މިހާރު ނެކްސްޓް ޓީވީ އިން ދައްކަމުންދާ "ބުނެލަދީ" ސީރީޒް އަކީ އައްޑޫ ސިޓީގެ ގްރީން އާރޓްސް އާއި އެ ޓީވީ ގުޅިގެން އުފައްދާ ސިލްސިލާ ޑްރާމާ ސީރީޒްއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ މި ޑްރާމާ ސީރީޒް އަކީ ލޯބީގެ ޝައުގުވެރި ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ އިބުރަތްތެރި ޑްރާމާއެކެވެ.

އައްޑޫގައި ޝޫޓްކޮށްފައިވާ މި ޑްރާމާއިން އައްޑޫ ސިޓީގެ ރީތިކަން ވަރަށް ރަނގަޅަށް ފަހުމުކޮށްދެއެވެ. އާއިލާ އެކުގައި ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޑްރާމާ އިން ފިލްމީ ދާއިރާ އިން ފަރިތަ ދެ މޫނު ކަމަށްވާ ޝަހޫ އާއި އަމަންގެ އިތުރުން ޓިކްޓޮކް އިން މަގުބޫލު ބައެއް ފަންނާނުންނާއި މި ދާއިރާ އަށް މުޅިން އާ ފަންނާނުންތަކެއްވެސް ފެނިގެންދެއެވެ.

ރޯދަމަހުން ފެށިގެން ޝޫޓިންގެ މަސައްކަތް ކުރިއަށް ދާ މި ޑްރާމާގެ ޝޫޓިން އަދިވެސް ކުރިއަށް ދާއިރު މި ޑްރާމާގެ ކޮންމެ އެޕިސޯޑެއްގައި ހުންނަނީ 30 މިނިޓެވެ. މި ޑްރާމާގައި ތަރިން ދައްކުވާދިން އެކްޓިން އާއި ޑްރާމާ ގެނެސްދީފައިވާ ގޮތަށް ބެލުންތެރިންގެ ތައުރީފު މެދު ނުކެނޑި ލިބެމުން ދާއިރު ޑްރާމާ ހަމައެކަނި ދިރާގު ޓީވީ އިން ދައްކާތީ އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށް ވެސް އެ ޑްރާމާގެ ޕްރޮޑަކްޝަން ކެފޭ އިން ވަނީ ބުނެފައެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ މި ޑްރާމާ އަކީ ފިލްމީ ތަރި އަމަން (ޓޮމް) ފިލްމީތަރި މަރިޔަމް ޝަހްޒާ ޝަހޫ އެސިސްޓަންޓް ޑައިރެއްކްޓަރއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ޑްރާމާއެކެ.

މިޑްރާމާގެ ސަޕޯޓިން ރޯލްތަކުން މައްޝޫރު ޓިކްޓޮކް ތަރި ހަސަން ނިޒާރު (ހަސޭ)، ސްޓަންޓް ރައިޑާ ޖިމީ ޖިމްޝާދު ޝަރީފްގެ އިތުުރުން ނުސްރާ އާއި އައިންތުގެ އަދި ޔާމީން ޔާމްބެ އާއި އަމީލް ފެނިގެންދެއެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބޭބީ ނަސީރުގެ ކޮއްކޮ އަޒްމީލް އާއި ގެސްޓް އެޕެއަރެންސް އިން ލަވަކިޔުންތެރިޔާ އަޙްމަދު ޝިފާޢު މުހައްމަދު ބެކަމް ވެސް މި ޑްރާމާއިން ފެނިގެންދެއެވެ.

މި ޑްރާމާގެ ޕޯސްޓް ޕޮރޮޑަކްޝަންގެ މަސައްކަތް ކޮށްދީފއި ވަނީ ސިމާން ހާދީ (މާނު) އަދި އަޙްމަދު ނާއިލް ރަޝީދު ނާއިލްއެވެ.އަދި ޑްރާމާގެ ކެމެރާ ކުރީ ސިމާން ހާދީ (މާން) ކަމަށް ވާއިރު ޑްރާމާގެ ކޮސްޓިއުމް ޕާޓްނަރ އަކީ ހައުސް އޮފް ވޯޖް އަދި ޕޮރޮޑަކްޝަން ޕާޓްނަރ އަކީ ސްކައިއެވެ.

ޑްރާމާގެ ޕްރޮޑަްޝަން ޓީމުން ބުނީ މި މަސައްކަތަކީ މީ އަދި ފެށުމެއްކަމާއި މިހާރުވެސް ފީޗާ ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ އަމާޒަކީ މާލެ ނޫނަސް ދިވެހި ފަންނީ އުފެއްދުންތައް އުފައްދާނެ އެހެން ޕްލެޓްފޯމެއްވެސް އޮތުންކަން މި ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތަށް އައްޑޫސިޓީގެ ހުރިހާ ރަށަކުން ލިބެމުންދާ އެއްބާރުލުމަށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންނަށް މުޅިޓީމުގެ ފަރާތުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު