ކާންޔޭ ވެސްޓު ލާފާއިވާ މި ބޫޓު 2.7 މިލިއަން ރުފިޔާއަށް ވިއްކާލައިފި އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު ލާފައިވާ ޑިޒައިނާސް ބޫޓު 2.7 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލައިފި ވަނީ 'ނައިކް އެއާ ޔީޒީ 1' މި ބޫޓު ބޮޑު އަގެއްގައި ވިކިފައިވާއިރު މިއީ މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ވިކުނު ނައިކް އެއާ ޖޯޑަން 1 އަށްވުރެ ބޮޑު އަގުގައި ވިކުނު ބޫޓުކެވެ.

ސޮތްބައިސް އޮކްޝަން އިން ހާމަކުރާގޮތުގައި ކާންޔޭ ވެސްޓުގެ މި ބޫޓަކީ މިލިއަނަކަށް ވުރެ ބޮޑު އަގުގައި މިހާތަނަށް ވިކުނު ފުރަތަމަ ބޫޓު ކަމަށެވެ.

ކާންޔޭ ވެސްޓް މި ބޫޓު ފުރަތަމަ ލާފައި ވަނީ 2008 ވަނަ އަހަރު ބޭއްވި ގްރެމީސްގައި ތަމްސީލުކުރުމަށް އެރި ދުވަހުގައި އެވެ. މި ބޫޓުގެ ސައިޒަކީ ޔޫއެސް ސައިޒް 12، ޔޫކޭ 11 އެވެ.

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ މި ބޫޓު ގަނެފައި ވަނީ މިފަދަ އަގުބޮޑު ބޫޓުތައް ގަންނަ ކުންފުންޏެއް ކަމަށްވާ ރާރެސް އިންނެވެ. މި ބޫޓަކީ މިހާތަނަށް ސްނިކާސްގެ ބޫޓެއް ނީލަމުގައި އެންމެ ބޮޑު އަގުގައި ވިއްކުނު ބޫޓަށް ވާނެއެވެ.

ކެންޔޭ ވެސްޓުގެ މަންމަގެ މަރަށްފަހު މަސްތަކެއްފަހު 2008 ވަނަ އަހަރު ބޭއްވި ގްރެމީ އެވޯޑު ހަފްލާގައި ވެސްޓު އެންމެ ފަހުން މި ބޫޓު ލާފައިވާއިރު އެ އިވެންޓަކީ އޭނާ އަށް ވަރަށް ހަނދާނީ އިވެންޓެކެވެ.

ވެސްޓް 2013 ވަނަ އަހަރު ނައިކް އާއި އޮތް ޕާޓްނާޝިކް ހުއްޓާލާފައިވާއިރު އޭގެ ފަހުން އޭނާ ގުޅުނީ އެޑިޑާސް އާއި އެވެ.

ކިޔުންތެރިންގެ ހިޔާލު