ރަމަޟާން މަހު ފެށުނު ތަށިބަރި ހަދިޔާ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް މިއަދު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށްވާ މުހައްމަދު ރައިޝާން (ރައިއްކޮ) އަށް ތަށިބަރި ހަދިޔާކޮށްފިއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ރައިއްކޮ އަކީ ނަމޫނާ ދަރިވަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުން އޭ ސްޓާ އަކާއި ފަސް މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ އަދި ބީ އެއް ހޯދައިފައެވެ. ރައިއްކޮ އަކީ ކިޔެވުމަށް މޮޅު އިތުރު ހަރަކާތްތަކުގައި ވަރަށް ގިނައިން ހަރަކާތްތެރިވާ ދަރިވަރެކެވެ.

ރައިއްކޮ އޯލެވެލް އިމްތިހާއި އެސްއެސްސީ އިމްތިހާނުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ރައިއްކޮ އާއި ބައްދަލު ކުރިއެވެ.

ތަށިބަރިމޫވްމަންޓްގެ ނަމުގައި ޓްވިޓާގައި ފެށުނު ހަރަކާތް ވަރަށް ބޮޑަށް ފުޅާވެ، ސިޔާސީ ބޭފުޅުންނާއި، މަޝްހޫރު ފަންނާނުން އަދި އާންމުންގެ ގިނަ ބަޔަކު ވަނީ އެކަކު އަނެކަކަށް ތަށިބަރި ހަދިޔާކޮށްފައެވެ. ތަށިބަރި ހަދިޔާ ކުރުން ކުރިއަށް ދިޔައީ ތަށިބަރިއެއް ލިބޭ މީހަކު ޖެހިގެން އަންނަ ދުވަހު އެހެން މީހަކަށް ތަށިބަރި ހަދިޔާ ކުރާ ގޮތަށެވެ. ތަށިބަރީގައި ކޮންމެ ދުވަހަކު އެމީހަކު ރޯދަ ވިއްލުމަށް ތައްޔާރުކުރި ކާނާގެ ބާވަތްތައް ހިމަނާފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ތިއީ ހަމަ ދެއްކުން ތެރިކަން. މާތާހިރުވާނެ ސްކޫލް ތަކުގަ އުޅޭ ނުކުޅެދެ ހާލުގަ ތިބި ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނިއްޔާ.

  • ޑޮންޑޮން

   ޢަބަދުވެސް ނެގަޓިވް

 2. ފާނު

  ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ކުއްޖަކަށް ފޮންޓް ބޮޑުކޮށް ޕްރިންޓްކޮށްލާފަ ޓެސްޓް ޕޭޕަރ ނުދެވޭ. އަދި ސައިޒް 12 އިން ޕްރިންޓް ކޮށްފަދީފަ އިތުރު ވަގުތުކޮޅެއްވެސް ނުދޭ. މިއީ ސްކޫލްތަކުގެ ހާލަތު. ތިޔަ މިނިސްޓްރީގެ ޒިންމާއެއް ނުވޭތަ މިކަންކަމުގަ.

  • ޒިންމާ

   ދަރިވަރު އިމްތިހާނުގަ އިށީނުމުގެ ކުރިން ބެލެނިވެރިޔާ ސްކޫލް އާއި ގުޅިގެން ކުރަންޖެހޭ ވަރަށް ގިނަކަންތައްތަކެއް ހުރޭ. ޒިންމާދާރު ބެލެނިވެރިން ނެތީމަ ވާގޮތް. ޚަންވެ ނިމުނީމަ ވާހަކަ ދެއްކިޔަސް ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ.

  • ނައި

   ތި ކުއްޖާ ގެ މައުލޫމާތު ލިބިއްޖިއްޔާ އެހީ ވާން ބޭނުން. ޅޯފަންކުދިންގެ ޖަމިއްޔާއަށް އިންފޯމް ކޮއްލަ ދެއްވާ

 3. Anonymous

  ދަރިބަރަށް ކިޔަން އެގޭ ސައިޒްގެ ފޮންޓެއްގައި ޕޭޕަރު ތައްޔާރުކޮށްފައި ދިނުމުގެ އިޚްތިޔާރު ސްކޫލްތަކަށް އޮވޭ.މިނިސްޓްޜީގެ މައްސަލައެއް ތިޔަކު ނެތް. ޢެކަމަކު މިހާރަކަށް އައިސް ދެއްކުންތެރިކަމުގެ ބައި ވަރަށް ބޮޑު ކަން ފާޙަގަ ވޭ

 4. ތަރޭ

  ތީ ތިއްތި ދައްކާ މިނިސްޓަރެއް.
  ކަންދައްކަން އުޅެ އަންހެނެއް.
  ތަށި ބަރިން ކާން ލަދުން ނިކަމެތިންގެ އެއްޗެއަކްނ އޭނަ އެ ހާމަކުރީ.
  ކީއްވެ ތިޔަ މިނިސްޓަރު ތިފަދަ ކުދިންނަށް ރޯދަވީއްލުމެއް ނުވަތަ ތަރާވީހެއް ނުދިނީ. ހަމަ ދެއްކުންތެރިކަން

 5. އިސްމާއީލް

  ކަލޭމެންނަށް ރަގަނޅު ގޮތެއް މީހަކަށް ނުހެދޭނެ.އެމްޑީޕީ ވެގެންގޮސް މަގުފުރެދިފައި.މި ބައި ގަނޑު މި ލޮބުވެތި ފަސް ގަނޑުން ފޮހެލަންވީ

 6. މަންމަ

  ތައުލީމީ ނިޒާމްގެ ތެރެއަށް ދަރިފުޅު ނެރޭއިރު އެތަނަކަށް ބޭނުނވާތަކެތި ހުރީހަމައަށްތޯ ބަލާފަ ދަރިފުޅު ކިޔާވަން ފޮނުޗަން ފޮނުވަންޏާ ޖެހޭނީ އެކަން ނުކޮއްތިބެން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ތަޢުލީމީ ތަންތަނަށް ބަލާލިއަސް ހުރިހާކަމެއް ފުރިހަމަތޯ ވިސްނާލަބަލަ. ޙިތްވަރަައެކު ކެރިގެން ކުރިމަތިލީމަ ކާމިއާބާއި ހަމައަށް ވާޞިލްވެވޭނެ

 7. Anonymous

  ދހިވެހިންނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް.....