ލޯތްބަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކަން ޔަގީނެވެ. ދިިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް މީހަކު ދެކެ ލޯބިވާނެއެވެ. ލޯބި ވާން ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް އެއީ އިންސާނާގެ ހިތުގައި އެއްވެސް އިޚްތިޔާރާ ނުލައި އުފެދޭ ވަރުގަދަ ޖަޒްބާތެކެވެ. މި ޖަޒުބާތުތަގައި ޖެހި ކުރެވުނު ދަތުރުގެ ސަފްހާތައް މިފަހަރު މި ކިޔާދެނީ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ.

ފުރަތަމަ ކައިވެނި

އެއީ މުހައްމަދުގެ ޅަ ދުވަސްވަރެވެ. އޭރު އޭނާގެ އުމުރުން އެންމެ 11 އަހަރުއެވެ. ކިޔަވަމުން ގެންދެވީ ހޯރަފުށީ ސްކޫލްގައެވެ. ކޮންމެ ހަފްތާގެ ބަންދު ދެދުވަހު އޭނާގެ މަންމަ ކައިރިއަށް ބެރިންމަދޫއަށް ދެއެވެ. މިއީ ބެރިންމަދޫ ރަށްވެހިން ހޯރަފުއްޓަށް ބަދަލުކުރުމުގެ ކުރީގެ ވާހަކައެވެ. އޭރު އޮންނަ ގޮތުން ހަފްތާގެ ބަންދު ދެދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ބުރާސްފަތި އަދި ހުކުރު ދުވަހެވެ. ކޮންމެ ބުދަ ދުވަހު ސްކޫލް ނިންމާލުމަށްފަހު މަންމަ ކައިރިއަށް ދިއުމަށް ބެރިންމަދޫއަށް ފުރައެވެ. އެ ރަށަށް އޭނާ ދަނީ ރިޔާ ދޯންޏެއްގައެވެ. ގަޑިއިރެއްގެ ތެރޭގައި ރަށުގެ ދޮންވެލި ގަނޑަށް ދޯނި ބީއްސާލައެވެ. މިހެން ކޮންމެ ހަފްތާއަކު ބަންދު ދެދުވަހު ބެރިންމަދޫއަށް ކުރި ދަތުރުތަކުގެ ތެރެއިން މުހައްމަދުގެ އަތުގައި ހިފީ އެރަށު ކަތީބުގެ ދަރިއެވެ. އެކުއްޖާއާއި ދެމެދުގައި ގާތް ގުޅުމެއް އުފެދި އެ ގުޅުން އަހަރެއް އަހަރަކަށް ވުރެ ވަރުގަދަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރަށްޓެހި ރަހްމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ބަދަލުވެ، ލޯބީގެ ގުޅުމަށް ބަދަލުވިއެވެ.

ހއ. ހޯރަފުށީގެ ކުރީގެ މެމްބަރ މުހައްމަދު އިސްމާއިލް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މުހައްމަދުގެ އަތުގައި ހިފި އެންމެ ފުރަތަމަ ގުމްރީއަކީ ބެރިންމަދޫގައި އޭރު ހުރި އެންމެ ރީތި ރާނީ ކަމުގައި އޭނާ ވިދާޅުވިއެވެ. އެރާނީގެ ރީތިކަން ފުރިހަމަ ވަނީ އެ ޗާލު އިސްތަށިގަނޑުގެ ސަބަބުން ކަމަށާއި، އެއީ އެ ފަންމިނި ޕާރީއާއި ހިތްދެވުނު ސަބަބުކަން ފާހަގަކުރެއްވިއެވެ. މުހައްމަދު އެރާނީ ސިފަކޮށްދިނީ މަޑުމައިތިރި މިޖާޒެއްގެ ކުއްޖެއްގެ ގޮތުގައެވެ.

"ބެރިންމަދޫގެ ނިސްބަތުން އަޅުގަނޑުގެ ކުރީގެ އަތްބަކީ އެރަށުގެ އެންމެ ރީތި އެކަކޭވެސް ބުނެވިދާނެ. އެއީ ގަޔާވެވުނު އެއް ސިފަ. އަނެއް ސިފައަކީ ވަރަށް މަޑުމައިތިރި އަހްލާގް ރަނގަޅު، އަދި އަޅުގަނޑު ގަބޫލުކުރާކަހަލަ ސިފަތަކެއް ވަރަށް ބޮޑަށް ހުރުން. އަޅުގަނޑަށް އެންމެ ބޮޑަށް އަޅައިގަތީ ވަރަށް ރީތި އިސްތަށިގަނޑެއް އޮންނަކަން. ދެން ވަރަށް ކެއަރިންގް ވާނެ. ވަރަށް ރަނގަޅު ވާނެ. ވަރަށް އިހްތިރާމް ކުރާނެ އަޅުގަނޑަށް. މީގެ ތެރެއިން އަސްލު އަލުގަނޑުމެން ދެމީހުންގެ މެދުގައި ލޯބި އުފެދިގެން އައި" މުހައްމަދު އިސްމާއިިލް ކިޔައިދިނެވެ.

މުހައްމަދުގެ ހިތުގައި އުފެދުނު ޖަޒްބާތުތައް ފާޅުކޮށްގެން އެ ގުމްރީ ކާމިޔާބުވީ 101 ވަނަ ފަހަރަށް ރައްޓިހިވަން އަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ރަށްޓެހިވެގެން އުޅުމަށްފަހު ކައިވެނީގެ ގޮށްޖަހާލީ މުހައްމަދުގެ އުމުރުން އެންމެ 21 އަހަރުގައެވެ. ލޯބީގެ އެ ދިގު ދަތުރަށް ލަސްތަކެއް ނުވެ ދަރިއެއް ލިބުނެވެ. އެހެންނަމަވެސް އެ އުފާވެރިކަން ފަނޑުވެގެން ދިޔައީ ހީކުރި ގޮތާއި ހިލާފަށެވެ.

ކައިވެންޏަށް ތިން އަހަރު ފުރެން ކައިރިވެފައި ވަނިކޮށް ދެމީހުންގެ މެދުގައި އެކި މައްސަލަތައް ޖެހެންފެށިއެވެ. ކުދިކުދި ކަންކަމުގައި ދެބަސްވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނަ ދުވަހެއް ނުވަނީސް ވަރިފަށަށް އެރިއެވެ. އަދި އެ ކައިވެނި ރޫޅިގެން ދިޔައެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި ކައިވެނި ރޫޅެން މެދުވެރިވީ އޭނާގެ ސަބަބުންނެވެ. އެކަން ވިސްނުމުން ދެވަނަ ފަހަރަށް ކައިވެނި ކުރަން މަސައްކަތް ކުރި ނަމަވެސް އެހިސާބުން އެގުޅުން ޖެހުނީ ނިންމާލާށެވެ. އެހެންނަމަވެސް މިހާރުވެސް އެދެމެދުގައި ގުޅުން ރަނގަޅު ކަމަށާއި، ވާހަކަދައްކާ އުޅޭކަން ފާހަގަކުރެއްވިއެވެ. އެބަނޑަށް ލިބުނު ފިރިހެން ދަރިފުޅަށް މިހާރު 23 އަހަރެެވެ. އޭނާ ދަނީ ޗެކް ރިޕަބްލިކްގައި ޕައިލެޓް ކޯސް ހަދަމުންނެވެ.

