ރާއްޖޭގެ ޓިކްޓޮކް ތަރިން ބޮޑު މަޝްހޫރުކަމެއް ހޯދައިފިއެވެ. އެ ތަރިންގެ މަސައްކަތް ދިވެހިން ބަލައިގެންފިއެވެ. އެ މީހުންގެ ހުނަރުވެރިކަމުގެ ވާހަކަދައްކަމުން ދެއެވެ.

ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން މިހާރު ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އައިމިނަތު ރަޝްފާ(އާޝާ) އާއި ފާތިމަތު ޝަރާ އަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. މި ދެ އެކުވެރިންގެ ގުޅުން ވަރުގަދަވީ ޓިކްޓޮކްއަށް ވަދެ އެކުގައި ވަގުތު ހޭދަކުރި ފަހުންނެވެ.

މި ދެތަރިން ބުނާގޮތުގައި، އެމީހުންގެ ގުޅުން ވަރަށް ރަނގަޅެވެ. ދުވަހަކު ބޮޑު މައްސަލައެއް ދިމާނުވެއެވެ.

ޝަރާ އާއި އާޝާގެ ޓިކްޓޮކް އެކައުންޓް ބަލާއިރު، އެ މީހުންނާއި އެންމެ ގާތް މީހުންގެ ގޮތުގައި ފެނިގެންދާ އެކަކީ އިޝްފާނެވެ. ދެ މީހުންވެސް އިޝްފާން އާއެކު ޓިކްޓޮކް ވީޑިއޯތައް ނަގާ ހަދައެވެ. އަދި އެ ވީޑިއޯތައް އަޕްލޯޑް ކުރެއެވެ.

އެހެން ނަމަވެސް ބައިސްކޯފްގެ ތުންތުން މަތިން ޕްރޮގްރާމްގެ ފޮޓޯ ވީދާ ގޭމްގައި މި ދެތަރިންވެސް ވީދާލީ އިޝްފާން އާއެކު ނަގާފައިވާ ފޮޓޯއެވެ. މި ދެތަރިންނަށްވެސް އިޝްފާނަށްވުރެ މުހިންމީ ޖުމާ އާއި މައިކް އެވެ.

އާޝާ ބުނަނީ އިޝްފާންއާއެކު މިއަށްވުރެ ރީތި މެމޯރީސް ހުންނާނެ ކަމަށެވެ. އަދި ޖުމާއާއި އެކީ އިން ފޮޓޯއަކީ އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ "ގުނަމުން މިދާ"ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމުން އެ މާ މުހިންމު ކަމަށެެވެ.

ފާހަގެވެން ދިޔަ ކަމަކީ އިޝްފާން އާއި އާޝާގެ މި ފޮޓޯ ވީދާލުމަށް ޝަރާ އައި ހާއްސަ ގެސްޓް ރޯމްގެ ފަރާތުން އާޝާއަށް ހިތްވަރު ދިނެވެ. އެހެންކަމުން މިކަމުގައި ބެލުންތެރިންނަށް ނޭނގޭ ސިއްރުތަކެއް ވަނީ ކަމަށް ވެދާނެ އެވެ.

ޝަރާގެ މެމޮރީ ބުކްގައިވެސް އިޝްފާން އާއި މައިކްގެ ފޮޓޯގެ ފޮޓޯއަކުން ޗޫޒް ކުރުމަަށް ލިބުމުން ފޮތް ވީދާލެވޭނެތޯ ސުވާލު ކުރެއެވެ. އަދި އިޝްފާންގެ ފޮޓޯ ނެގުމަށްފަހު "ދިޒް އިސް ނޮޓް ގުޑް"އޭ ބުނުމަށްފަހު ކުދިކުދިވަންދެން އެ ފޮޓޯ ވީލާލައެވެ. މީގައިވެސް ބެލުންތެރިންނަށް ނޭނގޭ ސިއްރެއް ވެދާނެ ބާއެވެ؟

އެހެން ނަމަވެސް ދެ ތަރިންގެވެސް ވާހަަކަތަކުން އެ މީހުންނާއި އިޝްފާން އާއި މައްސަލައެއް ޖެހިފައި ހުރިހެން ހީނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    ދެއްކުން ތެރިކަން ، ތިކަމުގެ އަޑީގައި ވަރަށް ބޮޑު ސިއްރެއް ފޮރުވިފައިވޭ.

    35
    1
  2. ޑިމޮކްރަޓިސްޓް

    ދެން އަހަރެމެނަށް ކޮން ކަމެއް!!

    26
    1
  3. ވާސީން

    ހުރިހާކުދިންވެސް ކަށްވަޅުގައި އޮންނައިރު ޓިކްޓޮކުގައި ތިޔަ ޖައްސާ ވައްތަރުތަކުން ކުރާނީ ގެއްލުންތޯ ފައިދާތޯ ވިސްނުން ވަރައް މުހިންމު. ޓިކްޓޮކަކުން މާތްރަސްކަލާނގެ ހަޒްރަތައް ރުޖޫއަކުރުން ނުހުއްޓޭނެވެ. އަދި ތިމާކުރާ ކޮންމެ ޢަމަލަކީ އެޔައް ޖަޒާއެއް ނުލިބިދޫކުރެވޭނެ ކަމެއް ނޫންކަން ތިޔަ ޓިކްޓޮކް ކުޅޭއިރު ހަނދާނުގައި ބަހައްޓާށެވެ. އެމީހަކު ކުރާނެ ކަމެއް އިނގޭނީ އެމީހަކަށެވެ. ޖަހަންނަމައަކީ ނެތްތަނެއްކަން ކަށަވަރުކޮއްގެން ހުއްޓަސް ތިމާގެ އާޚިރަތައް ރައްކާތެރިނުވެވުނު މީހާ ޖަހަންނަމުގެ ރަހަދެންކެން ޖެހިދާނެއެވެ، އެއީ މާތް ރަސްކަލާނގެ އެމީހަކުގެ ފާފަނުފުއްސަވައިފި ކަމުގައިވާނަމައެވެ. ޓިކްޓޮކުގައި ތިޔަ ޖައްސާ ވައްތަރުތައް ޖައްސަމުން ގޮސް ދުނިޔޭގައި ހެޔޮ ޢަމަލުކޮއް އިޚްލާސްތެރި ތަގުވާގެ މަތީގައި ތިބެ ދުނިޔޭގެ މި ކުރު ހަޔާތުގެ ދުވަސްތައްވޭތު ކުރި މީހުންގެ މަގާމުލިބޭނެކަމުގެ އުންމީދުކުރުމަކީ އެއީ ހަމަނުޖެހެ ވިސްނުމެކެވެ. އުޅޭނެ ގޮތަަކައް އުޅެ ދުނިޔޭގެ ވަގުތު ދުއްވާލާށެވެ. މިއީ ހަމައެކަނި ނަސޭހަތެކެވެ. ބޭނުމިއްޔާ ނަސޭހަތުގައި ނުހިފާ ހަވާ ނަފްސައް އުޅެ ދުނިޔޭގެ ހަޔާތްވެތުކޮއް ނިންމާލާށެވެ. އެކަމަކު ތިމާގެ ހިސާބު މާތްރަސްކަލާނގެ ބައްލަވާ އެކަމުގެ ޖަޒާއިން ނުރެކެވޭނެއެވެ.

  4. އަޒްލީ

    ޓިކްޓޮކް މޮޔައިން.. ބޮލައް ބޭސް ކުރައްވާ.