ރާއްޖޭގެެ ފިލްމީ ދާއިރާގެ ގިނަދުވަސްވީ މުހައްމަދު މަނިކު އުމުރުން ދޮށީވުމުން ޓިކްޓޮކްގެ ތަރި މަރިޔަމް ޝިފާ މަލާާމަތްކޮށްފިއެވެ.

"ސެލެބްރެޓީ ރޭސް"ގެ ނަމުގައި "ރާއްޖެެ ޓީވީ" އިން ގެނެސްދެމުން އަންނަ ޕްރޮގްރާމްގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި ޝިފާ ވަނީ މަނިކު އުމުރުން ދޮށީވުމުން މަލާމަތްކޮށްފައެވެ. މި ޝޯވް ކުރިއަށް ގެންދަނީ ފަޅު ރަށެއްގައި ބައިވެރިންނަށް ހާއްސަ ޓާސްކުތަކެއް ހަވާލުކުރާ ގޮތަަށެވެ.

މި ޝޯވްގައި އާނަންދު އަކީ ޝިފާގެެ ޕާޓްނަރެވެ. މަނިކުގެ ޕާޓްނަރަކީ އާޝާއެވެެެ. ޝިފާ އާއި މަނިކުއާ ދެމެދު ޒުވާބެއް ފެެށުނީ ދުވާލު ގަޑީގައި ކުރިއަށް ގެންދިޔަ ޓާސްކުތަކުގެ ތެރެއިން މަނިކުގެެ ފަޔަށް އަނިޔާވުމާ ގުޅިގެން ޝިފާގެ ޕާޓްނަރު އާނަންދު މަނިކު އާއި އާޝާގެ ގްރޫޕަށް ކާނެ އެެއްޗިހި ދޭން ފެށި ހިސާބުންނެވެ.

ކާ އެއްޗެހި ހޯދަން ޖެހެނީ އަމިއްލައަށް ނަމަވެެސް އާނަންދު މަނިކުގެ ގްރޫޕަށް އެހީވާން ފެށުމުން ޝިފާ އެކަމާ ރުޅިގަދަވިއެވެ. އަދި "ނުކައިތިބެ ބަނޑަށް މަރުވިޔަސް" އާނަންދު އެެމީހުންނަށް ކާންދޭން ނުޖެހޭނެެ ކަމަށް އޭނާ ބުންޏެވެ. މިހިސާބުން ފެށުނު ޒުވާބުގެ ތެރެެއިން ޝިފާ މަނިކުގެ އުމުރަށް މަލާމަތް ކުރިއެވެ. މަނިކު ވަނީ ހޫނު ބަސްތަކަކުން ޝިފާއަށް ރައްދު ދީފައެވެ.

"ދެެން ވާނީވެސް ތިހެެންދޯ ތަންކޮޅެއް އުމުރުންވެސް މަތިވީމަ" ޝިފާ ވަނީ ޝޯގެ ތެރެެއިން މަނިކުއާ ދިމާލަށް ބުނެެފައެވެެ.

ރައްދުގައި މަނިކު ބުނެެފައި ވަނީ ޝިފާ ދުވަހަކުވެސްް އުމުރުން ދުވަސް ނުވާނެެ ކަމަށާއި، ޝިފާގެ ދުނިޔެެ އޮންނަނީ ހަތަރެސް ކަނަށް ކަމަށެެވެ. އެެ ދުނިޔެެ ތޮށަލިބުރަކަށް ނުއެނބުރޭނެ ކަމަށް މަނިކު ވަނީ ބުނެެފައެެވެ.

މި ޝޯވް ފެެށުން ފަހުން ޝިފާ އުޅެނީ ފެންވަރު އޮޅިގެން ކަމަށް ޝޯގެ ބައިވެރިން ފާހަގަކުރާ ކަން މަނިކު ބުނުމާ އެކު ޝިފާ އެކަމަށް ވެސް ރައްދު ދިނެވެ. ޝިފާ ބުނީ ފެންވަރު އޮޅިގެން އުޅެވެން އެބައޮތް ކަމަށެވެ.

