ދިވެހިންގެ މެދުގައި މަޝްހޫރު ރަށު ޕިކަޕް ނުވަތަ ޓްރައިސިކަލްއެއްގައި ޗައިނާ މީހަކު ކާރެއް އުފުލި މަންޒަރަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިކަން ހިނގާފައި ވަނީ ޗައިނާގެ ޒެޖިއަން ޕްރޮވިންސްގައެވެ.

ޗައިނާގެ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި މިމަންޒަރު ފެންނަ ވީޑިއޯ އަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު އޮތީ ހުރަހަށް ރަށު ޕިކަޕްގެ މަތީގައި ބާއްވާފައެވެ.

ރަށު ޕިކަޕް ދުއްވަން އިން މީހާ ޗައިނާގެ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ރަށު ޕިކަޕްގެ މަތީގައި ބާއްވާފައި އޮތީ އޭނާ 800 ޔުއާން (1900 ދިވެހި ރުފިޔާ) އަށް ގަތް ކާރެކެވެ. ނަމަވެސް ކާރު އޮތް ހާލަތުގެ ސަބަބުން ކާރު ދުއްވެން ނެތުމުން ކާރު މަރާމާތައް ގެންދަން ރަށު ޕިކަޕަކަށް އެރުވީ ކަމަށް އޭނާ ބުންޏެވެ.

ޑްރައިވަރު ކާރު ގެންދަން ބޭނުންވީ ހިސާބަށް އެއްވެސް މައްސަލައެއް ދިމާނުވެ ކާރު ގެންދެވުނު ނަމަވެސް ފުލުހުން ވަނީ ފަހުން އޭނާ ހޯދާ އޭނާ ޖޫރިމަނާ ކޮށްފައެވެ. އޭނާ ޖޫރިމަނާ ކުރީ 1300 ޔުއާން (3150 ދިވެހި ރުފިޔާ) އަށެވެ. އަދި އޭގެ އިތުރުން އޭނާގެ ލައިސަންސް އިން ވަނީ ނުވަ ޕޮއިންޓް ކަނޑާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށު ޕިކަޕު

    ސޭޑު ލައިފު 🙁