މުހައްމަދު އިސްމާއިލް - ފޮޓޯ: އަވަސް
މުހައްމަދު އިސްމާއިލް - ފޮޓޯ: އަވަސް

ދެވަނަ ކައިވެނި

އަލަތު ކައިވެނި ރޫޅުނުތާ 4 އަހަރު ފަހުން މުހައްމަދު ދެވަނަ ކައިވެންޏެއް ކުރަން ނިންމިއެވެ. މިފަހަރު ކައިވެނި ކުރީ ރަށު ކުއްޖަކާއެވެ. މުހައްމަދުގެ އަވަށްޓެރިއަކާއެވެ. އެ ޒުވާނާއާއި އެކު ދެމަހެއްހާ ދުވަހު އުޅުމަށްފަހު އިންނަން އެހުމުން ވަގުތުން ގަބޫލުވިއެވެ. އެއީ ހޯރަފުށީ ސްކޫލްގައި ކިޔަވައިއިދެމުން ދިޔަ ޓީޗަރެކެވެ. ކައިވެނީގެ ގޮތުން ގޮށްޖަހާލުމަށްފަހު ޓީޗިންގް ދާއިރާއިން ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް ހެދުމަށް އަންހެނުންނާއި އެކު މުހައްމަދު މާލެ ބަދަލުވިއެވެ. މާލެ ބަދަލުވުމާއި އެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުހައްދުއަށް މިފަހަރު ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ލޯބިން އެކުގައި އުޅުމަށް ދެކުނު ހުވަފެންތައް ފަނޑުވެގެން ދިޔައެވެ. އަދި ލިބުނު ހަބަރަކާއި އެކު އަންހެންނަށް ކުރި އިތުބާރު ގެއްލިގެން ދިޔައެވެ.

މުހައްމަދު ވިދާޅުވީ ފުރަތަމަ މައްސަލަ ޖެހުނީ އަނބިމހާ އޭނާ ކައިރީ ދޮގު ހެދުމުން ކަމަށެވެ. އެދޮގާއި ހަމައިން ޖެހުނު މައްސަލަ އާއި ގެއްލުނު އިތުބާރު ފަހުން ކުރިން އޮތް ހާލަތަކަށް ނުގެންދެވުނެވެ.

މުހައްމަދު ވިދާޅުވީ ކައިވެނި ނިމުމަކަށް ގެނެއުމުގެ ވިސްނުމުގައި ހުއްޓާ އަންހެނުން ބަނޑުބޮނޑުކަން އެނގުނު ކަމަށެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް ނިކަމެތިކަމެއް ނުދިނުމަށް ﷲ އަށް ވަކީލުކޮށްލައިގެން ދުވަސްތައް ގުނަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުން ވިހަން ކައިރިވެފައި ވަނިކޮށް އަނބިމީހާއާއި އެކު މުހައްމަދު ރަަށަށް ދިޔައެވެ. ނަމަވެސް އަންނަންއޮތް އެ އުފާވެރިކަން ވެއްޔާ މޮޑެވިގެން ދިޔައީ އަނބިމީހާ ވިހަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކަމަށް މުހައްމަދު ކިޔައިދިނީ އަސަރުން ފުރިގެން ވާ ހާލުގައެވެ.

"އަޅުގަނޑު ރައްޔިތުންގެ ކޮންމެވެސް މަސައްކަތެއްގައި އުޅެނިކޮށް ކޮއްކޮއެއް އައިސްފަ ބުނީ ދައްތަ ބަނޑުގަ ރިއްސާތީ އުޅޭއޭ އަވަހަށް އަންނާށޭ. އަޅުގަނޑު ދިޔައިރު އަންހެނުން ސިއްހީ މަރުކަޒުގައި. ވަގުތުން އަންހެނުން ގޮވައިގެން ކުޅުދުއްފުއްޓަށް ފުރީ. އޭރު ހޮސްޕިޓަލް ހުންނާނީ ކުޅުދުއްފުށީގައި. އެރަަށަށް ނުދެވެނީސް ކަނޑުަތީގައި ދަރިފުޅު ބަނޑަށް ނިޔާވީ" މުހައްމަދު ކިޔައިދިނެވެ.

މި ހާދިސާއަށްފަހު އަންހެނުން ގަދަވެ، ހަމައަކަށް އެޅުވުމަށް ދުވަސްކޮޅަކު އެކުގައި އުޅުމަށްފަހު ދެވަނަ ކައިވެނިވެސް ރޫޅާލީ ކަމަށް މުހައްމަދު ކިޔައިދިނެވެ. އެ ކައިވެނި ރޫޅާލީ އަންހެނުންނަށް އިތުބާރު ނުކުރެވޭ ކަންކަން ތަކުރާރުވާން ފެށުމުންނެވެ.

