ކާމިޔާބު ދެ ސީރީސް ނެރެފައިވާ ނެޓްފްލިކްސް ސީރީސް "ޔޫ" ގެ ތިންވަނަ ސީރީޒްގެ ޝޫޓިންގް ނިންމާލައިފިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ސީޒަންގެ ޕްރޮޑަކްޝަންއަށް ކޮވިޑް ފުރަބަންދުގެ ސަބަބުން ބުރޫ އަރާފައިވެއެވެ. މިކަމާ ގުޅިގެން ރިލީޒް ކުރާ ތާރީހު ފަސްވި ނަމަވެސް، ނެޓްފްލިކްސް އިން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ޔޫ ސީޒަން 3 ބެލުންތެރިންނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ. އެކަމަކު މި ސީރީސް، ގެނެސްދޭނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާއިން އުފައްދާފައިވާ ސައިކޮލޮޖިކަލް ތްރިލާ ޔޫ ސީރީޒްގެ ތިންވަނަ ސީޒަން ރިލީޒް ކުރާނެ ވަކި ތާރީހެއް އަންގާފައި ނުވި ނަމަވެސް، ނެޓްފްލިކްސްއިން މި އަހަރު ނިމުމުގެ ކުރިން ސީޒަން ތިނެއް ރިލީޒް ކުރާނެ ކަމަށް ބުނެފައިވެއެވެ. މި ސީޒަންއަށް އިންތިޒާރު ކުރަމުންދާ ގިނަ ބަޔަކު އުންމީދު ކުރަނީ އޮކްޓޯބަރ/ނޮވެމްބަރުގެ ތެރޭގައި މި ސީރީޒް ފެނިގެން ދާނެ ކަމަށެވެ.

ސީރީޒް އަކީ ކްރައިމް ނޮވެލް އަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ލައިބްރަރީ އެއްގެ ހިންގުމާއި ހަވާލްވެ ހުންނަ މީހަކު އަންހެން ލިޔުންތެރިއަކަށް ހިތްކިޔާ، އެ އަންހެން ކުއްޖާގެ ކަންތައްތައް ހޯދުމަށް ލައިބްރަރީގެ މެނޭޖަރު މަސައްކަތް ކުރާ މަންޒަރުތައް ދައްކާލައެވެ. ލައިބްރަރީގެ މެނޭޖަރު މަސައްކަތް ކުރަމުންދިޔައީ އަންހެން ލިޔުންތެރިއާ އާއި ދެމީހުންގެ ދެމެދަށް އެއްވެސް ހުރަހެއް އެޅުނަ ނުދިނުމަށެވެ. އެގޮތުން އެކަން ހުއްޓުވުމުގައި ބިރުވެރި އަމަލުތަކެއް ލައިބްރަރީ މެނޭޖަރުގެ ފަރާތުން ފެނިގެން ދެއެވެ.

ޔޫ ސީރިޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ރިލީޒް ވެފައިވާއިރު، ދެވަނަ ސީޒަން ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވަނީ 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކަންގަނާޔަށް ނޫނެކޭ ބުނާފަދައިން މުސްލިމުން މަރާ މުސްލިމުން މަގުފުރައްދާ ދުނިޔެ ފަސާދަކުރާ ޓެރަރިޒަމްގެ އެންމެ ބޮޑު އެދުރު އެމެރިކާއިން އުފައްދާ ފިލްމުތަކަށްވެސް ނޫނެކޭ ބުނާކަށް ނުވޭތޯ. އެބަލައިގެން އަޅުގަނޑެމެންގެ ދެދުނިޔެއަށް ކުރީ ކުރާނީ ކޮން މަންފާއެއްތޯ ހުރިހާ ބޭކަލުން އައްސަވަ ބައްލަވާ!