ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން ހުއްޓާލުމަށް ނިންމާ އެ ސީރީސްގެ އެންމެ ފަހުގެ ޝޫޓިންގެ ޓީޒާ ކްލިޕްގައި އެ ސީރީސްގެ ތަރި ކިމް ކާޑޭޝިއަން އާއި ކްރިސް ޖެނާ އަށް ރޮވިއްޖެ އެވެ.

40 އަހަރުގެ ކިމް އަށް ރޮވުނީ ކީޕީން އަޕް ވިތް ދަ ކާޑޭޝިއަންގެ 20 ވަނަ ސީޒަން އަދި އެންމެ ފަހު ސީޒަންގެ ޝޫޓިންގައި އެވެ. 2007 ވަނަ އަހަރު ލޯންޗުކުރި އެ ސީރީސް ނިމެނޭ ކަމަށް މިދިޔަ އަހަރުވެސް ކަނޑައަޅާފައި ވަނީ މި އަހަރަށެވެ.

ކިމްގެ މަންމަ 65 އަހަރުގެ ކްރިސް ޖެނާ ވަނީ ކިމް ރޮވުމުން އޭނާއަށް ހިތްވަރުދީފަ އެވެ. މި ސީރީސް އަކީ ކާޑޭޝިއަން އާއިލާގައި ހިންގާ ކަންކަމުގެ މައްޗަށް ހަދާފައިވާ ސީރީސްއެކެވެ. މި ސީރީސްގައި ފެނިގެންދަނީ އަސްލު ހާދިސާތަކާއި އަސްލު މީހުންނެވެ.

މި ސީރީސްގެ އެއް ތަރި ކްލޯއި ކާޑޭޝިއަން، 36 އަހަރު ސީރީސްގެ ފަހު ޝޫޓިންގައި ފިލްމުގެ ކްރޫއިންނަކީ އޭނާގެ ދެވަނަ އާއިލާކަމަށް ވަނީ ބުނެފަ އެވެ. ކްރިސް ބުނީ ސީރީސް ނިންމާލުމުގެ އިތުރުން އަނެއް ހިތާމައަކީ އެމީހުންގެ މަންމަގެ ގެވެސް ވިއްކާލާތީ ވާ ހިތާމަ ކަމަށެވެ.

ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ފަހު ސީޒަނުގެ ޝޫޓިން ނަގާފައި ވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން އިސްކޮށްގެނެވެ. މި ސީރީސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީސް އެކެވެ.