ބޭނުންވާ ތަކެތި:

85 ގްރާމް ޗޮކްލެޓް

1 މސ ކޮފީ

700 މިލި ލީޓަރު ކިރު

4 ސްކޫޕް ވެނީލާ އައިސް ކްރީމް

 

ތައްޔާރު ކުރާނެ ގޮތް:

75 ގްރާމް ޗޮކްލެޓް ރަނގަޅަށް ކުދިކޮށްލުމަށްފަހު ކޮފީ އާއެކީ ބޮޑު ޖަގަކަށް އަޅާލާށެވެ. 300 މިލި ލީޓަރު ކިރު ހޫނު ކުރުމަށްފަހު ޗޮކްލެޓާއި ކޮފީ އެއްކޮށްފައި ހުރި ޖަގަށް އަޅާލާށެވެ. ޗޮކްލެޓާއި ކޮފީ ވިރެންދެން ރަނގަޅަށް ގިރާލާށެވެ. އޭގެ ފަހުގައި ފިނި ކުރަން ބަހައްޓާށެވެ.

އެއްކޮށްފައި ހުރި އެއްޗެހި އަދި އައިސްކްރީމް އާއި ބާކީ ހުރި ކިރު މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އޭގެ ފަހުގައި ތައްޓަށް އަޅާލާށެވެ.

އައިސްކްރީމް ސްކޫޕެއް އެޅުމަށްފަހު ސާވްކޮށްލާށެވެ.