ބައިސްކޯފުން ގެނެސްދޭ ޑްރާފްޓް ޕްރޮގްރާމުގައި ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ދެ ފަންނާނުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ އަލީ ސީޒަން އާއި ނިއުމާ މުހަންމަދު ބައިވެރިވިއެވެ. މި ދެ މީހުންނަކީ ކުރިން ލޯބީގެގޮތުން ގުޅިގެން އުޅެފައި ކައިވެނިވެސް ކުރި ދެ މީހުންނެވެ. އެހެން ނަމަވެސް ދެ މީހުންގެ އެ ގުޅުން ކެނޑުނެެވެ. ނަމަވެސް ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރުލެއް ނާރައެވެ. އޭގެ ފަހުންވެސް ދެ މީހުން އެކުގައި މަޝްހޫރު ފިލްމްތައް ކުޅެފައި ވެއެވެ.

ޑްރާފްޓް ޕްރޮގްރާމަކީ ދެމީހުން ދެމީހުންނަށް ސުވާލުކޮށް ފަންނާނުންނާއި ގުޅޭގޮތުން ބެލުންތެރިންނާއި ހަމަޔަށް އެތައް މައުލޫމާތެއް ގެނެސްދޭ ޕްރޮގްރާމެކެވެ.

ޑްރާފްޓް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ނިއުމާ ބުނެފައިވަނީ ސީޒަންއާއި ދިމާވީ ރައްޓެއްސެއްގެ ފަރާތުން ކަމަށާއި، އޭރުގައި ދަތުރު ގޮސް، މަޖާކޮށް އުޅުނު އިރުވެސް ހަޔާތުގައި މުހިންމު ދައުރެއްް އަދާކޮށްފާނެ މީހަކަށް ވެދާނެ ކަމަކަށް ހިތަށް ވެސް ނާރާ ކަމަށެވެ. ދެމީހުން އަލަށް ދިމާވީ 1997 ގައި ކަމަށް ސީޒަން ބުނެފައި ވެއެވެ.

ޕްރޮގްރާމުގެ ތެރެއިން ވާހަކަ ދެކެވެމުން ނިއުމާ ބުނެފައިވަނީ ސީޒަންގެ ފަރާތުން ބައިވަރު ކަންތައް ތަކެއް ދަސްވި ކަމަށެވެ. އަދި ދެމީހުން ވަކި ނުވާ ކަމަށާއި އަބަދުވެސް އުޅެނީ އެކުގައި ކަމަށް ބުނެފައި ވެއެވެ.

ދެމީހުން ވަކި ނުވި ނަމަ މިހާރު ވާނީ ކިތައް އަހަރުތޯ ނިއުމާ ސުވާލު ކުރުމުން އެއަށް ޖަވާބު ދެމުން ސީޒަން ބުނީ މިގުޅުމަށް ވަކި ޑޭޓެއް ނޯންނާނެ ކަމަށާއި މިއީ އަބަދުގެ އަބަދަށް ދެމިގެންދާ ގުޅުމެއް ކަމަށެވެ.

"1997 އިން ފެށިގެން މިއަދާ ހަމަޔަށް ވެސް މިތިބީ. އެއްވެސް ވަކިވުމެއް ނެތް" ދެމީހުންގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ނިއުމާ ބުނެއެވެ.

ސީޒަން ބުނީ ދެމީހުންގެ ގުޅުމަށް ބަދަލު އަންނަ ވަކި ވަގުތެއް ވަކި ހާލަތެއް އައިސްފައި ނުވާ ކަމަށެވެ. މީގެ ކުރިން ވެސް ދެމީހުން އެކަކު އަނެކަކަށް ކުރަމުން އައި އިހުތިރާމް އަދި ވެސް ކުރާކަން ސީޒަން ފާހަގަ ކޮށްފައިވެއެވެ. ސީޒަން ބުނީ ހަމަ އެކަނި ތަފާތަކީ ދެމީހުން ވެސް ދެމީހަކާއި އިނދެ ދަރިން ލިބިފައި ތިބިކަން އެކަނި ކަމަށެވެ.

ނިއުމާއާއި ސީޒަންގެ ގުޅުން ސިފަ ކޮށްދެމުން ސީޒަން ބުނެފައިވަނީ ދިރިއުޅުމުގެ މަދު ކަމެއްގައި ނޫނީ ދެމީހުންގެ މެދުގައި ހިޔާލު ތަފާތުވުން ނުހުންނަ ކަމަށެވެ.

ސީޒަން ބުނީ ނިއުމާއާއި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ.

ސީޒަން ދެމީހުންގެ ގުޅުން ސިފަކޮށްފައިވަނީ "ރައްޓެއްސަކަށް ކަމުދާ، ހަޔާތުގެ ބައިވެރިޔަކަށް އެންމެ ރަނގަޅު ނޫން" ދެމީހުންގެ ގޮތުގައެވެ.

ދެމީހުންގެ ވާހަކައިގައި ވެސް ފާހަގަ ކޮށްފައިވަނީ ދެމީހުންނަކީ ވެސް ރަނގަޅު އެކުވެރިން ކަމަށެވެ. އަދި ހަޔާތުގައި ދިމާވާ ކަންތައްތައް ދެމީހުން ވެސް އެކަކު އަނެކަކާ ހިއްސާ ކުރާ ކަމަށް ދެ މީހުންގެ ވާހަކައިން ދޭހަވެއެވެ.

ނިއުމާ ބުނެފައިވަނީ އަބަދު ގުޅާ، ނުވަތަ އަބަދު ދިމާވާ ބަޔަކަށް ނުވި ނަމަވެސް، ދިމާވީމަ އެ އޮންނަ އެކުވެރި ގުޅުމެއް އޮންނަ ކަމަށެވެ.

ދެމީހުން ކައިވެނި ކޮށްގެން އުޅުނު ދުވަސްތަކަށް އަލިއަޅުވާލާ ދެކެވުނު ވާހަކައިގައި ދެމީހުން އެކުގައި ބުނެފައިވަނީ ކައިވެނި ކޮށްގެން އުޅުނު ދުވަސްތަކަކީ ވަރަށް ބުރަކޮށް ދިޔަ ދުވަސްތަކެއް ކަމަށެވެ. މި މައުޟޫއަށް އިތުރަށް ވާހަކަ ކުރިއަށް ގެންދަމުން ސީޒަން ބުނީ ކައިވެންޏާއި ގުޅުން ހުރި ކަންތައް ތަކަށް ވިސްނާނެހާ ވެސް ވަގުތު އޭރު ނުލިބުނު ކަމަށެވެ.

ނިއުމާއާއި ސީޒަން އެކުގައި އުޅުނު ދުވަސްތަކަކީ ވަރަށް ފޮނި ދުވަސްތަކެއް ކަމަށް ނިއުމާ ބުންޏެވެ. އަދި ދެމީހުންގެ އެކުގައި އުޅުން ދުވަަސްތަކުގެ ތެރެޔަށް ފީނާލަމުން އެންމެ ހަނދާންވާ ދުވަހެއްގެ ގޮތުގައި ސީޒަން ބުނެފައިވަނީ ފުރަތަމަ އެނިވާސަރީ ރޭ ކަމަށެވެ. އެރެޔަކީ ވަރަށް މަޖާ ރެއަކަށްވި ސަބަބު ވެސް ސީޒަން ވަނީ ކިޔައިދީފައެވެ.

