ބޭނުންވާ ތަކެތި:

100 ގްރާމް ޓޫނާ

ހެޔޮވަރުގެ 4 އަލުވި (ފެނު ކައްކާފައި)

1/2 ތަށީގެ މޮޒަރެއްލާ ޗީޒް

ގްރީން އޮނިއަންސް 2

ގްރީން ޗިލީ 1

3 ސަމްސާއަށް ވާ ވަރަށް ކޮރިއަންޑާ ކުދިކޮށް ކޮށާފައި

1 ޓޭބަލް ސްޕޫންގެ ލޮނު

1 ޓޭބަލް ސްޕޫންގެ ޕެކްރީކާ ޕައުޑާ

2 ޓޭބަލް ސްޕޫން ޗިލީ ސޯސް

2 ޓޭބަލް ސްޕޫން ސޯއި ސޯސް

1/4 އަސައިމިރުސް

1 ޓޭބަލް ސްޕޫން ޖިންޖާ ގާލިކް ޕޭސްޓް

ތައްޔާރުކުރާނެ ގޮތް:

ޓޫނާ، ޗިލީ ޕޭސްޓް، ސޯއި ސޯސް، އަސައިމިރުސް، އަދި ޖިންޖާ ގާލިކް ޕޭސްޓް އެއްކޮށް ތަވަޔަށް އަޅާފައި 8 މިނެޓު ވަންދެން ކައްކާށެެވެ. ގްރީން ޗިލީ، ކޮރިއަންޑާ، ގްރީން އޮނިއަން އަދި ކެއްކި މަސް، ވަކިން ކުދިކޮށް ކޮށާލާށެވެ. އެއަށް ފަހު މަސް ކެއްކި ތަވަޔަށް އަލުވި އަޅާފައި މޭޝް ކޮށްލާށެވެ. އޭރުން ތަވާގައި ހުރި ސޯސްގެ ރަހަ އަލުތްވަށް ވަންނާނެއެވެ. މޭޝް ކޮށްފައި ހުރި އަލުވީގެ ތެރެއަށް ކުދިކޮށް ކޮށި ގްރީން ޗިލީ، ކޮރިއަންޑާ، ގްރީން އޮނިއަން އަދި ކުރިން ކެއްކި މަސް، ލޮނާއި ޕެޕްރީކާއާއެކު އަޅާލާށެވެ.

އެއަށް ފަހު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އަޅާފައި އެއްކޮށްލާށެވެ. ދެން ކުދި ބޯޅަތަކެއް ހަދާލާށެވެ.އެއަށް ފަހު ފުށާއި ފެނާާއި ޕެޕްރީކާ އަދި ލޮނު އެއްކޮށްގެން ޕޭސްޓެއް ހަދާލާށެވެ. އެއަށް ބޯޅަތައް ލުމަށް ފަހު އޭގެ ވަށައިގެން ބްރެޑް ކްރަމްސްބް ލާށެވެ. ދެން ތެލުލުމުން ފިޝް އެންޑް ޗީޒް ބޯލްސް ތައްޔާރު ކުރެވުނީއެވެ.