ދައްކަން މިއުޅެނީ ދިވެހިންގެ ވާހަކަ އެކެވެ. ވަކި ކޮޅަކަށް ވަކި ފަރާތަކަށް ބުރަވުމެއް ނެތި މި ވާހަކަ ދައްކަން ބޭނުން ވިތާ ކިތައްމެ ދުވަހެކެވެ. ނަމަވެސް ރަނގަޅު ފުރުސަތެއް އަދި އެކަށީގެން ވާ ހެއްކެއް ވެސް ލިބިފައި ނެތުމުން މި ވާހަކަ ދެއްކުން ފަސްކުރަން ޖެހުނީއެވެ. އެހެން ނަމަވެސް މިއަދު މި އޮތީ ވަގުތު ޖެހިފަ އެވެ. އަތް ކުރި އޮޅާލައިގެން ކިޔައިދޭން ފަށާނަމެވެ.

މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި އިންޑިއާ ސައި ވިއްކާ މީހެއެއް، އެންމެން ގެ ނަމުން ނަމަ "ޗައިވާލާ" ގެ ފޮޓޯ އެއް މީސްމީޑިއާގައި އާންމުވެގެން ދިޔައެވެ. އޭނާގެ ރީތިކަމަށާއި ލިބިފައިވާ ނޫ ކުލައިގެ ކަޅި އަށް މުޅި ދުނިޔޭގެ ލޯ އަމާޒު ވިއެވެ. އެދުވަސްކޮޅުގައި ދިވެހިން ގެ ތެރޭގައި "ޗައިވާލާ" އާންމުވެ، ދިވެހި ފިރިހެނުން އެކްޓް ކޮށް ނަގާފައި ވައިރަލް ކޮށްލިޔެއެވެ. ދިވެހި ފިރިހެނުން ތަކެއް ކުރި ކަމެއްގެ ސަބަބުން އެތައްބައެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނުވިއެވެ. އަދިވެސް ދިވެހިންގެ ތެރެއިން "ޗައިވާލާ" ގެ ހަނދާން ތަށް ފޮހެވިގެން ނުދެއެވެ. އެކަން މިއަހަރު މޯލްޑިވިއަން އައިޑަލް އިންވެސް ފެނިގެން ދެއެވެ.

މިފަދަ ޕޯސްޓް ތަކަށް ފަހު ހިތަށް އަރުވައިލައިގެން ހުރީ ފިރިހެނަކު އެކަހަލަ ގޮތަކަށް މަޝްހޫރު ކަމެއް ލިބުނީމަ ދިވެހި ފިރިހެނުން ގެ ހުރި ފެންވަރު ދައްކާލަނީ ކަމަށެވެ. އުއްމީދު ކޮށްލައިގެން ހުރީ ދިވެހި އަންހެނުން އަދި މާ ކުޅަދާނަ ވާނެ ކަމަށެވެ. އުއްމީދު ނުކުރަން ވީ ސަބަބެއް ވެސް ނެތެވެ. ކަރު ކަނޑާލައިގެން ލޯ ވެއްޓިފައި އޮންނަނީ ގެންގުޅޭ ސްމާޓް ފޯނުގެ ސްކްރީނަށެވެ. މީސްމީޑިއާގައި ދިވެހި ފިރިހެނުންނަށް ވުރެ ދިވެހި އަންހެނުން އުޅެނީ އުހުގައެވެ.

މިހެން ވިސްނައިގެން ދިވެހި އަންހެނުންގެ ކުޅަދާނަކަން ބަލާލުމަށް ކެތް މަދުވެފަ ހުއްޓައި އިހަކަށް ދުވަހު ދުނިޔޭގެ ގިނަ ފިރިހެނުންގެ ހިތްތަށް ކަތިލާލީ ހަމަ އިންޑިއާ އަށް ނިސްބަތް ވާ ޒުވާން އަންހެން ކުއްޖެއްގެ ބެލުމެކެވެ. ޕްރިޔާ ޕްރަކާޝް ނަމަކަށް ކިޔާ ޒުވާނާގެ ކަޅިރަވަޔާއި ލަދުރަކި ހިނިތުންވުމުގެ ވީޑިއޯ އަކުން ދިވެހި ޒުވާނުން ވެސް ޣަރަޤު ކޮށްފިއެވެ.