ތިންވަނަ ކައިވެނި

ދެވަނަ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ތިންވަނަ ކައިވެންޏެއް ފެއްޓެވިފައެވެ. މިފަހަރު އަތުގައި ހިފި ގުމްރީއަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި ރާނީ ކަމުގައި ސިފަކުރިއެވެ. މިހާރުގެ އަނބިކަނބަލުން މުހައްމަދު ލޯބިން ކިޔައި އުޅެނީ "ރޯޒް" އެވެ. ރޯޒް އާއި އެކު 16 އަހަރު ހޭދަކުރިއިރު، އެ ޖާދޫވި ޕާރީއާއި ދިމާވީ ދެވަނަ ކައިވެނި ރޫޅިގެން މާލެ އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މުހައްމަދުއަށް އެންމެ ފުރަތަމަ ރޯޒް ފެނުނީ ކާނިވާގައި ކުރިން ހަދާފައި ހުންނަ ލިލީ ކެފޭއިންނެވެ. އޭރު އޭނާއަކީ އެ ކެފޭގެ މެނޭޖަރެވެ. އެރެއަކީ އިންޑިއާގެ މަޝްހޫރު ތަރިންތަކެއް ރާއްޖެ އައިސްގެން އުޅުނު ރެއެއް ކަމަށް މުހައްމަދު ކިޔައިދިނެވެ. އެދުވަހުގެ ފަހުން ރޯޒްއާއި އޭނާގެ އެކުވެރިން އާންމުކޮށް ކެފޭއިން ފެންނަ ކަމަށްވެއެވެ. އެގޮތަށް ދެކެ ފަރިތަވެ، މުހައްމަދުއާއި ރޯޒްއާއި ދެމެދު އެކުވެރިކަން އުފެދިގެން ދިޔައެވެ.

"އޭރު ރޯޒް ވަޒީފާ އަދާކުރަމުން ދިޔައީ އެސްޓީއޯގަ. ގައުމީ ވޮލީ ޓީމު ސެޓަރަކަށް އޭރު އުޅެނީ. ވޮލީ ކްރައުޑްއާއި އެއްކޮށް އެތަނަށް ކޮފީބޯން ގޮސްގޮސް ރަށްޓެހިވީ. ދެކިފަރިތަވެ ވާހަކަދައްކަން ފެށުނީ އިންޑިއާގެ ފިލްމުސްޓާރުންތަކެއް ރާއްޖެ އައިސްގެން ޝޯދޭން އުޅުނު ރެއަކު ސްޓޭޖާއި އެންމެ ކައިރީ އިން މޭޒު ބުކް ކުރަން ގުޅީމަ." މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި އެރޭގެ ފަހުން ދެމީހުން ވަރަށް ބޮޑަށް ގާތްވިއެވެ. މުހައްމަދަށް ކަމުދާ ސިފަތަކެއް ރޯޒްގެ ކިބައިގައި ހުރުމުން އެ ފަންމިނި ޕަރީދެކެ "ލައިކްވާ ވާހަކަ" ލަސްނުކޮށް ބުނި ކަމަށްވެއެވެ. ހިތުގެ ޖަޒުބާތުތައް ބަންޑުން ކޮށްލުމުންވެސް ރޯޒް މާ ބޮޑު ޝައުގުވެރިކަމެއް އެންމެ ފުރަަތަމަކޮޅު ދީފައި ނުވާ ކަމަށް މުހައްމަދު ކިޔައިދިނެވެ. ރަށްޓެހިވަން އެހުމުން އެކަމާ ވިސްނާނެ ކަމަށް އެެރޭ ރޯޒް ބުނެފައިވެއެވެ.

