އޮސްޓްރޭލިއާގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ލޫސީ އާއި އެނާގެ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އެއީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އައިޑެންޓިކަލް ޓްއިންސް ނުވަތަ އެންމެ މަޝްހޫރު ނިބޫ ދެބެއިންނެވެ. ބަލާ ބެލުމަށް ދެބެއިންގެ ކިބައިން އެއްވެސް ތަފާތެއް ނުފެނެއެވެ.

މިހާރު އުމުރުން 35 އަހަރު ވެފައިވާ އެނާ އާއި ލޫސީ މީގެ ކުރިން މީޑިއާގެ ސަމާލުކަން ހޯދީ އެންމެ މިނެޓަކަށް ވެސް އެކަކު އަނެކަކާއި ވަކިނުވާ ދެބެއިންގެ ގޮތުގައެވެ. އެމީހުން ކޮންމެ ތަނަކަށް ވެސް ދަނީ އެއްކޮށެވެ. ކެއުމާއި ނިދުމާއި ހުރިހާ ކަމެއް ވެސް ކުރަނީ އެއްކޮށެވެ. އެންމެ ކުޑަމިނުން ލޯބިވެރިޔާގެ ގޮތުގައި ވެސް ދެމީހުން ގެންގުޅެނީ އެކެކެވެ.

ދެބެއިން އެއް ލޯބިވެރިޔަކު ނުވަތަ އެއް ހަޔާތުގެ ބައިވެރިޔަކު ގެންގުޅުމަކީ ހުޅަނގުގެ ކޮންމެ ކަމެއް ހުއްދަ ގައުމުތަކުގައި ވެސް އަހްލީގީ ގޮތުން ވަރަށް ދަށް ފެންވަރުގެ ކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ. ލޫސީ އާއި އެނާ އެއް ލޯބިވެރިޔަކު ގެންގުޅޭތީ އެމީހުންނަށް މީގެ ކުރިން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ނަމަވެސް މިހާރު މިދެމީހުންނާއި އެމީހުންގެ ލޯބިވެރިޔާ ގެންދަނީ އެމެރިކާގެ "ޓީއެލްސީ" އާއި ގުޅިގެން ޓީވީ ޝޯއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ފަހުކޮޅު މިޝޯ އެމެރިކާގައި ދައްކަން ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލޫސީ އާއި އެނާ އެއްލޯބިވެރިޔަކު ގެންގުޅެނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެއްބަނޑު އެއްބަފާ ދެބެއިން އެކަކާއި ކައިވެނި ކުރުމަކީ އެމެރިކާ އިން 1961 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނަކުން ކުށެކެވެ. ދުނިޔޭގެ އެއްވެސް ގާނޫނެއްގައި އެއްބަނޑު އެއްބަފާ ދެބެއިންނަށް އެކަކާއި ކައިވެނި ކުރުން ހުއްދަ ކޮށްފައެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތެދޭ

  އެ ނުބައި ކަންތަށް ވެސް ދުނިޔެއަށް ޕްރޮމޯޓްކުރަން އެމެރިކާނުންނާ ގުޅިގެން އަމިއްލަ ފައިދާގަނޑަކާ އިވެސް އެކުގާ ކުރާ ކަމެއް ކަމަށް ޤަބޫލްކުރެވޭ

  12
  2
 2. އިބުނި ކަސީޜު

  ބޫޓާން ގެ ރަސްގެފާނު ޖިގްމޭ ވަންޗުކް ކައިވެނި ކޮށްގެން އުޅެނީ އެއް ބަނޑު އެއްބަފާ ދެ އަންހެނުންނާާއި.

  5
  1