ޗައިނާގައި ދޫންޏެއްގެ ބޮލެއް ސިފަވާ ވައްތަރުގެ ބޮލެއް ހިމެނޭ މަހެއް ބާނައިފިއެވެ.

މި މަސް ބާނައިފައި ވަނީ ޗައިނާގެ ގުޔަން ސިޓީ އާއި ކައިރިންނެވެ. މިމަސް ބޭނުމަށްފަހު އަލުން ވަނީ ކޯރަށް ދޫކޮށްލާފައެވެ. މިހާރު ހޯދިފައިވާގޮތުގައި މި މަހަކީ ކޯރުގާއި އުޅޭ އާންމު މަހެއްކަމުގައިވާ ކާޕް އާއިލާއަށް ނިސްބަތްވާ މަހެކެވެ. މި މަސް ވަނީ ގިނަ އިރު ތަކެއް ވަންދެން އާންމުނަށް ފެންނަ ގޮތަށް ދާއްކާލާފައެވެ.

މި މަހުގެ ފޮޓޯއާއި ވީޑިއޯ މީސް މީޑިއާގައި ދަރުވަމުންދާއިރު މިމަހުގެ ބޯ އެއްބަޔަކު ކޮތަރެއްގެ ބޮލާ އަޅާކިޔާއިރު އަނެއްބަޔަކު ކޯމަސް އަދި ގުރައެއްގެ ބޮލާވެސް އަޅާކިޔަމުން ގެންދެއެވެ.

މި މަހުގެ ބޯ އެގޮތަށް އުފެދެން މެދުވެރިވެދާނެ ސަބަބުތަކެއް ހުރިއިރު މި ގޮތުން އެއް ސަބަބަކީ މިމަސް ބޮޑުވެގެން އައިރު އޮކްސިޖަން ރަނގަޅަށް ނުލިބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މަހުގެ ބިހަށް ގެއްލުމެއް ލިބުމުގެ އިތުރުން ގެނެޓިކް މިއުޓޭޝަން އެއް އުފެދުން ކަމުގައި ވެސް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި މަސް ފެނުނު ސަރަހައްދުންވަނީ މީގެ ކުރިންވެސް ތަފާތު 30 ވައްތަރެއްގެ އާދަޔާ ހިލާފު މަސްތަކެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަމީހާ

    ތީ ބާޑަކާއި ފިސްއަކާ ޒިނޭކޮއްގެން ލިބިފައި ހުރި ހައިބުރިޑެއް..

  2. މަރީ

    ﷲ ގެ ކުޅަދުން ވަންތަކަން ދެކިބަލަ...