެހޭއިރު ވިލާތައް ކުއްލިއަކަށް މައްޗަށް އެރުމުގެ ސަބަބުންނެވެ.

އޮސްޓްރޭލިއާ މަތިން ފެނުނު ވިލާތައް
އޮސްޓްރޭލިއާ މަތިން ފެނުނު ވިލާތައް

ނަމަވެސް މިގޮތައް ވިލާ އުފެދުމަށް، ވިލާ އުފެދޭ ސަރަހައްދަށް ބަދަލުތަކެއް އަންނަނީ ކީއްވެކަން ސައިންސްވެރިންނަށް ވެސް ބުނެދޭކަށް ނޭނގެއެވެ.

ނާސާ އިން ބުނާ ގޮތުގައި މިގޮތައް އުފެދޭ ވިލާތައް ކައިރީ ވައި ހުންނަ ގޮތައް ބަލާއިރު މިސަރަހައްދު ކައިރިން ފްލައިޓް ދަތުރު ކުރުމަކީ ނުރައްކާތެރި ހާލަތެއް ދިމާވެދާނެ ކަމެކެވެ.

އާއްމުކޮށް ހެނދުނު އުފެދޭ މިވިލާތައް ސިކުންތަކު 10 މީޓަރާއި 20 މީޓަރާއި ދެމެދުގެ ދުރުމިނަކަށް ދަތުރު ކުރެއެވެ. އަދި ގަޑިރެއްގެ ތެރޭގައި 37 މޭލަށް ދަތުރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށުކުރު

    ސައިންސް ވެރިން ބުނެ ދީބަލަ ކޮވިޑުން އެއްމެ އަވަހަށް ސަލާމަތް ވާނެ ގޮތާއި ، ވާނެ ދުވަހެއް.

    10
    1
  2. ﷲ އަކްބަރް

    ﷲގެ ކުޅަދުންވަންތަ ކަމާއެވެ!