"ޔާރާ" ޕްރޮޑަކްޝަންގެ ލަވަތަކުން ދިވެހި ފިލްމީ އިންޑަސްޓްރީގައި އައިޝަތު ރިޝްމީ މަޝްހޫރުވެގެން އައި ހިސާބުން ފެށިގެން އޭނާއާއި ފިލްމީ ތަރި ރަވީ ފާރޫގުގެ ގެ ލޯބީގެ ވާހަކައަކީ އަބަދުވެސް މަޝްހޫރު ވާހަކައެކެވެ. އެ ދެމީހުން އެކުގައި ގިނަ ފިލްމްތަކަކުންވެސް ފެނިފައިވާ އިރު، ލަވަތަކުން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. ރަވީއަކީ ފިލްމް ސްޓާރެއްގެ އިތުރުން މަޝްހޫރު ކޮރިއޮގްރަފަރެކެވެ.

އެ ދެމީހުންނަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑުކަމަށް ވާއިރު އެ ދެ މީހުންނަކީ ޚާއްސަ މުނާސަބަތުތަކާއި ޚާއްސަ ދުވަސްދުވަހު އެކަކު އަނެކަކު ދެކެވާ ލޯބި ވަރަށް ރަނގަޅަށް ހާމަކޮށްދޭ ދެމީހުންނެވެ. މިފަހަރު ރިޝްމީގެ ލޯބި ރަވީ އަށް ބަންޑުންކޮށްލީ ހިންދީ ލަވައަކުންނެވެ. ރަވީގެ އުފަންދުވަހު އޭނާ ހިއްސާކުރި ހާއްސަ މެސެޖެއްގައި ވަނީ " ހަމޭ ތުމްސެ ޕްޔާރް ކިތްނާ ޔެ ހަމް ނެހީ ޖާންތޭ" މި ލަވައިގެ މައިގަނޑުން ތަންކޮޅެއް ލިޔެފައެވެ.

މީގެ މާނައަކީ "އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު އަހަންނަކަށް ނޭނގެއޭ، އެހެންނަމަވެސް ކަލާޔާއި ނުލާ އުލެން އުނދަނގޫ ވާނެއޭ' މިއެވެ. ރިޝްމީ އިތުރަށް ބުނެފައި ވަނީ ރަވީ އާއި އެކު ހޭދަކުރާ ހަޔާތަކީ ރީތި ހަޔާތެއް ކަމަށާއި، އަދި މުޅި އުމުރު ވެސް ބޭނުމީ އޭނާ އާއި އެކު އުޅެން ކަމަށް ވަނީ ބުނެފައެވެ. ރިޝްމީ ވަނީ އޭނާ ރަވީ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ.

ރިޝްމީ ވަނީ ރަވީ އަށް އޭނާގެ އުފަންދުވަހާއި ދިމާކޮށް ޚާއްސަ ސަޕްރައިޒް އެއްވެސް ދީފައެވެ. ރަވީގެ އުފަންދުވަސް ފާހަގަކުރަމުން އޭނާ ބުނެފައި ވަނީ " ސެލެބްރޭޓިން 25th 25th" މިހެންނެވެ. އެހެންނަމަވެސް ރަވީއަށްވީ ކިތައް އަހަރުކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސްޓިކް ހައުސް ޒަކިއްޓޭ

    އައްޒަމެން އުޅޭ ގޮތުން މި ދެމީހުން ވެސް ދެއްކުންތެރިކަން އިސްކުރީ... އިނދެގެން އުޅޭ މީހުން އެހެން މީހުނަށް ލޯބިވާކަން ދެއްކުމަކީ ލޯބި ބަހާކަމުގެ ހެއްކެއް...

    19
    2
  2. އަޒޭ

    ހަމަ ތިލޯބި އަ ހަންނާއި އިދެގެން އުޅުނު އިރުވެސް ވެޔޭ ބުނި

    24
    2
  3. އަޒޭ

    ހަމަ ތިލޯބި އަ ހަންނާއި އިދެގެން އުޅުނު އިރުވެސް ވެޔޭ ބުނި.

    15
    3
  4. ސައިކުރާ

    މަ ބޭނުން ރިޝްމީ. ހުސްވާނެ ދުވަހަކަށް އިންތިޒާރު ކުރަން

    7
    12
  5. މި

    50 ދޯ

  6. ހަޤީޤަތް

    އަސްލު ޙަޤީޤީ ލޯތްބަކީ މި ދުނިޔޭގާވެސް އެކު އުޅެ ޖެ ހިގެން އޮތް ދުނިޔޭގާވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތުގާ ވެސް ދެމީ ހުން އެކީ އުޅުން... އެ ހެންވީމާ އެތަނަށް ނުދެވޭގޮތަށް މި ދުނިޔޭގާ ތެޅޭނެ ހާގޮތަކަށް ތެޅިފާ ދެމީ ހުންގެ ލޯބި ދުނިޔެއަށް ދައްކައިދޭން ދެއްކުންތެރިކަމާ އެކު ފޮޓޯތަށް ޕޯސްޓުކޮށް ކަލާޔާ ނުލާ ނޫޅެވޭނޭ ފަދަ ޝިރުކުގެ ކަލިމަތަށްވެސް ކީމާ އެ ދެމީ ހުން އެވީ ލޯބީގެ ހަޤީޤީ ފައިދަޔާ މާނަ އެ ދިޔައީ ކޮންތާކަށް.؟ ލޯބީގާ ދޮގެއް ނޫންތޯ އެ ހެދީ....
    އެހ ހެންވީމާ ﷲ އަށްޓަކާ ލޯބިވެސް ވާންވާނީ. ހުރި ހާ ކަމެއްވެސް ކުރަންވާނީ.. ހެއްދެވި ފަރާތަށް އޮތް ކިޔަމަންތެރިކަމާ ލޯބި އެފަރާތަށް އޮންނަންޖެ ހޭ ވަރަށް ނާރަންޏާ އަން ހެނުންދެކެ ވާ ލޯތްބަކީ އެއްޗަކަށް ނުވާނެ...

    26
  7. އަންނި

    ވާވް....😍🥰

    6
    6
  8. އަލިބެއްޔާ

    މި ދެން ކޯއްޗެއް؟؟؟