ބޭނުންވާ ތަކެތި:

1/4 ޖޯޑު ގޮދަން ފުށް

1/2 ސސ ލޮނު

1/4 ސސ އަސޭމިރުސް

1/2 ސސ އޮރިގާނޯ

4 ކުކުޅު ބްރެސްޓް

4 މސ ބަޓަރު

4 މސ އޮލިވް އޮއިލް

1 ޖޯޑު ކޮށާފައި ހުރި މަޝްރުމް

 

ތައްޔާރު ކުރާނެ ގޮތް:

ތައްޓެއްގެ ތެރެއަށް ފުށާއި ލޮނާއި އަސޭމިރުސް އަދި އޮރިގާނޯ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ފަހުގައި އެއްކޮށްފައި ހުރި އެއްޗެހި ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ.

ތަވައަކަށް ބަޓަރު އެޅުމަށް މެދު މިންވަރަކަށް ހޫނު މިން ބަހައްޓައިގެން ބަޓަރު ކޮޅު ވިރުވާލާށެވެ. ކުކުޅު ދެ ފުށަށް ޖަހާ ރަތް ވަންދެން ދެފުށަށް ޖަހަމުން ގެންދާށެވެ. އޭގެ ފަހުގައި ކުކުޅުގެ މައްޗަށް ކޮށާފައި ހުރި މަޝްރޫމު އެޅުމަށްފަހު ތަވާގެ މަތި ބަންދު ކުރުމަށްފަހު 10 މިނެޓް ވަންދެން ކައްކާލާށެވެ.