ތައްޔާރު ކުރަން ބޭނުންވާނެ ތަކެތި:

1 ޖޯޑު ފުށް
1/3 ސައިސަމުސާ ބޭކިން ސޮޑާ
1/3 ސައިސަމުސާ ލޮނު
1/3 ޖޯޑު އަންސޯލްޓެޑް ބަޓަރު
1/3 ޖޯޑު ހަކުރު
1 ބިސް
1/3 ސައިސަމުސާ ވެނިލާ އެސެންސް
ޗަސްކޮށްފައިވާ 2-3 ދޮންކެޔޮ
1/3 ޖޯޑު ބަޓާ މިލްކް
2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް، ލޮނުކޮޅު އަދި ބޭކިން ސޮޑާ ބޯތައްޓަކަށް އަޅާނީއެވެ. އެއަށްފަހު ބަޓަރުކޮޅުގެ ތެރެއަށް ހަކުރު އެޅުމަށްފަހު މަޑު ރީނދޫ ކުލައަކަށް ބަދަލުވަންދެން އެއްކުރާކުރާށެވެ. ދެން އެއްް ކުރި ބަޓަރުގެ ތެރެއަށް ބިހާއި ވެނިލާ އެސެންސް އަޅައި މަޑުމަޑުން އެއް ކުރާށެވެ. އެއަށްފަހު ޗަސްކޮށްފައިވާ ދޮންކެޔޮލާއި ބަޓާ މިލްކް މީގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއް ކުރާނީއެވެ. އަދި ކުރިން ވަކި ބޯތައްޓަކަށް އެޅި ބޭކިންސޮޑާ އާއި ފުށާ ލޮނު، ގިރި ހުރިހާ އެއްޗެއްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ބަނާނާ މަފިން ހެދުމަށް ބޭނުންވާ ގިރުން ގިރާ ނިމުނީއެވެ.

ދެން މަފިން ފިހަން ބޭނުންކުރާ ތަށީގެ މެދެއްހާ ހިސާބަށް އެޅުމަށްފަހު އޭގެ މައްޗަށް ޗޮކްލެޓް ޗިޕް ބުރުވާލާށެވެ. ދެން ދޮންކޮށްފައިވާ އަވަނުގެ ދޮން 175 ޑިގްރީގައި ބެހެއްޓުމަށްފަހު 20-25 މިނިޓް ވަންދެން ފިހެލާށެވެ. އަދި ރަނގަޅަށް ފިހެވުނުތޯ ޗެކްކޮށްލަން ޓޫތްޕިކެއް ކަހަލަގެ އެއްޗެއް މަފިންގެ މެދަށް އަވަން ކެނޑުމުން ހަރާލާށެވެ. އަދި މަފިންއަށް ހަރާލާ އެތީގައި އެއްވެސް ވަރަކަށް މަފިންގެ ފުށްގަނޑު ހޭކިފައިނެތް ނަމަ މަފިން އެހެރީ ރީތިކޮށް ފިހެވިފައެވެ. އަދި ހީހޫވުމުން މަތިޖެހޭ އެއްޗަކަށް އަޅާފައި ބެހެއްޓުމުން 3-2 ދުވަސް ވަންދެން ބޭނުންކުރެވޭނެއެވެ.

ބަނާނާ މަފިންސް އަކީ ލައްޖެހި ނުވަތަ ގިނަދުވަސްވެފައި ހުންނަ ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ވަރަށް މީރު އެއްޗެކެވެ.