ނަމަވެސް، އުއްމީދު ކުރިގޮތާއި މުޅިން ޚިލާފެވެއްޖެއެވެ. މިފަހަރުވެސް ދިވެހިން ގެ ތެރެއިން އެވީޑިއޯގެ މީމް ހެދީ ދިވެހި ފިރިހެނުންނެވެ. ދިވެހި ފިރިހެނުން އާވާރާ ވާ މަންޒަރާއި ބުމައަށް ގެންނަ ބަދަލު ތަކުގެ ވީޑީއޯ ތަކުން މިފަހަރު ވެސް ދިވެހި މީސްމީޑިއާ ބަންޑުން ކޮށްލައިފިއެވެ. ނުހޭން ހުންނަ މީހާވެސް ހެއްވާލައިފިއެވެ.

ހަމަ އެ ވީޑިއޯއިން ފެނިގެން ފިޔަ ފިރިހެން އެކްޓަރު ރީތިވެގެން މީސްމީޑިއާގައި އެހެން ގައުމުތަކުގެ އަންހެނުން ވަރަށް ފޯރި އެބަ ހުއްޓެވެ. މީމްވެސް އެބަ ހަދައެވެ. އެކަމަކު ދިވެހި ޕޭޖްތަކުގައި އެފަދަ ކަމެއް ނުފެނެއެވެ.

ވަކި ޖިންސަކަށް, ވަކި މަސްރަހަކަށް ބެލުމެއް ނެތި ދިވެހި ޒުވާނުން ކުރަމުންދާ ކަންކަމުން ގެ ސަބަބުން ފޫހިފިލާ ހިތްހަމަ ޖެހެނީ ހަމަ އެކަނި އެ ދިވެހި ފިރިހެނުން އެކަންޏެއެއް ވެސް ނޫނެވެ. ނަމަވެސް އަދި އަންހެނުން ގެ ކުޅަދާނަކަން ފެންނަން ޖެހޭ ވަގުތު ނުޖެހެނީ ކަމަށް ވެސް ވެދާނެއެވެ. އެ ވަގުތަށް ދިވެހި އެތަށް ބައެއް އިންތިޒާރުވެސް ކުރާނެ ކަން ޔަޤީނެވެ. މީހުން ބުނެ އުޅެއެވެ. - އިންތިޒާރުގެ ނިމުން ފޮނިވާނެވެ-

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްސީނު

    ކޮބާތަ ތި ބުނާ ވީޑިއޯއެއް؟

  2. ައިންޑިޔޢާ

    ޗައިވަލާ އަކީ ޕާކިސްތާން.

  3. އަހުމަދު

    ތިބުނާ އަންހެނުންގެ ކުޅަދާނަކަން ފެނުނުކަމައްވާނީ މިހާރު ލައިއުޅޭ އެއްޗެއްސައްވުރެވެސް ކުރު، އަދި ތުނިއެއްޗެހިލައި ފިރިހެނުން ތަކަކާ ފޮސެލީމަކަންނޭންގެ........ ނޫނީ އެއްޗެހިނުލައި ހުރީމަ ކަންނޭންގެ.....

  4. ކުއްޖެއް

    ހުސެން ސިނާނު މި އާރޓިކަލް ލިޔެފަ އިން އިރު، ސިނާނުގެ ގެ ތި އާރޓިކަލް ގެ ހެޑްލައިން މުޅިން ރަނގަޅެއްނޫން. އަސްލު އެތާންގަ އިންނަން ވާނީ "ދިވެހި އަންހެނުންނަށް ވުރެ "މީމް" ހެދުމުގައި ދިވެހި ފިެރިހެން ކުރީގައި"