އައިސް ޓީވީން މި ރޯދަ މަހު ދައްކަމުން އަންނަ ޝޯވތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ޝޯވކަމަށްވާ "މީހުންގެ ވާހަކަ" ޝޯވގައި މިރޭ ޝަހޫއާއެކު ގެސްޓެއްގެ ގޮތުގައި ފެނިގެން ދާނީ ކުރިއަރަމުން އަންނަ ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އެވެ.

މިރޭ އޮތީ އަޒޭގެ ވާހަކަތަކެވެ. އަޒޭ ބުނާގޮތުން ނަމަ އޭނާ މީހުންގެ ވާހަކަދައްކަނީ ވަރަށް ބަލައިގެންނެވެ. މިރޭގެ އެޕިސޯޑްގައި އަޒޭ ވަރަށް ގިނަ ވާހަކަދައްކާނެއެވެ. އޭނާއާ ގުޅޭގޮތުން މީހުން ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރާނެއެވެ.

އަދި މި ޝޯވގައި ގެނެސްދޭ ކާޑްތަކުން ނެގޭ ފަސް ފަރާތަކާއި ބެހޭ ގޮތުން އަޒޭ ވާހަކަދައްކާއިރު، އެ ތަރިންނާއި ގުޅޭގޮތުންވެސް ވާހަކަތައް ކިޔާދީ އެ ތަރިންގެ ރަނގަޅު ކުރަންވީ ކަންތައްތައްވެސް ކިޔާދޭނެއެވެ.

މި ޝޯވ މިރޭ 10:00 ގައި އައިސް ޓީވީން ދައްކާނެއެވެ. އަދި އައިސް ޓީވީ ބެލެން ނެތް ފަރާތްތަކަށް، އައިސް ޓީވީގެ ޔޫޓިއުބް ޗެނަލް އަދި ފޭސްބުކް ޕޭޖް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްނީ

    މިހާރު ފިލްމް ކުޅުއްވާތާ 15 ވަރަކަށް އަހަރު ވެދާނެ..އކަމަކު ހަބަރުގައި އޮތީ މިހާރު ކުރި އަރަމުން އަަންނަ ތަރި އެއްކަށް. މަ ހިތް ބުނަނީ ދެން މާގިނަދުވަހެއްނުވެ ތި ތަރި އޮއްސިދާނޭ

  2. ނަން

    ޔޫޓިއުބް އައިސްޓީވީ ޕޭޖް ގަ ހުންނަނީ ހުސް ޓްރެއިލާރސް