އެއްފަހަރާ 35 އަންހެނުންނާ ރަށްޓެހިވި ފިރިހެނަކު ޖަޕާނުން ހައްޔަރުކޮށްފި އެވެ. ތަކާޝީ މިޔަގަވާ، 39 އަހަރު ހައްޔަރުކޮށްފައި ވަނީ 35 މީހުންނަށްވުރެ ގިނަ މީހުންނާއި އެއްފަހަރާ ރަށްޓެހިވެ އޮޅުވާލުމުގެ މައްސަލައިގައެވެ.

ޖަޕާނުގެ މީޑިޔާތަކާއި ހަވާލަދީ ބޭރުގެ އެހެން މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި މިޔަގަވާ އެއްފަހަރާ ގިނަ ބަޔަކާ ރަށްޓެހިވީ އޭނާގެ އުފަންދުވަހަށް ހަދިޔާ ހޯދުމުގެ ނިޔަތުގައި އެވެ.

އެތައް ބަޔަކާ ރަށްޓެހިވެ މިޔަގަވާ ވަނީ ލާރީގެ އިތުރުން އަގުބޮޑު ހަދިޔާތައްވެސް އަންހެނުން އަތުން ހޯދާފައިއެވެ. އެގޮތުން އޭނާއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ވަނީ ދީފަ އެވެ. އަދި އެއް އަންހެނަކު ވަނީ މިޔަގަވާ އަށް 4،000 ރުފިޔާގެ ކޯޓުފަޓުލޫނެއްވެސް ހަދިޔާއަކަށް ދީފައެވެ.

އެމްބީއެސް ނޫހުން ބުނާގޮތުގައި މިޔަގަމާ ޑޭޓްކުރި އަންހެނަކު އޭނާ އޮޅުވާލިކަން އެނގުމާއި އެކު އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަނީ ރިޕޯޓުކޮށްފަ އެވެ. އޮޅުވާލިކަމުގެ ތުހުމަތުގައި މިޔަގަމާ މިހާރު ފުލުހުންގެ ހައްޔަރުގައި ހުރިއިރު އޭނާ ވަނީ ޑޭޓްކުރި މީހުން ކައިރީ އޭނާގެ އުފަންދުވަސްކަމަށް ބުނެ އެކި ތާރީހުތައް އެމީހުންނަށް ދީފައެވެ.

ފައިސާ ހޯދުމަށް މިޔަގަމާ ވަނީ 44 އަހަރުގެ އަންހެނަކާއި ޑޭޓްކޮށްފަ އެވެ. އަދި އޭނާގެ އުފަންދުވަސް ކަމުގައި މިޔަގަމާ ބުނެފައިވަނީ ފެބްރުއަރީ 22 އެވެ. އަދި 40 އަހަރުގެ އަންހެނަކާއި ޑޭޓްކޮށް މިޔަގަމާ ބުނީ އޭނާގެ އުފަންދުވަހަކީ ޖުލައިގެ ތާރީހެއް ކަމަށެވެ. މިގޮތަށް އެކި މީހުންނާއި ޑޭޓްކޮށް އެކި ތާރީހުތައް އޭނާ ވަނީ އެފަރާތްތަކަށް ދީފަ އެވެ.

ޖަޕާނުގެ ލޯކަލް ނޫހުކުން ހާމަކުރާގޮތުން މިޔަގަމާގެ އަސްލު އުފަންދުވަހަކީ ނޮވެމްބަރު 13 އެވެ.

މިޔަގަމާ އެކި މީހުންނާއި ޑޭޓްކޮށް އެކި ތަންތަނުގައި އެކީގައި އުޅެފައިވާ ފޮޓޯތައްވެސް މީސްމީޑިޔާގައި މިހާރު ވަނީ ޢާންމުވެފަ އެވެ. މިޔަގަމާ ޑޭޓްތަކަށް ގޮސްފައިވާ ތަންތަނުގެ ތެރޭގައި ޕާކުތަކާއި ރެސްޓޯރެންޓުތައްވެސް ހިމެނެއެވެ. އެއް ފޮޓޯއެއްގައި އުފަންދުވަސް ފާހަގަކޮށް ކޭކެއް ފެންނަ ފޮޓޯއެއްވެސް ވަނީ ފެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަމީލުބެ

    ހާދަ ހަރުކަށި ފިކުރުގެ ބަޔެކޭ ޖަޕާނުގައި ތިބީ ދޯ. އެމީހަކު ބޭނުން ވަރަކަށް ރައްޓެހިވެވޭ އަދި އަދި އޭ އޭނާގެ ސްމާރޓްކަން ދޯ. ރާއްޖޭގައިވެސް އެކަން އޮތީ އެހެން. 4 ބިޓުން ނަގައިގެން އުޅޭ ކުދިން މިހާރު މަދެއްނޫން.. އަންހެން ކުދިންވެސް އޯކޭ އެގޮތް..

