ރާއްޖޭގެ އެންމެ ނަން މަޝްހޫރު މޮޑެލް ކައިޒީން މޮޑެލިން ދޫކޮށް ސިޔާސީ ދާއިރާ އަށް ނިކުންނަން ބޭނުންވާކަން ހާމަ ކޮށްފައިވާއިރު އެއާއި އެކު އިތުރު ހަބަރެއްވެސް ވަނީ ލިބިފައެވެ.

ކައިޒީން ސިންގަލް ނޫންކަން ޓީވީއެމްގެ ޕްރޮގްރާމަކަށް ދިން އިންޓަވިއު އެއްގައި ބުނަމުން އޭނާ އިތުރަށް ބުނީ މިހާރު އުޅެމުން އަންނަނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި ކަމަށެވެ.

އަލަށް މޮޑެލިން ފަށާ ކުދިންނަށް ފުރުސަތު ދީ، އަންހެނުން ބާރުވެރި ކުރުވުމުގެ މަގްސަދުގައި ސިޔާސީ ދާއިރާ އަށް ނިކުންނަން ގަސްތު ކޮށްފައިވާ ކައިޒީން އިތުރަށް ބުނެފައި ވަނީ އޭނާ އަށް އެންމެ ކަމުދާ ޝަހްސިއްޔަތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށާއި ޑޭޓަކަށް އެންމެ ދާން ބޭނުން ވަނީވެސް ރައީސް ސާލިހު އާއި ފަސްޓް ލޭޑީ ފަޒްނާ އާއި އެކު ކަމަށެވެ.

ކައިޒީން މިހެން ބުނުމުން ސިޔާސީ ދާއިރާގައި އޭނާ ފެނިގެން ދާނީ ވެރިކަން ކުރަމުން އަންނަ އެމްޑީޕީގެ ފަރާތުން ކަމުގައި މިހާރު ވަނީ ބެލެވެން ފަށާފައެވެ.

މޮޑެލިން ދޫކޮށްލާ ހަބަރާއި އެކު އެތައް ބަޔަކު މިހާރުވެސް މާޔޫސްވެފައި ތިބިކަން ހާމަކުރަމުން ގެންދާއިރު އަނެއް ބަޔަކު ދަނީ ކައިޒީން ސިޔާސީ ދާއިރާ އަށް ނިކުތުމުން ފާޑުކިޔަމުންނެވެ.

ކައިޒީން ސިޔާސީ ދާއިރާ އަށް ނިކުތް ނަމަވެސް ފިލްމުތަކާއި ލަވަތަކުން އޭނާ ފެނިދާނެކަމަށް ކައިޒީން ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކާޅު

    ބުރިޖް ހަލީފާ ސިޕް ގަ

    43
    1
  2. މަތ7

    ޔޫތު މިނިސްޓަރު ކަމަށް

    34
    2
    • ސަދޫ

      ރަގަނޅު ވާހަކައެއް ކޮންމެވެސް މަގާމެއްގެ ބޭނުމުގައި ލާރިއާ ހެދި ކޮންމެކަމެއްވެސް ތީނަ ކޮށްފާނެ...ގިނައިންލިބޭ ކޮޅަކަށް ދާނީ

      30
      1
  3. އަނީލް އާދަމް

    ފަސްޓުލޭޑީކަމަށްތަ ތިކުރިމަތިލަނީ

    35
  4. ދޮންބެއްޔާ

    ފަޒޫ ބުނީ ސޮރީ އޯ؟ މިދޭތެރެއަށް ވެންޓިލޭޓެރައްވެސް
    ކުޑަވެސް ޖާގައެއް ނެތޯ؟

    50
    1
  5. އުގުރި

    ހެޔޮ ވިސްނުން ދެއްވާށި އާމީން.

    41
    1
  6. އަހުސަން

    ލާރިއާ ހެދި މޮޔަވެފަވާ އަންހެނެއް...ޑޭޓްކުރަމުންނޯ؟
    ކާކާ؟ ކަލެއަށް ޑޭޓްވާނީ ލާރިއާ

    36
    2
  7. Anonymous

    މމމޮޑެލް މިނިސްޓަރުގެ މަށްދޯ އަންނަނީ

  8. ވިސްނާލާ..

    މިގައުމު މިވަނީ ހަލާކު. މަގާމު ތަކަށް އެކަށީގެންނުވާ މީހުން. ފިތުނަ ފަސާދަ މެކުހައް.

  9. ކައުންސެލަރު 🙌

    ދެބޯގަމާރު

  10. Anonymous

    މަޖިލީހަށް ދާނީ އޮރިޔާން ނިވާކޮއްގެން.