ބޮލީވުޑްގެ ބައެއް ތަރިންގެ ކުއްލި މަރު ވެގެން ގޮސްފައި ވަނީ އެތައް ބަޔަކު ހިތާމާގެ ތެރެއަށް ވައްޓާލި ކަމަކަށެވެ. ބައެއް ތަރިންގެ މަރު ވެގެން ގޮސްފައި ވަނީ ވާނުވާ ނޭނގޭ މަރަކަށެވެ. ބައެއް ތަރިންގެ މަރުވި ސަބަބު ވަނީ ސިއްރު ކުރެވިއެވެ. އަނެއްބައި ހާދިސާތައް ހިނގައި ދިޔަގޮތުގެ ހަޤީޤަތް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

މިގޮތަށް ކުއްލިއަކަށް މަރުވި ބައެއް ތަރިންގެ މަރާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.

ސްރީ ދޭވީ: އުމުރުގެ ބޮޑުބައި ފިލްމީ ދާއިރާގައި ހޭދަކުރި ސްރީ ދޭވީ މަރުވެފައި ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވިކަމަށް ގިނަ ބަޔަކު ބުނަނީ ބިލިގާ ތެރޭގައި ގެނބިގެންނެވެ. އޭނާގެ މަރާއި ގުޅޭގޮތުން ތަފާތު ގޮތް ގޮތަށް އަދިވެސް ވާހަކަދެކެވެމުންދާއިރު، އޭނާ މަރާލީ ކަމަށްވެސް އެތައް ބަޔަކު ތުހުމަތު ކުރެއެވެ.

ދިވްޔާ ބާރްތީ: ބޮލީވުޑްގެ ފިލްމަތަކުން 1990 ގެ އަހަރުތަކުގައި މަޝްހޫރުކަން ލިބުނު ދިވްޔާ މަރުވީ އޭނާ ދިރިއުޅޭ ގޭގެ ބެލްކަނީން ފުންމާލައިގެންނެވެ. އޭނާ ފުންމާލާފައި ވަނީ ފަސް ވަނަ ބުރީގައި ހުރެފައެވެ. އުމުރުން 19 އަހަރުގައި ދިވްޔާ މަރުވިއިރު، އޭނާ ހުރީ ރާ ބޮއެގެން މަސްތުގެ ހާލަތުގައި ކަމަށްވެސް ތުހުމަތު ކުރެވުނެވެ. އަދި އޭނާ މަރާލީކަމަށްވެސް ތުހުމަތު ކުރާ މީހުން މަދެއް ނޫނެވެ.

ނަފީސާ ޖޯސެފް: ޓޮޕް މޮޑެލް އަދި މަޝްހޫރު އެމްޓީވީވީޖޭ އަމިއްލައަށް މަރުވެފައި ވަނީ 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓްގައި ދަން ޖެހިގެންނެވެ. ނަފީސާއަކީ 1997 ވަނަ އަހަރު ފެމިނާ މިސް އިންޑިއާ ޔުނިވާސް ވެސް ހާސިލްކުރި މީހެކެވެ. އަދި 1997 ވަނަ އަހަރު މިސް ޔުނިވާސްގެ ފައިނަލިސްޓުންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. އޭނާ އަމިއްލައަށް މަރުވެފައި ވަނީ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަނިކޮށް ކަމަށް ވެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ވާން އުޅުނު ފިރިމީހާއަށެވެ. އެއީ އިންޑިއާގެ ވިޔަފާރިވެރިއެކެވެ. ނަފީސާ މަރުވީ އޭނާ ވާން އުޅުނު ފިރިމީހާ ކުރީގައި ކައިވެންޏެއް ކޮށްގެން އުޅޭކަން އެނގި އެކަމުގެ ހިތާމައިގައި ކަމަށް ވެއެވެ.

ޕަރްވީން ބަބީ: 1970 އަދި 1980 ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމްތަކުން ފެނިގެން ދިޔަ ޕަރްވީނާ މަރަކީވެސް ހަގީގަތް ފޮރުވިފައިވާ މަރެކެވެ. އެއްބަޔަކު ބުނަމުން ދަނީ އޭނާ އަމިއްލައަށް މަރުވީކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ އެއީ ގުދުރަތީ މަރެއް ކަމަށެވެ. އޭނާ މަރުވީ ހިތާމަވެރި ދިރިއުޅުމެއްގައި އުޅުމަށްފަހު ކަމަށް ވެއެވެ.

ޖިއާހް ޚާން: އުމުރުން 25 އަހަރުގައި ޖިއާހް އަމިއްލައަށް މަރުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. އޭނާގެ މަންމަ ބުނިގޮތުގައި، އޭނާ މަރުވުމުގެ ހަ ގަޑުގެ ފުރާ އޭނާގެ ހާލާއި ގުޅޭގޮތުން ވަނީ ލިޔެފައެވެ. އޭގައި ލިޔެފައި ވަނީ އޭނާއާ މެދު ކަންތައް ކުރި ގޮތުގެ ވާހަކައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜގގދސފފދތ

    ޏެެެ މަ