    9
    8
    • ފަވާ

      މައްސަލައަކައް ވަނީ އިސްލާމީ އުސޫލްތަކުގެ ތެރެއިން ހަލާލުގޮތުގައި 2 މީހުންނާއި އިނީމަ. އެހިސާބު އެއީ ވަރައް ގޯސްކަމެއްކަމުގައި ހުއްޖަތްދައްކަން އެކިއެކި ވަހުޝީ ހޮރުހޮރުގައި ތިބޭ މީހުންވެސް ނިކުމެ އެމީހެއްގެ ހުރި މިންވަރަކުން ޚިޔާލުފާޅު ކުރެވޭތޯ ބަލާނެ. އަދި 2 އަންބައް އިނދެގެން ރިވެތި ދިރިއުޅުން އުޅެމުން އަންނަ އެތަކެއް ބަޔަކު ތިއްބާ.. ހަމައެގޮތައް ދެ އަންބައް އިނގެދެން ފިރިމީހާގެ ޒިންމާ އަދާނުކުރެވޭ ކޭސް ތަކުގެ ވާހަކަ ދައްކަމުން އެއީ ހުރިހާ 2 އަނބިން ގެންގުޅޭ މީހުންގެ ހާލަތުކަމައް ދައްކުވައި އެޔައް ހަޖޫޖަހާ ހަދާ. އެކަމަކު ހަރާމް ގުޅުންތައް އިނދެގެންނާއި ނީނދެ ހިންގާ މީހުންގެ ތަފާސް ހިސާބްތައް ހުރި އިރު އެއީ މާބޮޑުކަމަކައް ނުވޭ. މިއީ އިސްލާމީ އަގީދާގެ ހާލަތު އޮތް މިންވަރު ދިވެހިން ބަޔެއް އަންހެނުންގެ.

      5
      1
    • ތުންފުހި ލޯބި

      މިގޮތަށް ދޮގުހަދާ މީސްމީހުންނަށް އޮޅުވާލާ ކޮންމެ މީހަކީ ސްމާޓު މީހެއް ކަމުގަ ދެކޭނަމަ، ކީއްވެބާ ތިމާއަށް އޮޅުވާލާ މަކަރުހަދާ މީހަކަށް އެއީ ސްމާޓުމީހެކޭ ނުބުނެ ދޮގުވެރިޔެކޭ މަކަރުވެރިޔެކޭ ބުނަނީ؟؟؟މިކަހަލަ ހާދިސާއެއް ތަޖުރިބާކުރެވުނު މީހެއްގެ ހައިސިއްޔަތުން ބުނެލާނީ މިއީ އެއްވެސް ޒަމާނެއްގަ އަދި އެއްވެސް ހާލެއްގަ ބަލައިގަނެވޭނެ ކަންކަމެއް ނޫނޭ..

  2. ޖަމީލުއްދީން

    ހާދަ ހަރުކަށި ފިކުރުގެ ބަޔެކޭ ޖަޕާނުގައި ތިބީ ދޯ. އެމީހަކު ބޭނުން ވަރަކަށް ރައްޓެހިވެވޭ އަދި އަދި އޭ އޭނާގެ ސްމާރޓްކަން ދޯ. ރާއްޖޭގައިވެސް އެކަން އޮތީ އެހެން. 4 ބިޓުން ނަގައިގެން އުޅޭ ކުދިން މިހާރު މަދެއްނޫން.. އަންހެން ކުދިންވެސް އޯކޭ އެގޮތް..

    7
    5
  3. ތުންފުހި ލޯބި

    މިގޮތަށް ދޮގުހަދާ މީސްމީހުންނަށް އޮޅުވާލާ ކޮންމެ މީހަކީ ސްމާޓު މީހެއް ކަމުގަ ދެކޭނަމަ، ކީއްވެބާ ތިމާއަށް އޮޅުވާލާ މަކަރުހަދާ މީހަކަށް އެއީ ސްމާޓު މީހެކޭ ނުބުނެ ދޮގުވެރިޔެކޭ މަކަރުވެރިޔެކޭ ބުނަނީ؟؟؟މިކަހަލަ ހާދިސާއެއް ތަޖުރިބާކުރެވުނު މީހެއްގެ ހައިސިއްޔަތުން ބުނެލާނީ މިއީ އެއްވެސް ޒަމާނެއްގަ އަދި އެއްވެސް ހާލެއްގަ ބަލައިގަނެވޭނެ ކަންކަމެއް ނޫނޭ..

  4. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ލޯކުދި މީހުން އަންހެން ފިރިހެންވެސް ސޭމް ލުކްސް..... ބޮޑު ފޫސެ.....

    1
    1
  5. އަހްމަދު

    ބޭރުފުށުން މާ ޑިސިޕްލިން ރަނގަޅު ބަޔަކަށް ވެގެން އުޅޭނެ، އެކަމު ތި ޖަޕާނަކީ އެންމެ މީހުން ނުބާ އެއްތަން