މިފަހަރު މުހައްދަަށް ހަމަ ހަގީގަތުގައިވެސް ލޯބި ވެވުނު ކަމަށް ވެއެވެ. ޑިއުޓީ ގަޑި ނޫން ވަގުތުތަކުގައިވެސް ރޯޒް ކެފޭއަށް އާދޭތޯ ބެލުމަށް އަންނަ ކަމަށް އޭނާ ކިޔައިދިނެވެ. އެހެން ދުވަސްތައް ހޭދަކުރަމުން ގޮސް ދެމަހެއްހާ ދުވަސްފަހުން ރޯޒްއާއި ދިމާވުމުން "އަދިވެސް ވިސްނާ ނުނިމެނީތޯ" ސުވާލު ކުރިއެވެ. އެދުވަހު މުހައްމަދުގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ ރޯޒްގެ ދުލުން ބޭރުވި ބަސްތަކުންނެވެ. މުހައްމަދުއާއި އެއްކޮށް އުޅުމަށް ރޯޒް އެއްބަސްވުމުންނެވެ.

ރޯޒްއާއި ރައްޓެހިވެގެން ހޭދަވި ދުވަސްތައް ކިޔައިދެމުން މުހައްމަދު ވިދާޅުވީ ރޯޒްގެ ފަރާތުން ލިބުނު ލޯތްބަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް އިހުސާސްކުރެވުނު ޖަޒުބާތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ނިދާފައި އޮއްވަ ހެނދުނު އެބަ އާދޭ އަޅުގަނޑަށް ގޮވަން ހިނގާފައި އަޅުގަނޑުމެން ގެއަށް. އަނެއްކާ ކޮންމެ ހަފްތާއަކު އެއްފަހަރު އެގެއަށްވެސް އެބަގެންދޭ އާއިލާއާއި ބައްދަލުކުރަން. މިހިސާބުން އެނގިއްޖެ ރޯޒްގެ ތަފާތު އެހެން އެންމެންނާ" މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އެކުގައި ހަ މަސްދުވަހު އުޅުމަށްފަހު ކައިވެނި ކުރަން ނިންމި ކަމަށެވެ. ކައިވެނީގެ ވަލީމާ ވަރަށް ބޮޑުކޮށް ބޭއްވިކަން ފާޙަގަކުރެއްވިއެވެ. މުހައްމަދު ވިދާޅުވި ގޮތުގައި އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ހުރީ ރޯޒްއެވެ. ދިމާވާ ކޮންމެ ހިތާމައެއްގައި ބައިވެރިވެ، ވެއްޓޭ ކޮންމެ އަޑިގަނޑަކުން ނަނގާ ކޮޅަށް ޖަހާފައި ވަނީ އޭނާ މިހާރު އިނދެގެން އުޅޭ އަނބިމީހާ ކަން ފާހައްކުރެއެވެ.

މުހައްމަދު ވިދާޅުވާ ގޮތުގައި މިހާރު އޭނާގެ އަނބިމީހާ އަކީ ހަގީގީ ލޯބި އޭނާއަށް ދަސްކޮށްދެއްވި ބައިވެރިޔާއެވެ. އަދި މުހައްމަދު އިތުރު ކައިވެންޏެއް ކުރައްވަން ވެސް މުހައްމަދުގެ އަނބިކަނބަލުންގެ ރުހުން އެބައޮތެވެ. އެހެންކަމުން މުހައްމަދު ދެއަނތްބަށް ކައިވެންޏެއް ކުރެއްވުން އެއީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

މިދިޔަ މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއާއި އެކު ސިޔާސީ މަޝްރަހުން މުހައްމަދުގެ އަޑު ވަރަށް ބޮޑަށް ފަނޑުވެގެން ދިޔައެވެ. އެހެން ނަމަވެސް މިހާރު މުހައްމަދު ދަނީ އޭނާ ނިސްބަތްވާ ޕީޕީއެމް ޕީއެންސީ ކޯލީޝަންގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގެ ކޮމިޓީގެ ޗެއާކަން ކުރައްވަމުންނެވެ. މެދުކެނޑުމަށްފަހު ސިޔާސީ ދާއިރާއަށް ނިކުންނަށް ބާރުއެޅީ ރޯޒް ކަން މުހައްމަދު ފާހަގަކުރިއެވެ. މުހައްމަދު ވިދާޅުވީ ހަގީގީ ލޯބީގެ ފޮނި މީރުކަން އޭނާއަށް އިހުސާސްކުރެވުނީ ތިންވަނަ ކައިވެންޏާއި އެކުގައި ކަމަށެވެ. ރޯޒް ކަހަލަ އަންބެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބީރުމީހާ

