ބައިސްކޯފްގެ ތުންތުން މަތިން ޕްރޮގްރާމަކީ ތުންތުން މަތިން އަޑުއިވިފައި ހުންނަ ވާހަކަތައް ގެނެސްދޭ ޕްރޮގްރާމެކެވެ. ތަރިންނާއި ގުޅޭގޮތުންދެކެވިފައި ހުންނަ އެކި ވާހަކަތައް ޝޯގެ ތެރޭގައި ހިއްސާ ކުރާއިރު، މި ހަފްތާގެ އެ ޝޯވގައި ގެސްޓުންގެ ގޮތުގައި ބައިވެރިވެފައި ވަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި ފާތިމަތު ޝަރާ އެވެ. މި ދެ ތަރިންނަކީވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދި ދެ ތަރިންނެވެ.

އެ ޝޯގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް ދައްކާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރިއެވެ. ހޯސްޓް ޝަހޫ އަށް ތުންތުން މަތިން އަޑުއިވިފައި ހުންނަ ވާހަކަތައް ކޮނުނެވެ. އެގޮތުން އާޝާ ކައިރިން އޭނާއާ ނުފޫޒު ގަދަ މީހަކާއި ގުޅުމެއް އޮތް ކަމަށް ބުނާ ވާހަކައެއްގެ ހަގީގަތް ޝަހޫ ހޯދާލިއެވެ.

"އެއީ ހަމަ ތެދެެއް. އެހެން އަންނާނެ ވަރަށް، އަސްލު މީހުންވެސް މެސެޖް ކުރާނެ ފޭކް އައިޑީތަކުން،އެކަމަށް އެހާ ބޮޑު އިސްކަމެއް ނުދެވޭނެ".

އެހެން ނަމަވެސް އެއީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ. އޭނާ އެ ވާހަކަ މާބޮޑަށް ދައްކާފައެއްވެސް ނުވެއެވެ.

 

View this post on Instagram

 

A post shared by Chuweet Aashaa (@chuweety_aashaa)

އާޝާ ބުނީ، އަސްލު ސްޓާރަކަށް ނުވިނަމަ މިހާރު ހިތައް އަރާ ކަމަށެވެ. އަދި މިއީ ވަރަށް ޗެލެންޖިންގ ކަމެއް ކަމަށް އާޝާ ބުންޏެވެ.

"ކުރީގެ ނޯމަލްކޮށް އުޅޭ ގޮތަކަށް މިހާރު ނޫޅެވޭ، މިހާރު މަގުމައްޗަށް ނުކުތަސް، ވަރަށް ހަޑިކޮށް ހުންނައިރުވެސް ސެލްފީ ނަގަން އަންނާނެ".

އާޝާ ވަނީ، ޝޫޓް ނިންމާފައި ގެއަށް ދަނީ މޭކަޕް ފޮހެގެން ކަމަށާއި، އެގަޑީގައިވެސް ބައެއް މީހުން ސެލްފީ ނަގަން އެދޭ ކަމަށެވެ. އަދި އެ ހާލަތުގައިވެސް ސެލްފީ ނަގާފައި ހުންނާނެ ކަމަށް އާޝާ ބުންޏެވެ.

އާޝާ ބުނީ، މިހާރު ދިރިއުޅުން ވަރަށް ތަފާތު ކަމަށާއި، މީހުން ދަންނަ މީހުންނަށް ވީމަ މީހުން ތިބެނީ ކިރިޔާވެސް ކަމެއް ފެނޭތޯ ކަމަށެވެ. އަދި މިހާރު ދިރިއުޅުން ވަރަށް އުނދަގޫ ކަމަށް އާޝާ ބުންޏެވެ.

 

View this post on Instagram

 

A post shared by Chuweet Aashaa (@chuweety_aashaa)

"ވަރަށް އުނދަގޫ މި ލައިފްގައި ، އެއިރު ދެން މަގުމަތީގައިވެސް ބޭނުން ގޮތަަކަށް އުޅެވޭ ދޯ، މިހާރު ދެން ހުރިހާ ކަަމަކަށްވެސް ބަލަން ޖެހޭ ދޯ"،

އާޝާ ބުނީ، އޭނާ ދާއިރާއަށް ވަން ފަހުން ޑްރެސް ކޯޑަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ.

"މިހާރު އިންޓަވިއުއަކަށް ދިޔަޔަސް، ޝޯވއަކަށް ދިޔަޔަސް، ޕްރިމިއާއަކަށް ދިޔަޔަސް، މިހާރު ޖެހެނީ ވަރަށް ހެދިލައިގެން ދާން، ނޯމަލްކޮށް އުޅޭއިރު، އެހާ ރީތިވެގެން އެހާ މޭކަޕްކޮށްގެން ނޫން މި ދަނީ".

ޓިކްޓޮކް ތަރި އަދި މިހާރު ފިލްމީ ދާއިރާގައި މަޝްހޫރު ކަމެއް ހޯދަމުން އަންނަ ޝަރާ ބުނީ، ދާއިރާއަށް ވަން ފަހުން މަގުމަތީގައި އުޅެންވެސް މިހާރު ޖެހިލުން ވާ ކަމަށެވެ.

