ރޭޕްގެ ތުހުމަތު ކުރެވުނު 40 އަހަރުގެ އިންޑިއާ މަތުރާ އަވަށުގެ މީހެއްގެ ގައިގާ ފައިވާން ކިބައިން ތަޅާލުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ.

މިއީ އެ އަވަށުގެ ވިލޭޖް ކައުންސިލުން ނިންމި ގޮތެވެ. 40 އަހަރުގެ އެ ފިރިހެން މީހާ ރޭޕް ކުރަން އުޅުނީ ގެއެއްގެ ބޭރުގައި ނިދާފައި އޮތް 70 އަހަރުގެ އަންހެނެެކެވެ.

އެ ފިރިހެން މީހާގެ ގައިގާ ތަޅާފައި މި ވަނީ އެ އަންހެން މީހާއެވެ. އެގޮތުން ވިލޭޖް ކައުންސިލުން އެ އަންހެން މީހާގެ ގާތުގައި ބުނީ، ފަސް ފަހަރު އެ ފިރިހެން މީހާގެ ގައިގާ ފައިވާން ކިބައިން ޖެހުމަށެވެ.

މި މަންޒަރު ފެންނަ ވީޑިޔޯ މިހާރު މީސް މީޑިޔާގައި ދައުރުވަމުންދާއިރު، މިއީ އެ އަވަށުގެ އަގު ހިފެހެއްޓުމަަށްޓަކައި އަވަށުން ބޭރުން މައްސަލަ ނިންމަން ކައުންސިލުން ބޭނުން ނުވާތީ ކަންތައް ކުރި ގޮތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އަންހެން މީހާ އޭނާ ރޭޕް ކުރަން އުޅުނު މީހާގެ ގައިގާ ފަސް ފަހަރު ޖަހައި ނިމުމުން އިތުރަށް ޖަހަން އުޅުމުން އެކަން އެ އަވަށު މީހުން ވަނީ ހުއްޓުވާފައެވެ.

އެއީ ކުޑަ އަދަބެއް ކަމަށް ބުނި އެ އަންހެން މީހާގެ ދަރިފުޅު ވަނީ ފަހުން ޕޮލިހަށް މައްސަލަ ހުށަހަޅާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ފިރިހެން މީހާ އެ އަންހެން މީހާ ރޭޕް ކުރަން އުޅުނީ މިދިޔަ ހުކުރު ދުވަހުގެ ގޭގެ ބޭރުގައި ނިދާފައި އޮއްވާއެވެ. އެ ފިރިހެން މީހާއަށް އެ އަންހެން މީހާ ރޭޕް ނުކުރެވުނީ އޭނާ ހަޅޭލައްވައިގަތުމުންނެވެ.