އިންޑިއާގައި ކޮވިޑްގެ މި ނުރައްކާތެރި ހާލަތުގައި އެތައް ބައެއްގެ އެހީތެރިކަން ލިބެމުންދާ އިރު ޓެލެވިޒަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ގުރްމީތު ޗައުދަރީ ވެސް ދަނީ ކޮވިޑް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވަމުންނެވެ. އޮކްސިޖަންްއާއި ޕްލާސްމާ ފަދަ މުހިންމު އާލާތްތައް ފޯރުކޮށްދެމުންދާ ގުރުމީތު 1000 އެނދުގެ ދެ ހޮސްޕިޓަލެއް ހުޅުވަން ނިންމާފައިވާ ކަމަށް އޭނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

އާއްމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތައްޔާރުކޮށް، 1000 އެނދުގެ ހޮސްޕިޓަލެއް ޕަޓްނާ އާއި ލަކްނަވްގައި އެޅުމަށް ނިންމާފައިވާ ކަމަށް ގުރްމީތުގެ ޓުވިޓާގައިވެއެވެ. އަދި އެހެން އަވަށްތަކުގައި ވެސް ވަރަށް އަވަހަށް ހޮސްޕިޓަލް އެޅުމުގެ ޚިޔާލު ހުރިކަމަށް އޭނާ ބުނެފައިވެއެވެ. މިކަމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި މިކަމުގެ އިތުރު ތަފުސީލު ދޭނެ ކަމަށް ވެސް މި ޓުވީޓުގައިވެއެވެ.

މިކަމާ ގުޅިގެން ކޮށްފައިވާ އެހެން ޓުވީޓެއްގައި ގުރުމީތު ބުނެފައިވަނީ 10 އަވަށެއްގައި 10،000 އެނދުގެ ހޮސްޕިޓަލެއް ހުޅުވަން ބޭނުންވާ ކަމަށެވެ.

ހޮސްޕިޓަލްތަކަށް މިދުވަސްވަރު ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މީހުން ބުނަމުން ދިޔަ ނަމަވެެސް ގުރްމީތުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން އޭނާ އެހެން މީހުންގެ ހާލު ބެލުމަށް ހޮސްޕިޓަލަށްދާ ކަަމަށް ވެސް ގުރްމީތު ބުނެފައިވެއެވެ.

ގުރްމީތުގެ މި ޓުވީޓުތަކަށް އެތައް ބައެއްގެ ލޯތްބާއި ޝުކުރުގެ ދަނީ ލިބެމުންނެވެ. މި ޝުކުރުގެ ކޮމެންޓުތަކުގެ ޖަވާބުގައި ގުރްމީތު ބުނެފައިވަނީ މިފަދަ ހާލަތެއްގައި އެހީތެރިވުމަކީ އޭނާގެ ޒިންމާއެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ތިފަދަކަންކަ މުގާ ދިވެހި މަހުޖަނުންނަކީ ދުނިޔެއިންލާ މަސީލުބައެއް. އަތުންބޮޑުލާރިއެއްވެސްބެސްހޭދަކޮށްފިއްޔާ ތި މަންނަ މެން ނާށިގަނޑުހިފައިގެން ސަލާންޖަހަންދާންޖެހިދާނެކަ މަށްހީކޮށް ބިރުންއުޅޭ މަހުޖަނުންގެގައު މެއް މިއީ!!