ބޭނުންވާތަކެތި

6 ކުކުޅުބިސް (ކައްކާފައި ނޮޅާފައި) 100 ގުރާމު ވަޅޯމަސް ނުވަތަ ހިކިމަސް (ކޮށާފައި) 3 މޭޒުމަތީސަމުސާ ހަނާކުރި ހުނި ހަވާދު ނުވަތަ އައްޑޫ ހަވާދު (ހިމުންކޮށް ފުނޑާފައި) 2 ޖޯޑު ކާށިކިރު 1 ސައިސަމުސާ ލޮނުމެދު (ގާނާފައި ނުވަތަ ޗިސްކޮށްފައި) ½ ސައިސަމުސާ އިނގުރު (ގާނާފައި) ⅓ ސައިސަމުސާ އަސޭމިރުސް (މުގުރާފައި) 1 ފިޔާ (ބޮޑު، ކޮށާފައި) 1 ޗިކަން ކިއުބު 1 ޓޮމާޓޯ (ކޮށާފައި) ½ ސައިސަމުސާ ދިރި (މުގުރާފައި) ½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި) ގިތެޔޮމިރުސް, ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު

ތައްޔާރުކުރާނެ ގޮތް

ލޮނުމެދާއި އިނގުރު ލައިގެން ފިޔާ މީރުކޮށްފައި، އޭގެ ދެބައިކުޅަ އެއްބައި ނަގާށެވެ. ތެލީގައި ހުރި ބައިގެ ތެރެއަށް ހަވާދުކޮޅު (އެއް ޖޯޑު ފެނުގައި ގިރާލުމަށް ފަހު) އަޅާލާށެވެ. އިތުރު ފެންޖޯޑަކާއި، އެއް ޖޯޑު ކާށިކިރު އަޅައިގެން ހަވާދުކޮޅު ކައްކާލާށެވެ. ރަނގަޅަށް ބޮކިޖަހައި ކެކެން ފެށީމައި މަސްކޮޅު އަޅާފައި، ފަސް މިނެޓު ވަންދެން ކައްކާށެވެ.

ވަކިން ނެގި ފިޔާކޮޅުގެ ތެރެއަށް އަސޭމިރުސް، ދިރި، ފޮނިތޮށިކާފޫރުތޮޅި، ޓޮމާޓޯ، މިރުސް އަޅާފައި، ކިރުޖޯޑު ވެސް އެ އަށް އެއްކޮށްލާފައި މަތިޖަހަފައި ބަހައްޓާށެވެ. ފަސް މިނެޓު ވަންދެން ކެއްކުމަށް ފަހު، ޗިކަން ކިއުބު (ހޫނު ފެންފޮދެއްގައި ގިރައިލައިފައި) އަޅައިފައި ބިސްތައް އަޅާލާށެވެ. ރިހައިގެ ދިޔަ ބަހައްޓަން ވާނީ، ބިސްތައް އެޅީމައި ބިސްތައް ފޮރުވޭ ވަރަށެވެ. ރަނގަޅަށް ކެކިގަތީމައި ތައްޔާރު ކުރި ކިރުޖޯޑު އަޅައިލާށެވެ. ބޮކިޖަހައި ކެކެން ފެށުމުން، ލޮނު ހެޔޮވަރު ކޮށްފައި، ހިކަނދިފަތާއި ރާނބާފަތް އަޅާފައި އުނދުން ނިއްވާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަތީފާ

    ލޮލް އުނދުން ނިއްވާލައިފިން ގޭސް ހަ ރަދުބޮޑުވީމަ