އިންޑިއާގެ ހާލަތު ގޯސްވެ، ދިއްލީގެ ހޮސްޕިޓަލު ތަކުގައި ފަރުވާ ދިނުމަށް އެންމެ މުހިންމު އޮކްސިޖެންގެ ދަތިކަން ދިމާވުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދައިދިނުމަށް ބަޠަލާ ސުޝްމިތާ ސެންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އޮކްސިޖެން ނުލިބި އެ ހޯދުމުގެ މަސައްކަތް ގިނަ ބަޔަކު ޓްވިޓާ މެދުވެރިކޮށް ކުރަން ފެށިއެވެ. އެ މަންޒަރު ތަކުން ހިތް ފަޅައިގެން ދާހާ ވަރަށް އަސަރު ކުރާ ކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ. ބައެއް ހޮސްޕިޓަލު ތަކަށް މިހާރަށް ވާވަރަށް އޮކްސިޖެން ފޯރު ކޮށްދެވިފައި ވާ ކަމަށާއި ނަމަބެސް އިތުރަށް މިހާރު މުމްބާއީއިން ދިއްލީއަށް އޮކްސިޖެން ސިލިންޑަރާއި އެކު ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ސުޝްމިތާ ބުނެފައިވެއެވެ.

ބައެއް ހޮސްޕިޓަލު ތަކަށް ބޭނުންވާ ވަރަށް އޮކްސިޖެން ފޯރު ކޮށްދިނުމުން އެތައް ބަޔަކު ސުޝްމިތާއަށް ޝުކުރު އަދާކޮށްފައިވެއެވެ. ބައެއް މީހުންގެ ސުވާލުތައް ވެސް އަމާޒު ވިއެވެ. އެގޮތުން، މުމްބާއީގެ ހޮސްޕިޓަލަށް އޮކްސިޖެން ހަދިޔާ ނުކޮށް ދިއްލީގެ ހޮސްޕިޓަލު ތަކަށް އޮކްސިޖެން ހަދިޔާ ކުރީ ކީއްވެތޯ ބައެއް މީހުން އަހާފައިވެއެވެ. އެ ސުވާލަށް ސުޝްމިތާ ޖަވާބު ދީފައިވަނީ ކުރުކޮށެވެ. އޭނާ ބުނީ މިވަގުތު މުމްބާއީގައި އޮކްސިޖެން ހުރިކަމަށާއި އޮކްސިޖަނަށް ބޭނުންވެފައި ތިބީ ދިއްލީގެ ހޮސްޕިޓަލު ތަކުން ކަމަށެވެ.

ސުޝްމިތާ އެދިފައިވަނީ މި ދަނޑިވަޅުގައި އެމީހަކަށް ވެދެވުނު އެހީތެރިކަމެއް ކޮންމެ މީހަކު ވެސް އެހީއަށް ބޭނުންވާ މީހުންނަށް ފޯރު ކޮށްދިނުމަށެވެ.

ސުޝްމިތާ އަކީ ހިތް ހެޔޮ ރަނގަޅު މީހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މިދިޔަ އަހަރު ސުޝްމިތާއަށް ވަނީ އަންހެނުން ބާރުވެރިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ނޭޝަނަލް އެވާޑެއް ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު