ގެރި މަސް ކައްކައިނުދިނުމުން، ފިރިހެނަކު އޭނާގެ އަންހެނުން އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ވައްޓާލައި މަރާލައިފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ފީރޯޒުއާބާދުގައެވެ.

އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނާގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 3:30 ހާއިރުއެވެ.

ރިޕޯޓުތައް އިތުރަށް ބުނާގޮތުގައި އެންމެ ފުރަތަމަ ދަގަނޑު ހޮޅިބުރިއަކުން ޖެހުމަށްފަހު، އަންހެން މީހާވަނީ ހޭނައްތާލާފައެވެ. އަދި، އޭގެފަހުން މަތިން ވައްޓާލީ، އެއީ އެކްސިޑެންޓެއްކަމުގައި ދެއްކުމަށެވެ. އަދި، ވައްޓާލުމާއެކު އިމާރާތުގެ ތިރީގައި ލޭގެ ކޯރެއް ހެދުނެވެ.

އެންމެ ފުރަތަމަ، މި އަންހެން މީހާ ޓްރައުމާ ސެންޓަރަކަށް ގެންދެވުނެވެ. އޭރުވެސް، އެމީހާގެ ފުރާނަ ހުއްޓެވެ. އެހެންނަމަވެސް، ފަހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ފަރުވާ ދެމުން ދަނިކޮށް، އެމީހާވަނީ މަރުވެފައެވެ،

އިތުރަށް މައުލޫމާތު ލިބޭ ގޮތުގައި މި ފިރިހެން މީހާއަކީ ބަނގުރާބޮއި، ގިނައިން މަސްތުވެފައި ހުންނަ މީހެކެވެ. އަދި، މި ޢަމަލު ހިންގި ވަގުތުވެސް، އޭނާ ހުރީ މަސްތުވެގެންކަމަށް ބެލެވޭކަމަށް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.

މި ދެމީހުން ކައިވެނިކޮށްގެން އުޅޭތާ ފަސް އަހަރަށްވުރެ ގިނަ ވެފައިވާއިރު، އަންހެން މީހާގެ އުމުރަކީ 30 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު