ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ މަގްބޫލު ތަރިންގެ ތެރޭގައި ރަވީ ފާރޫގް ފާހަގަ ކޮށްލެެވެއެވެ. އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރ، އެޑިޓަރ އަދި ކޮރިއޯގްރަފަރެއްގެ ރޯލުން ވެސް ރާއްޖޭގެ ފިލްމީ ދާއިރާގައި ރަވީ ފާހަގަ ކުރެވެއެވެ.

މީގެ 23 އަހަރު ކުރިން ދިވެހި ފިލްމީ ދާއިރާއިން ރަވީ ފެންނަން ފަށާފައިވެއެވެ. މިހާތަނަށް އެތައް ޕްރޮޖެކްޓް ތަކެއްގައި މަސައްކަތް ކޮށްފައިވާއިރު، އެންމެ ފަހުން އެކްޓަރެއްގެ ގޮތުގައި ރަވީ ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމް 'ފަރީ' އަދި 'ހަޔާތް' އިންނެވެ. އޭގެ އިތުރުން މި އަހަރު ޑައިރެކްޓަރ އަދި އެޑިޓަރެއްގެ ގޮތުގައި 'ގޯނާ' ފިލްމުގެ މަސައްކަތް ކޮށްފައިވެއެވެ.

ބައިސްކޯފުން ގެނެސްދޭ "ތުންތުން މަތިން" ޕްރޮގްރާމުގައި ފިލްމީތަރި ރަވީ ފާރޫގް އާއި އަހްމަދް އަޒްމީލް ބައިވެރިވިއެވެ. ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ދެެމީހުންނަށް ވެސް ޝައުގުވެރި ގޭމް ޓާސްކު ތަކެއް ހަވާލު ކޮށްގެންނެވެ. އެގޮތުން އެއް ޓާސްކެއްގެ ގޮތުގައި އެއްދުވަސް ތަކެއްގައި ދިވެހި ފިލްމީ ދުނިޔޭގައި އެންމެ ވިދާލި ޔާރާ އާއިލާއާއި ގުޅުން ހުރި މަޝްހޫރު މީހުން ނޯޓު ކޮށްދޭން އެދުނެވެ.

ތުން ތުން މަތިން ޕްރޮގްރާމުގެ ތެރެއިން

މި ދެމީހުންނަކީ ވެސް ޔާރާ އާއިލާއާއި ގުޅިފައިވާ ދެމީހުންނަށް ވުމުން އާއިލާގެ މީހުން ދަނެއެވެ. މި ޓާސްކުގެ ތެރެއިން ރަވީ ކައިވެނި ކޮށްފައި ތިބި މީހުންނާއި ލޯބީގެ ގޮތުން ގުޅުނު މަޝްހޫރު މީހުން ހާމަވެގެން ދެއެވެ. ރަވީ އެންމެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ ލަވަކިޔުންތެރިޔާ ލަހްފާ ފާއިޒް އާއެވެ. އެ ކައިވެނި ރޫޅުމުން ދެން ފާތިމަތު ރިވާ ހުސައިން އާއި ކައިވެނިކޮށް ދެ ދަރިން ވެސް ލިބިފައިވާ ކަމަށް ރަވީ ބުންޏެވެ.

"ދެން ރަވީ ރައްޓެހިވި މީހުން ތަކު ތެރެއިން މީންދީ އާމިރާ، ސިތޫ، ދެން މަލް ވެސް" ޔާރާ އާއިލާއާއި ގުޅިފައިވާ މަޝްހޫރު މީހުން ކިޔައިދެމުން ރަވީ ބުނެއެވެ. އެއީ މަޝްހޫރު މީހުންގެ ތެރެއިން ރަވީ ލޯބީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އާމިރާ އިސްމާއިލް (އާމިރާ)، ނާދިޔާ ހަސަން (ސިތޫ) އަދި މަލީހާ ވަހީދު (މަލް) އަކީ ވެސް ދިވެހި ފިލްމީ އިންޑަސްޓްރީގައި ނަން ވިދާލައިފައިވާ ކުޅަދާނަ ތަރިންނެވެ.

ރަވީ މިހާރު ކައިވެނި ކޮށްގެން އުޅެނީ ފިލްމީތަރި ރިޝްމީއާއިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިރާ ސިތޫ މަލް

    މީނަ އާއި ގުޅުނު ހުރިހާ ލޯބިވެރިން ވަކިވެގެން ދިޔައީ ލޯބިން ގުޅިގެން އުޅެން ނޭގިގެން

    13
    3
  2. އެމަންޖެ

    ހަގީގީ ލޯބިވެރިޔާއާ ޖެހެންދެން މީހުނާ ރައްޓެހިވާން ޖެހޭނެ ދޯ ރަވީ.

    20
    7