ޝަރާގެ ދިރިއުޅުމަށް އައި ބަދަލުތަކާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ހޯސްޓް ޝަހޫ ވާހަަކަދެއްކިއެވެ. ޝަހޫ ފާހަގަކުރިގޮތުގައި، ޝަރާ ކުރިން މޭކަޕްކޮށް ނޫޅެއެވެ. އަދި ކުރިން ޑްރެސް ކުރުންވެސް ވަރަަށް ތަފާތެވެ

"އަސްލު އެއީ ސްޓާރަކަށް ވީމައެއް ނޫން، މީހުން ދަންނާތީއެއް ނޫން، އެއީ އަސްލު އުމުރު ބަދަލުވާ ގޮތަށް ބަދަލުވި ކަމެއް"

 

View this post on Instagram

 

A post shared by Chuweet Aashaa (@chuweety_aashaa)

ޝަރާ ބުނީ، އޭނާއަކީ ކުރިން އެކަނި އުޅުނު މީހެއް ކަމަށާއި، އެހެން ނަމަވެސް މިހާރު މީހުން ތެރޭގައި އުޅެން ދަސްވެއްޖެ ކަމަށެވެ. ޝަރާ ބުނީ، އޭނާގެ ދިރިއުޅުމުގައި ބަދަލެއްގެ ގޮތުގައި އޭނާއަށް ފެންނަމުން ދާ ކަމަކީ އެއީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތުއްތުބެ

    ކޮއްކޯ އަދި މާ އުދަގޫ ދުވަސްތަކެއް ކުރިއަށް އޮތީ..

    110
    4
    • ޒައިކް

      އެހެން މިހާރުވެސް އެއިންނަނީ ފޮތުން އެއްބައިދައްކައިގެން.. ތިޔަހާވަރަކަށްދެން ޝޯތަކަށް އަންނަ އިރު ހެދިގެން ހެދުންއަޅައިގެން އާދެވޭނީ ރީތިކޮށް.. ދެން މަންޖެ ސްޓާރަކަށްވީ ކޮންއިރަކުތޯ؟؟ މަތިނަގާފަ ހުންނަ ތަކެތީގެ ވަށައިގެން އަބަދުވެސް މެހި ބުރާނެ އެއީ ހައިރާންވާންޖެހޭ ކަމެއް އަދި މާ މޮޅުކަމެއްވެސް ނޫން..

      40
      2
  2. ނުފޫޒު

    ޏުފޫޒު ގަދަ މީހުން ހުށަހަޅަނީ ލޯބި ކަމާއި މެދު ޝައްކު. ހަލާލު ގޮތުގައި އެ ބޭނުންވާ ކަންތައް ކުރުމަށް ރިޒާވްގައި ބަހައްޓަން ކުރާ ކަމެއް އެއީ

    45
    1
  3. މަނިކު

    ތިބުނާ ހުށައެޅުމެއް ހުށައެޅީ މަހުލޫފް. އެދެން އެހާ ނުފޫޒުގަދަ މީހެއްތަ

    60
    2
  4. ހުސޭނުބޭ

    އެހެންވިއްޔާ މަންޖެޔަށް ތިއޮތީ ހުކުރު ހައްޖެއް ލިބިފައި! ބާރަށް ފުމެ!

    70
    3
  5. Anonymous

    ދީނުގައި އޮންނަގޮތަށް ޢައުރަ ނިވާކޮށްލާ
    މަގުމަތީގައި އުޅެން ވ. ފަސޭހަވާނެ ކަނބުލޯ.

    61
    1
  6. ޢަލީ

    މިއަދު މި އެނގުނީ ފިޔަނުޖަހާ ސްޓާރުން ވެސް އުޅޭ ކަން މަވެސް ސްޓާރަކައް ވެވިދާނެ ކަން އަދި ވެވޭނެކަން މިއަދު އެނގިއްޖެ އެހެން ހިތައް އަރުވާލީމަ ހަހަ ފަނީ ޙަބަރެއް

    26
    1
  7. ނިކަމެތި

    މަވެސް ބޭނުން އާޝާާ ، ވަރައް ހިތް ކިޔާ.

    6
    32
  8. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ޝައިޠާނަކަށް ބަލައިލާން ބޭނުންވެއްޖެނަމަ، ހާމަކަންބޮޑު ތަނެއްގައި މީހުންންގެ ތެރޭގައި ސްޓޭޖެއްގައި ލަވަކިޔަމުން ނަށަމުންދާ އަންހެނަކަށް ބަލައިލާށެވެ.

    34
    2
  9. ތައްކާ ނު

    މަށަށް އެނގޭ އެ އިންޑިޔާ މީ ހާ

    19
  10. ޣަތަރު

    މަހުލޫފޫ އަނެއްކާ

    10
    1
  11. ސައީދު

    އަދި އަލަށް މި އަޑު ވެސް އެހހހ ހީ. ހަމަ މަޝް ހޫރީ

    19
    1
  12. ސިޔާން

    ޝަރާ ލަވްޔޫ

    2
    1
  13. ޢާދަނުބެ

    ތިވެސްވެސް ހަމަ މުސްލިމުންތަ

    3
    1