އޮސްޓްރޭލިއާގެ ދެމަފިރިން އުސްތަނެއްގައި ސެލްފީއެއް ނަގަން އުޅެނިކޮށް ވެއްޓި މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ޕޯޗުގަލްގައި، ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލް ގޮނޑުދޮށެއް އޮންނަ އެރިސީރާ އަވަށުގައެވެ. މިއީ މިސަރަހައްދުގައި ބިނާކޮށްފައިވާ އުސް ފާރުމަތިން މީހުން ވެއްޓި މަރުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންވެސް އެ ފާރުމަތިން ވެއްޓި މީހުން މަރުވެފައި ވެއެވެ.

އުމުރުން 30 އަހަރުގެ އަންހެނަކާއި އުމުރުން 40 އަހަރުގެ ފިރިހެނަކު ވެއްޓި މަރުވީ 30 މީޓަރު މަތިން ކަމަށް ރިޕޯޓްތަށް ބުނެއެވެ. އެދެމެފިރިންގެ ހަށިގަނޑު ފެނިފައިވަނީ އެވަގުތު އެތަން ސާފުކުރަން އުޅުނު މީހަކަށް މިދިޔަ ހޯމަ ދުވަހު އެވެ.

ރާޅާއަޅާ މަގްބޫލް މި ގޮނޑުދޮށަކީ އެތަނުގެ ވަށައިގެން ކަހަލަ ގޮތަކަށް ކުދި ފަރުބަދަތައް ލެވިފައިވާ ގޮނޑުދޮށެކެވެ.

މިހާތަނަށް ބެލި ބެލުންތަކުން، އެދެމަފިރިން ފާރުމަތިން ވެއްޓުނީ ސެލްފީ ނަގަން އުޅެނިކޮށްކަން އެނގިފައިވާ އިރު އެގޮތަށް އުޅެނިކޮށް އެމީހުންގެ އަތުގައިއޮތް މޮބައިލް ފޯނު އަތުން ދޫވުމުން، ފޯނު ހިފަން އުޅުމުގެ ތެރޭގައި ދެމީހުންވެސް ވެއްޓުނީ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

ސެލްފީ ނެގުމުގެ ތެރޭގައި ހިނގާފައިވާ ނުރައްކާތެރި ޙާދިސާތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ނަގާ ސެލްފީގެ ސަބަބުން، މީހާ މަރުވެ، ނުވަތަ ސީރިޔަސް އަނިޔާތަކެއް ގިނަ އަދަދެއްގެ ބަޔަކަށްވަނީ ލިބިފައެވެ.

ސެލްފީ ނެގުމުގެ ތެރޭގައި، މާޗް 2014 އިން ސެޕްޓެމްބަރު 2016 އަށް މަރުވެފައިވާ މީހުންނަށް ބަލާއިރު އޭގެ ތެރެއިން 60 ޕަސެންޓް ނިސްބަތްވަނީ އިންޑިއާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބަސް

  2. ނޫސްގަނޑު

    ފޯނު އުފައްދާ އިރު ފުރަންޓް ކެމެރާ ނުލައި ތައްޔާރު ކުރަން ފެނޭ

  3. ކަލެެެެެެ

    އަދިވެސް ސެލްްފިިިި ނެގެެެެެެތޮ ބަލަ!

  4. މާ ފޮނިވާން އުވެންޔާ ވާނީއެހެން

  5. استغفر الله

  6. 🤔މޮޅު