އޭޝިއާނާ އެއާލައިންގެ ކުރީގެ ސީއީއޯ އަކު އަންހެން މުއައްޒްފުންގެ މައްސަރު ދުވަސް އައުމާ ގުޅިގެން ޗުއްޓީ ނުދިނިމުގެ ސަބަބުން ދެކުނު ކޮރެއާގެ ކޯޓަކުން 1800 ޑޮލަރުން އޭނާ ޖޫރީމާނާ ކޮށްފިއެވެ.

އޭޝިއާނާ އެއާލައިންގެ ކުރީގެ އިސްވެެރިޔާ ކިމް ސޫ ޗިއޯން 2014 އަދި 2015 ވަނަ އަހަރު ވަނީ 138 މުވައްޒަފަކު މައްސަރު ކަންތައް ކުރިމަތިވުމުން އެދުނު ޗުއްޓީ ނުދީ ހިފަހައްޓާފައެވެ.

ކިމް ބުނެފައިވަނީ އެއްވެސް މުއައްޒަފަކު މައްސަރު ކަންތައް އެމީހުންނަށް ކުރިމަތިވިކަމުގެ އެއްވެސް ސާބިތު ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ޗުއްޓީ ނުދިނީ އެހެންވެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ކޯޓުން ބުނެފައި ވަނީ މައްސަރު ކަންތައް ކުރިމަތިވުމުން ޗުއްޓީ ހޯދަން އިތުރު ހެކިތަކެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ދެކުނު ކޮރެއާގެ ހަބަރު ފަތުރާ އެޖެންސީއެއްކަމަށްވާ ޔޮންހަޕްއިން ރިޕޯޓް ކޮށްފައިވަނީ އެންމެ ފުރަތަމަ ދަށު ކޯޓެއްގައި ކިމް އާއި ދެކޮޅަށް މައްސަލަ ބަލާފައިވަނީ 2017 ވަނަ އަހަރުގައި ކަމުގައެވެ.

1953 ވަނަ އަހަރުން ފެށިގެން ދެކުނު ކޮރެއާއިން ވަނީ މުއްޒަފުންނަށް މައްސަރުދުވަސް އައުމުން ކޮންމެ މަހަކު އެއްދުވަސް ޗުއްޓީ ނެގުމަށް ހުއްދަ ދީފައެވެ.

މައްސަރު ދުވަސް އައުމާއި ގުޅިގެން ނަގާ ޗުއްޓީ އަކީ ކޮންމެ މަހަކު އެއްދުވަސް ނޫނީ ދެ ދުވަހެވެ.

ދެކުނު ކޮރެއާގެ އިތުރުން ޖަޕާން، ޗައިނާ، ހޮންކޮންގް އަދި ޓައިވާނުގައި ވެސް މައްސަރު ކަންތައް ކުރިމަތިވުމުން ކޮންމެ މަހަކު މުވައްޒަފުންނަށް ޗުއްޓީ ދެއެވެ.

މައްސަރު ކަންތައް ކުރިމަތިވުމުން އަންހެނުންނަށް ޗުއްޓީ ދިނުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑުތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި ޗުއްޓީ ދިނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ޗުއްޓީ އަކީ ކޮންމެ އަންހެނަކަށްވެސް ލިބެންޖެހޭ މުހިންމު ޗުއްޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާހިދު

    ރާއްޖޭގަވެސް މިހާރުދޭ. އެޗްޑީސީގައި ތި ޗުއްޓީދޭ