"އަހަރެންނަކީ ލައްކައެެއް، ލައްކައަކުން އެެކަތި" ޝިފާ ބުންޏެވެ.

މި ޝޯވްގެ ތެރެއިން މަނިކުއަށް އަނިޔާ ލިބުމުންވެސްް އާޝާ ކުރަމުންދާ ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝޯގެ ތެރެއިން ޝިފާގެ ހަގީގީ ސިފަ އަންނަނީ ފެންނަމުންނެވެ. އޭނާ ފެނިގެން ދަނީ ވަރަށް އަވަހަށް ރުޅިގަދަވާ ގިނަގިނައިން ޒުވާބު ކުރާ މީހެއްގެ ގޮތުގައެވެެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ހާލުފޮޅި

    ޗީޑި.. ތި ޝިފާ ތިދެން ކާކު މަނިކަށް ޖައްސާލަން.. އުޅުމެއް އަހުލާގެއް ނެތް.. އިލްމެއް ނެތް.. އަތުންފައިން ކަމެއް ކުރަން އިނގެނީއެއްނޫން.. ފާޑުފާޑުގެ ވީޑިއޯތައް ލީކުވީމަވެސް ލަދެއް ގަންނަން ނޭނގުނު ބޮޑު ފޫއްސެއް..

    309
    2
  2. ކުޑަ އިބުރޭ

    ނައިފަރު ކޮންމެ މީހަކުކާރި އަހާލިޔަސް އިނގޭނެ ވ ރަނގަޅަށް

    244
    4
    • މަލިކުރުވާމާ

      މަރިޔަމް ނިޟާ ޝިރާނީ މެން ކަހަލަ މީހުނަށްވެސް ހިއެއް ނުވޭ މަނިކުއާ ދިމާލަށް އެފާޑަށް ވާހަކަ ދައްކަން ކެރޭނެ ހެނެއް... އެމީހުން އެކަކު އަނެކަށް އިޙްތިރާމް ކުރޭވިއްޔަ ތިކިޔާ ފިލްމީ ދާއިރާއެއް މިއަދު ތިހިސާބު ގަ ތިއޮތީ މަނިކުމެން ކަަހަލަ މީހުންގެ މިންނެތް މަސައްކަތުން ކަން ކޮންމެ ދިވެހިރައްޔިތަކަށްވެސް އިންގޭނެ...އެކަމު މިމަންޖެ މިހުރީ އުސް ތަނަކުން ވެއްޓިފަ ތޯއްޗެ

      114
      1
  3. މަނިކު އާއި އާޝާ ފޭން

    ރާއްޖޭގެ ފިލްމީ ދާއިރާގައި ޝިފާކަހަލަ މީހުން ގެންގުޅުނު އެއީ މިހާރު ވެސް އަގުވެޓިފަ އޮއް ދާއިރާ އައް ހެދޭ ވަރަށް ބޮޑު ގޯހެއް

    231
    1
  4. ޙަގީގަތް

    ސްކްރިޕްޓެޑް

    74
    16
  5. Anonymous

    ލައްކައަކުން އެކައްޗޭ😂😂😂😂😂ވަރަށް ރަނގަޅަށްވެސް ތި ހިރީ ތިމާފެނިފަ

    215
  6. ނަބާ

    މިހާރުވެސް “ ޝިފާ” އަށްވުރެ މަނިކް މާޒުވާން ހެން ހީވަނީ !! ތަފާތކީ ޖިންސްގެ ތަފާތު !! !

    159
    1
  7. މަނިކްޗަންދް

    ޝިފާ އަށް ވުރެ ދޮނެެއްނު މަނިކު.

    143
    2
  8. Anonymous

    މީނަ މީ ކާކު...