    ރޯޒްވެސް ދީނަށްހުރުމަތްތެތިކޮން ހެދުންއެޅުމަށް ނަސޭހަތްތެތިވަން

    104
    3
    • ޒައިކް

      ލާރި ގޯންޏަކާއެކު ނޫންތަ ނިމުނީ؟؟ ދީނަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދެވޭތަ ރައްބެއް ރަސޫލެއް ނޭނގޭ މީހުންނަށް؟

      43
      6
  2. ނިހާން

    އިސް ލާމް ދީނޭ ކިޔައިގެން އަބަދު ވާހަކަ ދައްކާ މީހަަގެ އަނބި މީހާ ހުރި ގޮއި ބަ ލާލާލލ

    90
    9
  3. Fankަ

    ކާމިޔާބު ފިރިހެނުންނަކީ ގިނަ އަންހެނުނާއި އިދެ ވަރިކުރާ ބައެއް ނޫނެވެ.
    ގިނަ އަންހެނުންނާއި 1 ނުވަތަ 4 ހަމަކޮށް އެ ކައިވެނިތަކުގައި ދެމިތިބޭ ފިރިހެނުުންނެވެ..

    68
    8
  4. ކޮތަރު

    ކުރީގެ އަންބެއްގެ ގޯސް ވާހަކަ މިހާ ޢާއްމުކޮށް ދެއްކީމަ ކަމަކުނުދޭ. ފުރަތަމަ އަނބިމީހާގެ ވާހަކައާއި އެއްކަހަލަ ގޮތަކަށް ކިޔާލަ ދިންނަމަ ވަރަށް ރަނގަޅުވީސް. މިހާރު ތިޔަ ހޭދަކުރަމުންދާ 16 އަހަރު ވެފައިވާ ކާވެނީގައި ތިޔަ އުފާވެރިކަމާއިއެކު އަބަދުމެ ލެހެއްޓެވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އާމީން.

    95
    10
  5. މާނިއު

    މިހާރު އޭނަވަރިކޮއްފަ ހުރިވާހަކަ ނާދޭ

    50
    4
  6. ޙަކީމު

    ކައިވެނިކޮށް ވަރިކުރުމަށް ފަހުވެސް ދެމަފިރިންގެ ގުޅުން ނިމުމަށް ދިމާވި މައްސްލަކަމަށްބުނެ އަނެކާ ހިތްދަތިވާ ނުވަތަ އޭރު އޮތް ދެމަފިރިންގެ ގުޅުމުގެ ވާހަކަ ހާމަކޮށް ވާހަކަ ދެއްކުމަކީ ދީނުގަ ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ކަމެއް. ދެމަފިރިންގެ ގުޅުމަކީ މަތިވެރި މާތް ގުޅުމެއް އެގުޅުން ކޮންމެ ގޮތަކަށް ނިމިދިޔަކަމުގައި ވީނަމަވެސް އެއީ އަމާނާތެއް. އަނެކާގެ ސިއްރެއް. ޢަދި ހާއްސްކޮށް ނަމާއި ވަޒީފާ އަދި ރަށްވެސް ބަޔާންކޮށް ލިޔުން ގެނެސްފަ އޮތުމަކީ އަންހެނެއްގެ ކަރާމާތަށް އަރައިގަތުން.

    88
    5
  7. ރަދީފުލް ކުމާރު

    މޯޑު ހާދަ ކާމިޔާބޭ.

    24
    16
  8. ސސ

    މުހައްމަދު އިސްމާއީލް ގެ ވާހަކަ ވަރަށް ރަގަޅު ކާމިޔާބީ އާއި ހަމަޔަށް ދެވެންދެން މަސައްކަތް ކުރަންވާނެ މާޔޫސް ނުވެ، އަޑިގުޑަނަކަށް ފަހު އުސްގަޑެއް އަންނާނެ ކަން ޤަބޫލު ކުރަންވާނެ، އެއީ މުހައްމަދު އިސްމާއީލް ގެ ހަޔާތުން ވެސް ފެންނަމުންދާ މަންޒަރަކީ، މުހައްމަދަށް ފަހި ދުވަސް ތަކަށް އެދެން !

