އެމެރިކާގެ ކެލިފޯނިއާގެ ގެއެއްގެ ދުން ހޮޅިއެއްގެ ތެރޭގައި އެތައް ސަތޭކަ ދޫނިތަކެއް ތާށިވެއްޖެ އެވެ.

އެ ދުންހޮޅިގެ ތެރޭގައި ތާށިވެފައި ތިބީ ކުދި ދޫނިތަކެވެ.

ދަ މޮނެޓެސިޓޯފެ ފަޔާ ޑިޕާޓްމެންޓުން ވަނީ އެ ހާދިސާގެ ތަފްސީލާއި، ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ދޫނިތައް އެތަނުގެ ތެރެއިން ބޭރަށް ނުކުތުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ. އެހެން ނަމަވެސް އެ ދޫނިތަކަށް އެކަން ކާމިޔާބެއް ނުވެއެވެ.

އެ ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮންމެ ދުވަހަކުވެސް ފަޔާ ސާވިސްއާ ކުރިމަތިލަނީ އާ ކަންަން ކަމަށެވެ.

"އާދީއްތަ ދުވަހުގެ ރޭ އަޅުގަނޑުމެންނަށް ގުޅީ، ގެއެެއްގެ ދުންހޮޅި ތެރޭގައި 1000 ވަރަކަށް ކުދި ދޫނި ތާށިވެގެން".

 

View this post on Instagram

 

A post shared by Montecito Fire (@montecitofire)

އެ ޑިޕާޓްމެންޓުން ފުރަތަމަ ހީކުރެވެނީ، އެ ދޫނިތައް އަމިއްލަށް އެރޭ އެތަނުން ނުކުމެގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ އަނެއް ދުވަހު ހެނދުނު އެ ޑިޕާޓްމެންޓްގެ މީހުން އައިއިރުވެސް އެ ދޫނިތައް ތިބީ އެތަނުގައި ތާށިވެފައެވެ.

އެންމެ ފަހުން ސަންޓާ ބަރްބަރާ ކައުންޓީ އެނިމަލްސް ސާވިސްގެ އެހީތެރިކަމާއެކު އެ ދޫނިތައް އެތަނުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ.

އެގޮތުން އެ ދޫނިތައް އެތަނުން ނެރެފައި ވަނީ ގޭގެ ފުރަގަހުގައި އިންނަ ދޮރުންނެވެ.

އެ މީހުން ކުރި މަސައްކަތްތައް އާއްމުން ބަލައިގަނެ، އެ މީހުންނަށް މަރުހަބާ ކިޔާ އެތައް ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ/