އިންޑިއާގެ ކެރަލާ ސްޓޭޓްގައި ލޯބިން ގުޅިގެން އުޅުނު ދެ ބައިވެރިންގެ ކައިވެނި އަލަފުޒްހާ ހޮސްޕިޓަލުގައި ބާއްވައިފިއެވެ.

ހޮސްޕިޓަލުގައި ކައިވެނި ކުރަން މެދުވެރިވީ ކައިވެންޏަށް ތައްޔާރު ވެފައިވަނިކޮށް ފިރިހެން މީހާ ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުމުންނެވެ. ހޮސްޕިޓަލުގައި ކައިވެނި ކުރުމަށް ވުރެ މީހުންގެ ސަމާލުކަން ލިބުނީ ކައިވެނި ކުރެވުނު ވަގުތު އަންހެން މީހާ ލައިގެން ހުރި ހެދުމަށެވެ.

ހުރިހާ އަންހެނުންގެ ހުވަފެނަކީ ކައިވެނި ކުރާ ދުވަހު ރީތި ހެދުމެއް ލުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރަޖަސްތާނުގައި ބޭއްވުނު ކައިވެނީގެ ހަފްލާ

ހުރިހާ އަންހެން ކުދިންގެ ހުވަފެނަކީ ކައިވެނި ކުރާ ދުވަހު ޗާލު ވެޑިންގް ޑްރެސްއެއް ލުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއާ ހިލާފަށް ހޮސްޕިޓަލްގައި މި ކައިވެނީގެ ހަފްލާ ކުޑަ ގޮތަކަށް ބޭއްވި އިރު އަންހެން މީހާ ކައިވެނީގެ ހެދުމުގެ ބަދަލުގައި ލައިގެން ހުރީ ޕީޕީއީ ކިޓެކެވެ.

މިއީ އިންޑިއާގައި ޕީޕީއީ ކިޓުގައި ކައިވެނި ކުރި ދެ ވަނަ ފަހަރެެވެ. މީގެ ކުރިން ރަޖަސްތާނުގެ ދެލޯބިވެރިން ކައިވެންޏަށް ހުރިހާ ތައްޔާރީއެއްވެފައި ވަނިކޮށް އަންހެން މީހާ ކޮވިޑަށް ފައްސިވިއެވެ. އެހެން ކަމުން އެދެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ޕީޕީއީ ކިޓު ލައިގެންނެވެ. ހަފްލާގައި ބައިވެރިވި އާއިލާގެ މީހުންނާއި ހުރިހާ ބައިވެރިން ވެސް ތިބީ ޕީޕީއީ ކިޓުގައެވެ.

ރަޖަސްތާނުގައި ޕީޕީއީ ކިޓުގައި ބޭއްވި ކައިވެނީގެ ހަފްލާއަށް ފަހު އާއިލާގެ ބައެއް މެމްބަރުން ކޮވިޑަށް ފައްސިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު