ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހިތްދަތި ހާދިސާތަކާއި މަސައްކަތްތަަކުގެ ސަބަބުން އިންޑިއާގެ ޑޮކްޓަރަކު އަމިއްލައަށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުއްތަރު ޕްރަދޭޝްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޑޮކްޓަރެކެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ (އައިއެމްއޭ)ގެ ކުރީގެ ޗީފް ޑޮކްޓަރު ރަވީ ވަންކެޑަރ ކޮށްފައިވާ ޓުވިޓެއްގައި ބުނީ، ޑޮކްޓަރު ވިވެކް ރާއި އަކީ ހީވާގި ޑޮކްޓަރެއް ކަމަށާއި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބަލި މީހުންނަށް ތަފާތު ކުރުމެއް ނެތި އޭނާ ފަރުވާ ދޭ ކަމަށެވެ.

ފަހަކަށް އައިސް އޭނާ އަކީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރެއް ކަމަށް ބުނެފައި ވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހާލުބޮޑު ނުވަތަ އައިސީޔޫގައި ފަރުވާ ދޭ ހަތެއް ނުވަތަ އަށް ބަލި މީހަކު އޭނާ ބަލައެވެ.

އޭނާ މަރުވެފައިވަނީ ފަރުވާ ދޭ ގިނަ ބަޔަކު މަރުވަމުން އަންނާތީ އެކަމާއި ވިސްނައިގެންނެވެ.

"މިފަދަ ދަނޑިވަޅެއްގައި ކެއްނުކުރެވިގެން އޭނާ އެފަދަ ނިންމުމެއް ނިންމީ" ރަވީ ބުންޏެވެ.

ވިވެކް މަރުވިއިރު، އޭނާގެ އަންހެނުން ބޮނޑުބޮޑު ކަމަށްވެސް ރަވީ ބުނެފައު ވެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާ މަރުވުމުގެ ކުރިން ލިޔުމެއް ބޭއްވި ކަމަށެވެ. އެހެން ނަމަވެސް ލިޔުމުގައި ބުނެފައިވާ އެއްޗެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާ ކަމަށެވެ.

އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް އަރައި އެގައުމުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެގެ ކަޅޭ

    ބުއްދި ސަލާމަތުން ހުރި ޑޮކްޓަރެއްނަމަ އަމިއްލައަކަށް މަރެއަ ނުބާނެ.

    19
    2
  2. އަލިބެއްޔާ

    ކޮންފަދަ ގަމާރު މީހެއް..

  3. ޅޮލލލލ

    ތިއީ މޮޔައެއް.