ވައިޓް ލޯމަން ޖޯންސަންގެ މައްސަލައެއް މީގެ ފަސް އަހަރު ކުރިން އޭނާގެ އަނބިމީހާ ފުލުހުންނަށާއި ކޯޓަށް ހުށަހެޅިއެވެ. އެއީ އަނބިމީހާ މަރާލުމަށް މަސައްކަތްކޮށް ފިރިހެން ދަރިފުޅު ރަހީނު ކުރި މައްސަލައެކެވެ. ނަމަވެސް ވައިޓްގެ މައްސަލައެއްގެ ތަޙްޤީޤު ފެށުން ފިޔަވައި އިތުރު ކަމެއް ފުލުހުން ނުކުރިއެވެ.

ވައިޓް އޭނާގެ އަނބިމީހާ މަރާލަން މަސައްކަތްކޮށް ދަރިފުޅު ރަހީނު ކުރި މައްސަލަ ފުލުހުން ފައިލް ކުރީއެވެ. ވައިޓްގެ މައްޗަށް ދައުވާ ކުރަން ބޭނުން ނުވާކަމަށް ފުލުހުން ޕްރޮސެކިއުޓަރުންނަށް އެނގުމުން މައްސަލަ އޮބިގެން ދިޔައީއެވެ.

އޭގެ ފަހުން މިދިޔަ ހަފްތާގައި ވައިޓް ވަނީ ބަޑި ޖަހާ ހަމީހުން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެފައެވެ.

ވައިޓްގެ ކައިރިން މިހާރު ވަރިވެފައިވާ އަނބިމީހާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ހަމީހުންގެ ފުރާނަ ވައިޓްގެ ސަބަބުން ގެއްލުމުގެ ޒިންމާ ފުލުހުން ވެސް އުފުލަން ޖެހޭނެ ކަމަށެވެ.

އަނބިމީހާ މަރާލަން މަސައްކަތްކޮށް ދަރިފުޅު ރަހީނު ކުރުމުން ވައިޓް ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިނގި އަދަބު ކަނޑައެޅުނު ނަމަ ހަމީހުންގެ ފުރާނަ ދުއްވާލުމުގެ މެދުވެރިޔަކަށް އޭނާ ނުވީސް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފުލުހުން ވެސް ވަނީ ވައިޓް ކުރި ކުށް ކުރިން އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކުރެވިފައި ނުވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެކަން މެދުވެރިވި ސަބަބުން އިތުރަށް ބަލައި ފުލުހުންނާއި މެދު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާދިލު

    ޚަބަރު ކިޔައިކިޔައި ވެސް މީ ކޮން ގައުމެއްގެ މީހެއްކަމެއް ނޭނގުނު.

  2. ބެއްޔާ

    5 ކާފު ހަމަނުވާތީ ޚަބަރުގަ ތަންކޮޅެއް ލޮނު މަޑު.