ޝިލާ ނަޖީބާއި މުހައްމަދު މަނިކު މިއަދު ފެނިގެން ގޮސްފައި ވަނީ ޓީވީއެމް އިން ގެނެސްދޭ މިވަގުތު ޕްރޮގްރާމުންނެވެ. މި ދެތަރިން އެ ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ވާހަކަދެއްކީ އެ މީހުން ހިންގާ ކެފޭގެ ވާހަކައެވެ. މީގެ އިތުރުން ކެއުންތަކާއި ގުޅޭ ވާހަކައާއި، ކެފޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ހިއްސާ ކުރިއެވެ.

ޝީލާ އާއި މަނިކްގެ މި ފެނިލުމުގައި ބޮޑަށް ފާހަގަވެގެން ދިޔައީ މަނިކްގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ކަމެވެ.

އެ ޝޯގެ ހޯސްޓް މިޒްނާ ވަނީ މަނިކްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްފައެވެ.

މަނިކް ބުނީ، މި ދޭތެރެއިން މަސައްކަތް ކޮށްގެން ހިކުނީ ކަމަށެވެ.

މަނިކް މިވަގުތު ޝޯވގައި

"މި ދޭތެރެއިން ހިކުނީ ޑައިބެޓިކްކޮށް، ހިކުނީމަ ބޭސްކާން މަޖުބޫރުވެގެން ކުޑަކޮށް ބޭސް ކެއުން، ދެން ބޭސް ނުކާނަމޭ ހިތާ ބޭހެއް ނުކަން މިހާރު، ކަސްރަތުކޮށްގެން ނުކަނީ". މަނިކް ބުންޏެވެ.

މަނިކް ބޭސް ނުކައި ހިފަހައްޓާލަނީ ކަސްރަތުކޮށްގެންނެވެ. އޭނާ ކުރާ މަސައްކަތަކީ ބައިސްކަލް ދުއްވަން ދިއުމެވެ.

މަނިކް ބުނީ، ރޯދަ މަހު ކަސްރަތު ކުރަނީ ފޮނި އެއްޗެހި ކާން ބޭނުންވާތީ ކަމަށެވެ.

"މި ރޯދަމަހު ތަންކޮޅެއް އަހަމިއްޔަތުކަމެއް ދީގެން ބައިސްކަލު ދުއްވަން ފެއްޓީ، ކަކުލުގެ މައްސަލަ އުޅޭތީ ބައިސްކަލަށް ބަދަލު ކުރީ".

ޝީލާ ބުނީ، އޭނާ މިހާރު ފަލަވެފައިވާ ކަމަށެވެ.

ޝީލާ މިވަގުތު ޝޯގައި

"އަސްލު ޓީވީއަށް މިހާރު ވަރަށް ފަލަވާނެ"

ޝިލާއަކީ މަނިކުއަކީ ފިލްމީ ދާއިރާގައި ނަމޫނާ ދެ ތަރިންނެވެ. އެކުގައި އެތައް އަހަރެއް ހޭދަކޮށްފިއެވެ. ކުރިން އެކުގައި އެތައް ލަވަޔަކުން ފެނިގެންދިޔަ މި ދެތަރިން، މިހާރުވެސް ފިލްމީ ދާއިރާގެ ބައެއް މަސައްކަތުގައި ޝާމިލްވެ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބެލުން ތެރިއެއް

    2 މީހުން ވެސް ފަލަ@ ކުރީގެ ރީތި ކަމެއް ނުފެނޭ

    15
    14
    • ސަހޫ

      ކުރީގަ ހުންނަގޮތަކަށް ނުހުންނާނެދޯ މުސްކުޅިމަކާ

      18
      1
  2. ސަހޫ

    ކުރީގަ ހުންނަގޮތަކަށް ނުހުންނާނެދޯ މުސްކުޅިމަކާ

    17
    1
  3. މަރީ

    އަހަރެން ބުނާނީ ދެމީހުންވެސ މުސްކުޅިވެއްޖެއޭ..

    14
    4
  4. ފެޓްސޯ

    އަހަރެންވެސް ކުޑަކޮށްފަލަވެއްޖެމިހާރުދެން

    7
    1
  5. އަޙްމަދް

    ތިކިތެޅި ތާނަ އުވާލނިއްޔޯ!
    ދެން ކީކޭ ލިޔާނީ؟