ނިއުޔޯކްގައި ދެމަފިރިޔަކު ޓެކްސީއެއްގައި ކުރި ދަތުރަކަށް ބޮޑު އަދަދަކުން ފައިސާދައްކަން ޖެހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނިއުޔޯކްގެ ޖޭއެފްކޭ އެއާޕޯޓުން އެ މީހުން ނެގި ޓެކްސީއަކަށް އަރައި 10 މިނިޓަށް ކުރި ދަތުރަށް ފުރަތަމަ ޓެކްސީގައި އިން މީހާ ޑިމާންޑް ކުރީ 900 ޑޮލަރު ދެއްކުމަށެވެ. ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ މި ދެމަފިރިން ވާހަކަދައްކައިގެން އެ އަދަދު 470 ޑޮލަރަށް ތިރި ކުރީއެވެ.

އެ ކާރުގައި އިން މީހާ ވަނީ އެ މީހުންގެ އަތުން ޕާސްޕޯޓްގެ މައުލޫމާތުތަކާއި އަދި އެޑްރެސްވެސް ހޯދާފައެވެ. މިހާރު ފުލުހުން ދަނީ އެ މީހާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެ ދަތުރުގައި ބޮޑު ގެއްލުމެއް ލިބުނު ފިރިހެން މީހާ ބުނިގޮތުގައި، އެ މީހުންގެ އެ ދަތުރަށް އެވަރަށް ފައިސާދައްކަން ނިންމީ އޭނާ ގެންގުޅުނު ފޮށީގައި އަގުބޮޑު އެންޖޭމެންޓް އަގޮޓިއެއް އޮތުމާއެކު އެ ޓެކްސީ ޑްރައިވަރު އެ މީހުންގެ އަތުން އެ ފޮށި އަތުލަފާނެތީ ބިރުންނެވެ. އަދި އެ މީހުންނަށް އަނިޔާކޮށްފާނެތީވެސް ދެ މީހުން ތިބީ ބިރުންނެވެ.

އެ ފިިރިހެން މީހާ ބުނިގޮތުގައި، އެ މީހުުންގެ އެ ދަތުރު އެހާ ކުރު ނަމަވެސް، އޭނާއަށް އެހާ ބޮޑު އަދަދެއް ދައްކަން ޖެހުނީ ކީއްވެކަން ނޭގުނު ކަމަށެވެ. އޭނާ ގަބޫލުކުރާގޮތުގައި، އެ ދަތުރަށް ގާތްގަނޑަކަށް އަރާނީ 50 ވަރަަކަށް ޑޮލަރެވެ.

އެ މީހުންގެ މި ދަތުރުގެ މަގުސަދަކީވެސް އެންގޭޖްމެންޓްގެ ކަންތައް ހަނދާނުން ފިލާނުދާނެ ގޮތަކަށް ބޭއްވުންކަމަށް ވާއިރު އެކަންކޮށް ނިންމާލުމަށްފަހު މިހާރު އެ މީހުން ތިބީ އެނބުރި ގައުމަށް ގޮސްފައެވެ.

މި ދެ މީހުންގެ ފަސް ދުވަހުގެ އެ ދަތުރު ފެށީ ބިރުވެރިކޮށް ނަމަވެސް ނިންމާލީ ވަރަށް އުފާވެރިކޮށް ކަމަށް އެ ފިރިހެން މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    މިހާރު ދެން ތިއޮތީ ހަނދާނުން ނުފިލާނެގޮތް މެދުވެރިވެފައެއްނު...؟