    97
    4
  9. ވެލޭ އޭސާ

    ތި ޝޯވ ނިމޭއިރު މަގޭ ސިފާޒާގެ އަސްލުސޫރަ ކަލޭމެންނަށް ފެންނާނެ ބަލާންތިބޭތި . އަދި ޗަފެނުނީ ވަރަށް ކުޑަ ވަރެއް ހެހެހެ

    116
    3
  10. ކޭޓީ

    ޔަޤީނުންވެސް މަނިކުއޭ ބުނީމަ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެނގޭނެ. ދެން ޝިފާ މީ ކާކުތަ. ނުވެސް ދަންނަން...

    138
    2
  11. ލޯ އޮފް ދަ ޖަންގަލް

    ކޮރެއަން ރިއަލިޓީ ޝޯ ލޯ އޮފް ދަ ޖަންގަލް ކޮޕީ ރާއްޖެއަށް އައިދޯ. ބޮލީވުޑު ކުޑަކޮށްފަ ދެން ކޮރެއާ އަށް މިސްރާބު ޖެހީ. ކީކޭ ދެން ބުނާނީ

    90
    6
  12. ޙިސަމް

    ލޮލު

    56
    4
  13. Anonymous

    މަނިކު އަށް ފިލްމީ ދާއިރާއަށް އަލަށް އަންނަ ކުދިން އިޙްތިރާމް ކުރަންޖެ ހޭ. ތިޔަ ޝިފާ ގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެ. ޝޯވއަކަށް ވިޔަސް ބަލާމީ ހުންނަށް ޝިފާގެ އަޙްލާގީ ފެންވަރު އެނގިއްޖެ. ކެރިއަރއަށް ވަރަށް ބޮޑު އasaru ކުރާނެ.

    139
  14. މޫރިތި

    މަނިކު އެއީ މީހުން އިހުތިރާމް ހޯދާފަ ހުރި ބޭފުޅެއް. ކޮންމެ އިންސާނަކީވެސް ދުނިޔޭގައި ޒުވާން ދުވަސްތައް ދެކި މުސްކުޅިވެ ބަލި ދުވަސް ތަކާ ކުރިމަތިވެސް ލާނެ މީހުން. އެކަކު އަނެކަކާ ދިމާލަށް އެފަދަ އެއްޗެހި ބުނާކަށް ނުވާނެ. ދުލުން ބޭރު ކުރެވޭ ކޮންމެ ބަހަކީވެސް ހިސާބު ކުރެވޭނެ އެއްޗެއް. ދުލުން ހެޔޮ ބަހެެއް ނޫނީ ނުބުނާށެވެ.ރީތިބަހުން ވާހަކަ ދައްކާ ބަޔަކު ކަމުގައި ވާށެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއް. ނިޔުމަތެއް ދެއްވީމަ ޝުކުރު ކުރާ ބަޔަކު ކަމުގައި ވާށެވެ. ބޮޑާވާ ބަޔަކު ކަމުގައި ނުވާށެވެ. އެއީ އަޅުގަނޑު ނަސޭހަތަކީ.

    80
  15. ޭެނަމްރޫދު

    ލޯލް

    18
  16. ޭެނަމްރޫދު

    ލޯލްހަހަހާ😂

    15
  17. ޭެނަމްރޫދު

    ލޯލް ހަހަހާ😂

    11
  18. Obama

    ދަރި އެއްލާލާފަ ކުރީގެ ފިރިމީހާ ބޮލަށް ޖަހާ ޓިކްޓޮކް ކުޅުނީމަ މަވަރު މީހެއް ނެތިފަ ތިހުންނަނީ

    81
    3
    • މ

      ދަ ރި އެއްލާލާފައި. އެކަމް ފި ރިމީހާ ގޭ މީހުން ގާތު. ފި ރިމީހާ ވަނީ ނިޔާވެފައި.
      އެކަމް ތިބުނި ވާހަކައައް ތާއީދު

