25 އަހަރުގެ ޖަލު ހުކުމުއް ތަންފީޒު ކުރަމުން އަންނަ އިންޑިއާގެ އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ ގޭންގް ސްޓާރެެއްކަމަށްވާ އަބޫ ސަލަމްއަށް މުމްބާއި ޖަލުގައި ކާން ކުކުޅު ނުލިބޭތީ ޝަކުވާކޮށްފިއެވެ.

އޭނާއާ ބައްދަލުކުރަން އޮފިޝަލުންތަކެއް ޖަލަށް ދިޔުމުން އެ މީހުން ގާތުގައި އޭނާ ޝަކުވާ ކުރި އެއް މައްސަަލައަކީ އެއީއެވެ.

އެ އޮފިޝަލުންތައް ޖަލަށް ގޮސް ސަލީމްއަށް ބައްދަލުކޮށްފައި މިވަނީ ޖަލުގައި އޭނާ އުޅެން ޖެހޭ ހާލު ބަޔާންކޮށް ކުރިން ޝަކުވާކޮށްފައިވަނިކޮށެވެ، ސަލީމް ބުނާގޮތުގައި، މިހާރު އޭނާ ވަނީ ވެޖިޓޭރިއަންއަކަށް ހަދާފައެވެ.

ސަލީމްގެ ވަކީލުން ވެސް ބުނިގޮތުގައި، އެތަނުން ކާން ދޭ ތަކެތީގައި ކޮލެޓީއެއް ނުހުންނަ ކަމަށާއި، ކެއުންތައް ވަރަށް ސަކަރާތް ކަމަށެވެ. އަދި ސަލީމް ކާން ޖެހިފައި ވަނީ ވެޖިޓޭރިއަން ކާނާކަމަށްވެސް ސަލީމްގެ ވަކީލު ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރުން. ސަލީމް އޮންނަ ޖަލަށް އިރުގެ އަލިކަންވެސް ނުލިބޭ ކަމަށާއި، އަދި ފާހަނަ ކުޑަވެފައި ސާފްތާހިރު ނޫންކަމަށްވެސް ވަކީލު ވަނީ ބުނެފައެވެ. އަދި ސަލީމްގެ ފަޔަށާއި ލޮލަށްވެސް ގެއްލުންތަކެއް ލިބި މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އެކަމުގެ ޝަކުވާވެސްކޮށްފައިވާކަމަށާއި، ނަމަވެސް އެ ޖަލުގައި މަދު ގާޑުން ތިބޭތީ އޭނާއާއެކު ޑޮކްޓަރަށް ދާނެ ގާޑެއް ނެތްކަމަށް އެ ޖަލުން ބުނެފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ޖަލާއި ހަވާލުވެގެން ހުންނަ މީހާ ބުނިގޮތުގައި، އޭނާއަށް ހާއްސަކޮށް ކުކުޅު ކާން ނުދެވޭނެ ކަމަށާއި، ޑޮކްޓަރު ލަފާދީފިނަމަ، ކުކުޅު ބިސް އެ މީހަކަށް ލިބޭނެ ކަމަށެވެ. އަދި ޖަލުގައި ތިބޭ އެންމެންވެސް ތިބޭނީ ސަލީމް ހުރި ޖަލާއި އެއްގޮތް ގޮތަށް ހަދާފައިވާ ޖަލުތަކުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ސަލީމްއަކީ ބޮލީވުޑްގެ އެކްޓަރުންނަށްވެސް މަރުގެ އިންޒާރުދީ ކަންތައް ކުރާ ޑާވޫޑް އިބްރާހިމް ގޭންގްގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ އެއިރު އުޅުނީ އެއްތަނުން އަނެއްތަނަށް ހަތިޔާރު އުފުުލުމުގައެވެ. އޭނާއަކީ އެތައް ބައެއްގެ ގަޔަށް ބަޑި ޖަހާ އެކި ކަހަލަ ކުށްތަކަށް އަރާފައިވާ ގޭންގް ސްޓާޜެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭކް މީހުން

    ޢެހެންވީމަ ކުކުޅު މަހެއް ނޫން ތީނައަށް ކާންދޭންވީ، ރާކަނިމަސް ދޭންވީ.