އިންޑިޔާގައި ކޮވިޑުގެ މަސައްކަތުގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކާބޯތަކެތީގެ އެހީ ފޯރުވުމަށް ސަލްމާން ޚާން ވަނީ ނިންމާފައެވެ. އަދި މި އެހީ ދިނުމަށް ނިންމާފައިވަނީ ސަލްމާންގެ ފުރިހަމަ އިރުޝާދާއި ބެލުމުގެ ދަށުންކަން ޔަގީންވަނީ މީސް މީޑިޔާގައި ދައުރުވާ ވީޑިއޯއަކުންނެވެ.

ފުލުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ބީއެމްސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ތައްޔާރު ކުރެވިފައިވާ ކާއެއްޗެހި ރަހަ ބެލުމަށް އެތަކެތި ތައްޔާރު ކޮށްފައިވާ ތަނަށް ސަލްމާން ގޮސް އެތަކެތީގެ ރަހަ ބެލުމަށް ފަހު، އެތަކެތި ފޮނުވާލުމުގެ ހުއްދަދޭ މަންޒަރުތައް ދައްކުވައިދޭ މި ވީޑިއޯ ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ތިން ހަފުތާއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފުޑް ޕެކްގެ ފުރަތަމަ ފުޑް ޓުރަކް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށް ޔޫވާ ސެނާގެ ލީޑަރ ރާހޫލް ކުނާލު ބުނެފައިވެއެވެ. ރާހޫލް ބުނެފައިވާ ގޮތުގައި މި ޕެކްގައި ހިމެނެނީ ސަޔާއި، ފެނާއި، ބިސްކޯދާއި، އަދި ސްނެކްއެއް (އުޕްމާ، ވަޑާ ޕާވް ނުވަތަ ޕާވް ބަޖީ) ކަމަށެވެ.

މިދިޔަ އަހަރުގެ ފުރަބަންދުގައި ސަލްމާން އޭނާގެ ފާމްހައުސްގައި ހުރި އިރު ވެސް ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި މި މަސައްކަތުގައި ވެސް އޭނާ ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. މިކަމުގައި ޖެކުއެލިން ފެނާންޑަޒްއާއި ލޫލިއާ ވަންތަރ ވެސް ބައިވެރިވެފައިވެއެވެ. ކާބޯތަކެތި ޓުރަކްތަކަށް އެރުވުމުގައި ސަލްމާން ހަރަކާތްތެރިވި ވީޑިއޯތަކެއް ދައުރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަމައަސްްލު

    މާޝާ ﷲ މި ރަމްޟާން މަހުގައި އަދި މުސްލިމަކަށް ވީތީ ޕްރައުޑް

    34
    2
    • ޜަނާ

      މުސްލި މެކޭ ނުބުނެވޭނެ ސަލް މާނަކީ. އޭނާގެ ބަރތްސެޓްފިކެޓްގައި އޮންނަނީ ހިންދޫ/ މުސްލި މް އެއް ކަ މަށް . ފައްޅިއަށް ދޭ ގޭގައި ބުދު ބަހައްޓައިގެން ކުރާ އަޅުކަން ތަކުގައި ބައިވެތިވޭ. ﷲ ފިޔަވައި އަޅުކަންކުރެވޭ އެހެން ފަރާތެއްވާ ކަ މަށް ގަބޫލުކުރާ މީހަކު ނުވާނެ މުސްލި މަކަށް.

      20
      3
      • ސައްލޭ

        ސައްލްމާންގެ ހިތް ސާފިއްޔާ އެނިމުނީ، ކަލެއްއް އިނގޭތަ އޭނަގެ ހިތް، އޭނައަކީ ހަމަ މުސްލިމެއް، ފަގީރުންނަށް ބޮޑެތި އެހީވާ ދީލަތި މުސްލިމް ފަރާތެއް، މިގޮއްތައް މި ގަައުމުގަ އުޅޭ މީހެއް ދައްކަބަލަ، ނަމުގަ މުސްލިމުން މި ތާ ޢުޅެނީ...

  2. ނަތާ

    ސަލްމާން އަކީ އެފަދަ އެތަށްކަމެއް ބޭނުންޖެހިފައި ތިބޭ ފަރާތްތަކައް ހެޔޮހިތުން ކޮއްދޭ ދީލަތިފަރާތެއް😷

    13
    1