      20
  19. ނުޒޫ

    ހިތުން މީ ރާކީ ސާވަންތު

    53
  20. ޝާން

    މޮޔަ މީހެއް ތީ

    34
    1
  21. ކަލޯގަޔާ

    ރީތި ކަމެއް ލިބުނަސް އަދި މިކުދިންކަށް އުޅެން ދަސްކޮށްދޭން އެބަޖެހޭ. އަނެކާ އަށް ގަދަރު ނުކުރާ ބަޔަކަށް އަހަރެން ސްޕޮންސަރ ނުދޭނެ. އެއީ ފެންނާން ހުރި ހަގީގަތެއް

    47
    1
  22. ސަމާހް

    ރާއްޖޭގަ ވެސް ބިގް ބޮސް ފެށީތަ؟ ޒުވާބު ކޮއްކޮއްފަ

    37
  23. ޢަރީ

    ޝީފާ އުޅޭ ފާޑެއް.. ސިކު ވެގެން އުޅޭހެން ހީވަނީ..

    53
    2
    • ޙަހަހަހ

      އުޅޭ ހެނެއް ނޫން. ހަމަ އެހެން އެ ވަނީ. އެތަނަށް ދިޔައިމަ ސްޓަފް ކޮޅު ނުލިބުނީ ކަންނޭގެ 😏😏

      17
  24. ނަސޭހަތެއް

    އަދަބަކީ މީހާ ކުރާ ކުށްތަކާއި ބުނާ ބަސްތަށް ކުށުން ސަލާމަތްކުރުން...(އުސްތާޒުލް ޖީލް މުޙައްމަދު ޖަމީލް ދީދީ)
    އަދަބުވެރިކަން ނެތުނުމީހާ ދެދުނިޔޭން ގެއްލި ނިމިދާނޭ
    މަދަރުވެރިކަން ނެތީވިއްޔާ ޤަދަރުނެތިގެން ހިނގައިދާނޭ......
    މިތާމިތިބެ ދުވަސްކޮޅުގާ ސަވާރުވެގެން ހަވާނަފްސަށް
    ހިތާހަށި އެދުނުހާ މަގަކުން ތެދޭ މަކޮޔާ ދުވެދިދާނޭ

    55
    1
  25. Anonymous

    ސިފާ ކޮއެ ވ.ސަލާން

    5
    1
  26. އިންޑިއާ އައުޓް

    ބަޔަކު ކަމެއް ކިރިއްޔާ ބަލަންތހިބެފަ މުދިއޭކިޔާފަ އެކަމެއްކުރަން ދިވެހިން ވަރައް ފަރިތަވާނެ އާަނ ދެންއޮތީ ތިޔަބުނާ ޓިކްޓޮކްގެ ތަރި މަރިޔަމް ޝިފާ ތިޔަކަހަލަ އަންހެނުން ގޮނޑުންވެސް ހޮވިދާނެ

    18
  27. ރިއަލިޓީ

    އަދި ޝިފާޒާ ސޯވ ނިމޭއިރު ވެލައަކަށް ބަދަލްވާނެ..

    7
    1
  28. މުބީނު މާރނީ

    (1) ކާކު ކަން ދޮށީ އިނގޭނީ ހިތުގެ ޓެސްޓް ކަމަށްވާ އެކޯ ކުރީމާ. ޝިފާ އަކީ ސިނގިރޭޓް ބޯ މީހެއް. މަނިކު އަކީ ސިނގިރޭޓް ބޯ މީހެއް ނޫން. ހިތު ގެ ޒުވާން ކަން ހުރިވަރެއް އެކޯ އިން ދައްކާނެ. (2) ސިނގިރޭޓް ބޯ މީހުން ގެ ހިތް އޮންނާނީ ޑެމޭޖް ވެފައި. ވީމާ ޙަޤީޤަތުގައި ތިޔަ ތަނުން ޅަ މީހަކީ މަނިކު. އެކޯ އަކީ ޓީ.ވީ އިން ހިތް ބަލާލެވޭ، އެއްވެސް ތައްޔާރެއް ނުވެހުރެ 10 މިނެޓުން ކޮށްލެވޭ ޓެސްޓެއް. (3) ހިތް މުސްކުޅި ނުވަންޏާ މުސްކުޅި އެއް ނުވާނެއޭ މަނިކު ބުނިނަމަ. (4) ހިތް މުސްކުޅި ނުވަންޏާ މުސްކުޅި ނުވާނޭ ކަމަށް ފުރަތަމަ ވިދާޅުވީ މުޙައްމަދު ޖަމީލް ދީދީ.