    21
    9
  9. ވ ގ 13

    އޭގެ ފަހުންތަ ގެރިބޯ ކިޔަނީ

    26
    5
  10. މަނީމަނީ

    އެއީ އެގޯނިހިފައިގެން ދުވިމީހާ ހާދަވައްތަރު މީހެކޭ

    32
    2
  11. ޕިޔާ ރު ކޭ ދޯ ޕަލް

    މި މީހާ އުޅޭ ގޮތުން ހީ އެއް ނުވޭ އެކަކާއި އެއްކޮށް އަދި ވެސް ލޯއްބާއި އެކު އުޅެވޭނެ ހެން

    35
    6
  12. ަސަލާން

    މުހައްމަދު ވަރަށް ވިޔާނުދާ ވާހަކަތަކެއް ތިޔަދެއްކީ. އަނބިންގެ ގޯސްކަން. މިހާރުގެ ފަތްމިނި އިސްލާމް ދީނާ އެއްގޮތަށް އަމަލުތައް ބަހައްޓަވާ. ނަސޭހަތްތެރިވޭ

    55
    3
  13. ހަގަންބެ

    ހަގީގީ ލޯބިލިބުނީ ފައިސާގޯނި ލިބުނު ހިސާބުން އެއީ އަދީބު ދެއްވި ލޯތްބެއް

    38
    7
  14. ދެވަނަ އަނބީގެ ގާތް ރައްޓެއްސެއް

    މީހުންގެ ޒާތީ މައުލޫމާތު ތިގޮތަށް އާންމުކުރުމަކީ ގޯހެއް. އޭނެގެ ކުރީގެ ދެ އަނބިންނާއި އެމީހުންގެ ފިރިންނާއި ދަރިންނާއި އެމީބުންގެ އާއިލާގެ އަގު ތިވައްޓާލީ.

    38
    3
  15. ތެދު

    ދަތުރު ނިމޭނީ ތިބޭފުލާ އަވަހާރަވީމަ .
    ތިބޭފުޅާއައްޗެސް ނޭގޭނެ އަދި ތިބޭފުޅާ ކައިވެނި ކުރާނީ ކިތައްމީހުނާ ކަމެއް .އަދި ކިހިނެއް އިގޭނީ ރޯޒުގެ ތަގުދީރުވެސް.
    ހާލަތަކީ އަބަދުވެސް ބަދަލުވާއެއްޗެއް
    ކިހިނެއް އިގެނީ ދެވަނަ އަބިމީހާއަކީ ތެދުވެރި މުއުމިނެއްނޫންކަމެއް
    އޭނާއައް ހެޔޮލަފާ ޞާލިހު ފިރިހެނެއް ދެއްވަން ތިބާކައިރީން ދުރުކުރެއްވީ ނޫންކަމެއްވެސް ކިހިނެއްއިގެނީ.

    39
    2
  16. މީމާލެ

    ބެގީ ކޮށްފަ ހުދުގަމީސް ލާފަ ހުއްޓަސްވެސް ފައިސާގޯނިގޯނީގައި ބެހިވާހަކަ ދިވެހިން ހަނދާން ނުނެތޭނެ. އިނގޭ...

    41
    4
  17. ރިފާއު

    އަހަރެންނަކީ ހޯރަފުށީ މީހެއް، މުހައްމަދު ދެވަނައަށް ކައިވެނި ކުރިމީހާ ވަރަށް ރަނގަޅަށް ދަންނަން. މުޙައްމަދު އާއި ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް. އޭނަޔަކީ އެހާ އަޚްލާޤް ގޯސްކުއްޖެއްނޫން. އޭނަގެ އަގުވައްޓާލަން ތިކަހަލަ ހަޑިހުތުރު ވާހަކަތައް ނުދެއްކުމަށް ގޮވާލަން

