ކާފައަަކަށް ވާ ހިސާބުން ދެން އެވީ މުސްކުޅިއޭ ގިނަބަޔަކު ބުނެ އެވެ. އެންމެން ހީކުރަނީ ބޮލުގައި ނުރަ ޖަހާ މޫނުގައި ރޫޖަހާފައި ހުންނާނެ ހެންނެވެ. އެހެން ނަމަވެސް މިއީ ޒުވާން ކާފައެވެ. ޒުވާން އުމުރުގައި ކާފައަކަށްވި މީހެކެވެ. އޭނާގެ އުމުރަކީ 39 އަހަރެވެ.

ކާލް ޕައޮލީ ނަމަކަށް ކިޔާ އެ މީހާ ޓިކްޓޮކްގައި އާއްމުކުރި އެ ވީޑިއޯއާއެކު އެތައް ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާ އާއްމު ކުރި އެ ވީޑިއޯއިން ފެނިގެން ދަނީ ބުއްފުޅިއެއް ހިފައިގެން އިންނަ ތަނެވެ. އަދި އެ ވީޑިއޯއިން އޭނާގެ އަންހެނުން ދަރިއަކު އުރައިގެން ހުންނަ ތަން ފެނިގެން ދެއެއެވެ.

މީހުންނަށް ހައިރާންކަމެއް ލިބިގެން ދިޔައީ ކާލް އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވާ ވާހަކައިންނެވެ.

އޭނާ އެ ވީޑިއޯ ޕޯސްޓް ކުރުމާއެކު އެތައް ބަޔަކު ވަނީ އޭނާ އެހާ ޒުވާން އުމުރުގައި ކާފައަކަށްވީ ގޮތް އަހާފައެވެ. އަދި އޭނާގެ އުމުރަކީ ކިހައިވަރެއްކަންވެސް އަހާފައި ވެއެވެ.

ބައެއް މީހުން އެ ވީޑިއޯއަށް ކޮމެންޓްކޮށް ބުނެފައި ވަނީ، ހީކުރީ ކާލްގެ އުމުރަކީ 25 އަހަރު ކަމަށެވެ.

މީހުން އެގޮތަށް ސުވާލު ކުރަމުންދާތީ، ކާލް ވަނީ އޭނާ ކާފައަކަށްވި ގޮތް ކިޔާދީފައެވެ.

"އަހަރެން އުމުރުން 39 އަހަރުގައި ކާފައަކަށްވީ، އަހަރެން އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަކަކަށް ވުމުން. އަހަރެން އެ ކުއްޖާ އެޑޮޕްޓް ކުރީ، މިހާރު އެ ކުއްޖާއަށް 23 އަހަރު ވެއްޖެ، މިހާރު އޭނާއަކީ މަންމައެއް. އޭނާ ވިހާފައި ވަނީ ރީތި ފިރިހެން ކުއްޖެއް. އެހެންވެ އަހަރެން ކާފައަކަށް މިވީ".

އޭނާ މިގޮތަށް ކިޔާދިނުމުން އެތައް ބަޔަކު ވަނީ އެ އާއިލާއަށް އުފާވެރި ދިރިއުޅުމަކަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހާ

    އެކްސް ކިޔުސް މީ. ޢަހަރެންނަށް 37 އަދި. މީ މިހާރު މާމަ އެއް. ތީނަ ކުއްޖަކު އެޑޮޕްޓް ކުރީއެއްނު. މަ ވިހެއީ މަ ދަރި އެންޑް ޝީ އިސް ނައޮ އަ މަމް. ދެޓް މޭކްސް މީ އަ ގްރެނީ. މިވާހަކަ ޖަހާބަލަ ޚަބަރުގަ. ބޮޑު ކަމެއް.

    52
    6
    • Anonymous

      އާނ ދޯ

      21
      1
    • ޟަ

      ހައްހައްހައް 🤣🤣🤣🤣

      13
      1
  2. ސޯބު

    މިރަށުގައިވެސް އެބަތިބި ތިއަށްވުރެ ހަނގު އުމުރުގައި ކާފާ އަދި މާމަ އަކަށްވީ މީހުން. މިކިޔަނީ އެޑޮޕްޓްނުކޮށް ހަމަ އުފަން ދަރިންގެ ކާފަ މާމަ އަށްވެފަތިބި މީހުންގެ ވާހަކަ.

    23
    1
  3. އެން ޒެޑް

    ތިއަށްވުރެ މާ ފައްކާލެއްނު މަގޭ މަންމަ 37 ގަ މާމަ ކިޔައިފި ..އުމުރުން 27 އަހަރު ވީ އިރު 7 ކުދިން ވިހާ ނިންމާލައިފި

    • ލޮލް

      މާމަ އެއް ނޫން ކާފަ. ކާފަ މޭން ކާފަ 🤣🤣🤣😛😛😛😜😜😜😝😝😝😝😝😜😜😜😛😛😜😝😜😛🙊🙊💩