    13
    1
  29. ބުރޯ

    މީ ހަމަ ބެލުންތެރިންގެ ސަމާލުކަން ހޯދަން ކުޅެފަ ކަމަށް ބެލެވެނީ

    5
    3
  30. އިބުނި ކަސީޜު

    އަހަރެން ތިކަމާއި ހައިރާންއެއްނުވޭ. ޝިފާ ތިއީ ހަމަ ރަތްލާޖެހި ދިވެއްސެއް. " ނުކައިތިބެ ބަނޑަށް މަރުވިއަސް އެމީހުންނަށް ކާންދޭން ނުޖެހޭނެއޭ ބުނުމަކީ ވަރަށް ލާއިންސާނީ ރަހުމްކުޑަ އަމަލެއް. މީހުން ބުނެ އުޅޭ ދިވެހިން ގެ އަސްލަކީ ޕައިރޭޓުންނޭވެސް. ޕައިރޭޓުން ކަނޑު ފޭރުމުގެ މަސައްކަތުގައި އުޅެމުން ރާއްޖެ ސަރަހައްދައް އައިސް ބޯފެން ހޯދުމަށް ރާއްޖޭގެ ރައްތަކަށް އައިސް ރާއްޖޭގެ މާހައުލާއި ގަޔާވެ ރާއްޖޭގެ ރައްތަކުގައި އެންމެ ފުރަތަމަ އާބާދުވީ އެމީހުން ކަމަށް ބުނެވޭ. ޕައިޜޭޓުންނަކީ އެމީހުން ގެ މީހަކަށް އެހެން ބަޔަކު އަނިޔާކުރަ މަންޒަރު ފެނިއްޖެނަމަ އޭނަ ސަލަމަތްކުރަންނޫޅެ އަޅާނުލާ ދުރުގައި ކުޅިބަލަން ތިބޭ ބައެއް. ވީމާ ޝިފާގެ ތިހިރީ ޕައިރޭޓުން ގެ ވިސްނުން.

    10
    1
  31. ނައިފަރޭ

    މިހާރުވެސް ތިސިފާގެ މައްސަލަތައް އެބަހުރި ކޯޓްގަ ފުނިޖެހިފަ ލަދުކޮބާ

    11
  32. ޜަފީގް ސާހަބް

    ށިފާ ވެސް އެއި ކާޅެއް މަނިކުވެސް އެއީ ގޮތެއްފޮތެއް ނެތް ރައުޑީއެއް

    1
    9
  33. އާދަނު

    ގޮތެއް ފޮތެއް ނެތް މީހުން ރާއްޖޭގެ ފިލްމީދާއިރާގަވެސް ތިމާއަށް ވުރެ ބޮޑެތި އަދި އެކްސްޕީރިއެންސް އެކްޓަރުންނަށް އިހުތިރާމް ކުރަން ނޭންގޭ މީހުން

  34. ލައްކައަކުން އެކަތި

    މަނިކު އާއި އާޝާ އަށް އެއްކޮށް ތާއީދު، ޝިފާ ދެކެ ވަރަށް ފޫހިވާން ފަށައިފި! ހަމަ ބުނެލީ😊!

  35. މުރުއްބި

    ޗަކޮއި އަމިއްލަ ނަފްސަށްވެސް މަލާމާތް ކުރާނެ ގަދަ ކަލޭ