    41
    6
  18. ކަލޯ ގެއާ

    ކިހާ ހަޑި އޭނާގެ އަންހެނުން އެގޮތައްހުރީމަ

    26
    5
  19. މައްލާ ނާބެ

    ނާބެ ގެ ބޯއި. މަޖިލިސސްގައި ހުރިއިރުވެސް ދިރިއުޅުނީ ނާބެ ކުލި ދެއްކި ތަނެއްގައި. ފައިސާ ގޯނީގެ ވާހަކަ އަހާނެ. އަރައި ހަމަ ކުރާނެ

    20
    2
  20. ސުވި ޓީ

    ހޫނ! މީނަ މީ ލޯބި ދަންނަ މީހެއްތަ

    20
    1
  21. ވަށަފަރު މުދިމު

    ކޮބާލާރި ގޯނި ކަންތައް މީނަގެ މައްސަލަ ބެލުން އަވަސް ކުރަން ގޮވާލަން

    19
    2
  22. ﷲގެ އަޅާ

    އު ފަލަކީ ﷲއަށް ބިރުވެތިވާ ދެދުނިޔެ ހޯދުމަށް މަސައްކަތް ކުރާ ބައިވެރިއަކު ލިބުން . ފޮޓޯ ބަލާ ފަ އިނގޭ ހަގީގީ އު ފާ އަދި އެކްސްޕީރިއެންސް ނުކުރެވޭކަން. އަންހެނުން މުސްކުޅި ވީ އިރުވެސް އައުރަ ނިވާ ނުކުރޭ.
    ދުވަހަކުވެސް ދެމަ ފިރިން އެއްކޮށް ނަމާދެއް ކޮއްލިންތަ ؟

    21
    3
  23. ޝަޖުނާ

    ކޮބާ މަރިޔަން ކިޔާ މީހަކާ ވެސް މީނަ އިން އޭނަގެ ވާހަކަ ކީއްވެބާ ނުބުނީ

    20
  24. ބޮކި

    ހަގީގީ ލޯބި ލިބުނީ ފައިސާ ގޯނިންދޯ ؟

    14
  25. ދޭވީ

    ހެލޯ ވަރަށް ކަޑަ ގެރިލޯބިލޯބިދަންނަނަމަ މީޑިއާއަކަށް. ޢާއިލީ ގުޅުން ހިއްސާ އެއްނުކުރިސް އަދި ވަފާތެރިވާން އެގުނު ނަމަ ދިރި އުޅުނީހީ އެންމެ އަންހެނަކާއެކު

    14
  26. ބޭބީ

    ހަޤީގަތް އެނގޭތީ ކިޔާފަ ލަދުގަނޭ.
    ނޫންތަ އަޅެ ރޯޒް؟
    ދެ ދުނިޔެ ހޯދަން މަސައްކަތް ކުރޭ.

    ވަރައް ސަލާމް

  27. އަރުޝަދު

    މިކަހަލަ ވާހަކަ ޝެއަރ ކުރުމަކީ އެސްފީނައާ ހަސަދަވެރިންގެ ނުބައިކަން އެމީހަކަށް ޖެހިދާ ކަމެއް. ތިޔަ ހަޤީޤީ ލޯބި ހަމަ އެކަނި އަނބިމީހަށް ދައްކާ. އަދި މާތްﷲ އަށް ޝުކުރު ކުރޭ!

  28. ތަޢުފީޤް

    ރަގަޅު މުޙައްމަދު! ގެރިބޯގެ މިސާލު ނަގައިގެން ހުވަރަފުށީ ސަލީމު ވެސް 3 ވަނަ ކައިވެނި މިކުރީ އުތަ؟ ސިޔާސީ މަސްރަހުގައި އެކަކު ކައިރިރިން އަނެކަކު ކޮޕީ ކުރާ މަންޒަރު މިލިޔުމުން ބޮޑަށް ދޭހަވަނީ. އަންނަ އިންތިހާބުގައި މުޙައްމަދަށް ގޯނިފުރާ ފައިސާލިބޭނެކަމަށް އުންމީދުކުރަން.

  29. ނަރުސްގގ

    ކަލޯ 11 އަހަރު ވީއިރު ދަނޑި ނަގާ ކޮނޑަށްލައިގެންދޯ އުޅުނީ..؟؟