ސީޒަން ބުނީ، އެއީ ފުވައްމުލަކުގައި ޝޫޓިންގް އަކަށް ގޮސްތިބި ފަހަރެއް ކަަމަށެވެ. ސީޒަން ބުނީ އެއް ދުވަހެއްގެ އިރާކޮޅު ޝޫޓިންގް ކެންސަލްވީ ކަމަށެވެ. އެކަމާ ވަރަށް ހިތްހަމަ ނުޖެހުނު ނަމަވެސް، އެރޭ މީހަކު ކެއުމެއް ދޭތީ އެތަނަށް އެންމެންނާއި އެކުގައި ދިޔަ ކަމަށެވެ. އެތަނުން ސީޒަންގެ ކުރިމަތީގައި ކޭކެއް ބޭންދުމުން މިއީ ކާކު ބާތްޑޭ އެއްތޯ ސީޒަން ނިއުމާއާއި ސުވާލު ކުރި ކަމަށް ބުންޏެވެ. އަދު އެއީ އެނިވާސަރީ ދުވަސްކަން ސީޒަންއަށް ނޭނގުމުން ނިއުމާ އެކަމާ ވަރަށް ރުޅި އައިސްފައި ހުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

ނިއުމާ ބުނީ ނައިފަރުގައި އޮތް ޝޯ އަކަށް ގޮސް ތިބި ފަހަރެއްގައި ވެސް ސީޒަންގެ އުފަންދުވަސް ފާހަގަ ކުރަން ވެގެން ސަޕްރައިސް ކޭކެއް ގެނައުމުން ވެސް ސީޒަންއަށް އެއީ ކޮން ކޭކެއްކަން ނޭންގިގެން އުޅުނު ކަމަށެވެ. ސީޒަން ބުނީ އޭރު ދިރިއުޅުމުގައި މަސައްކަތް ނޫން އެހެން އެއްވެސް ކަމެއްގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަކުރު ބޭ

    މި 2 މީހުން ވަރަށް ލޯބި ދޯ

    14
    12
  2. ރަނާ

    އެ ކުވެރި ކަން ގަދަވެގެން ދެމީހުންގެ ފޫ ކޮޅުގަ ސައްޕުވެސް ޖެހިދޯ

    43
    3
    • އުއްމީދު

      އެމީހުނވާ ދުނިޔޭ ގަ ކުށަށް އޮތްއަދަބުލިބިގެންފިތާ. ކިތައް މީހުން ސިއްރުން ސައްޕު ޖެހުން ޙައްޤު ފާޙިޝް ޢމަލު ކުރަނީ. ފަޅާ ނާރާތީ އެ އަލިފަކަށްވީ؟

      13
  3. ބޫތުކަކަ

    ފްރެންޑްޒޯންޑް؟؟؟؟

    11
    3
  4. ޙަމައަސްްލު

    ސަޅި

    12
    8
  5. ކްރޯޑް

    މިމީހުން ފެނުނީމަ އަހުން ހަދާންވަނީ ޖަސްޓިސް ބިލްޑިންގ ގެ ގަހެއްގެ ދަށުގަ ފޫ ކޮޅުގަ ސައްޕު ޖެހި ހަދާން

    40
    6
    • ހހ

      ހައްދު ތަ

      3
      1
  6. މަނީމަނީ

    ސައްޕު ޖަހާ ޝޯދިން ދެމީހުން ޖަސްޓިސް ދޮރުމަތީގަ

    33
    4
  7. Duckett

    މީހަކު ކުރި ކުށެއްގެ އަދަބު ލިބި ރަނގަޅު ދިރިއުޅުމެއް ފެށީމާ ވެސް މީހުން ކުރަނީ މަލާމާތްތަ؟ ކިތައް މީހުނަށް ޖެހިލުންވުމެއް ނެތި މަ މިކަން ކުރީމޭ އެކަން ކުރީމޭ ކިޔަާފަ އަމިއްލަޔަށް ތަޢުބާ ވެވޭނީ؟؟

    ގައިމު ހައްދު ޖަހަންވެފަ ތިބި މީހުން ރާއްޖެއަކު މަދެއް ނުވާނެ.

    22
    1