މިއަހަރުގެ އެންމެ ފުރަތަމަ ސުޕާ ”ޕިންކް މޫން“ މިރޭ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންނާނެއެވެ.

ސުޕާ މޫން އޭ ބުނެވޭ ބަހުގެ މާނަ އަކީ އަހަރެއްގެ ތެރޭގައި ދުނިޔެ އާއި އެންމެ ކައިރިން ހަނދު ފެނުމެވެ. ސުޕާ މޫން އެއްގައި އަހަރެމެންނަށް އާއްމުކޮށް ހަނދު ފެންނަ ވަރަށް ވުރެން ބޮޑަށް ފެންނާނެއެވެ.

ދެން ”ޕިންކް މޫން“ އަކީ ކޮބައިތޯ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. ޕިންކް މޫން އަކީ އެމެރިކާގެ އިހުގެ ގަބީލާތަކުގެ މީހުން ހަނދުގެ މޫސުންތަކަށް ނަން ބެހިއިރު ދީފައިވާ ނަންތަކުގެ ތެރެއިން ނަމަކެވެ. އެމެރިކާގައި މި ހަނދު އައުމަށް ފަހުގައި ފިޔާތޮށި ކުލައިގެ މަލެއް އަޅަން ފަޅާކަމުން މި ހަނދަށް ނަން ދިނީ ފިޔާތޮށި ކުލައާއި ގުޅުވާފައެވެ. ސުޕާ ޕިންކް މޫނެއްގައި ހަނދު ފިޔާތޮށި ކުލައިން ނުފެނުނު ނަމަވެސް އެއީ ބަލާލަން ރީތި މަންޒަރަކަށް ވާނެއެވެ.

މިފަދަ ސުޕާ ޕިންކް ހަނދު ފެންނަ ރޭ ތަކަކީ އާއްމުކޮށް ލޯބިވެރިން އެކުގައި ހަނދުގެ ހިތްގައިމު މަންޒަރު ބަލައިލާ، ޑޭޓުތަކަށް ދާ ރޭ ރެއަށްވެފައި، ބައެއް މީހުން މިފަދަ ދުވަސްތަކާއި ދިމާކޮށް ލޯބި ހުށަހަޅައިވެސް އުޅެއެވެ.

މިރޭގެ ޕިންކް މޫން އެންމެ އަލިގަދަކޮށް އަދި އެންމެ ކައިރިން ފެންނާނީ މިރެއެވެ. މިރޭގެ ހަނދު ފެންނަން ހުންނާނީ ދުނިޔެ އާއި 222,064 މޭލު ދުރުންނެވެ. އަވަހަށް މިރޭގެ ސުޕާ ޕިންކް މޫން ބަލަން ދާން ރެޑީ ވާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ރައީސް ޔާމީނު އަދި މިގައުމުގަ ވެރިކަން ކުރާނެ ކަމައް ހަނދުން އެބުނަނީ. ޕީޕީއެމް ކުލަ ގަދަވާނެ ކަމައް.

    22
    17
    • Anonymous

      ސިޔާސި ވެގެން ގޮއްސަ ޝިރުކު ކުރާ ވަރަށް ތި ދަނީ

      15
      3
  2. މީހާ

    ހަބަރު ކިއާ ނިމުނުއިރުވެސް އެ ހަނދު ފެންނަން ހުންނަ ގަޑި ނެތް ހަބަރަކު

    24
    1