ކެނެޑާގައި ވަޒަންވެރި ވެގެން އުޅޭ މުސްލިމު ރެފިއުޖީ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅަކަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޑިން ޓްރެޑޫގެ ނަން ދީފިއެވެ.

އަފްރާ ހަޖް ހައްމޫދު އަދި މުހައްމަދު ބިލާލް އަށް ލިބުނު މި ކުއްޖާ އަށް ޖަސްޓިން ޓްރޫޑޯގެ ނަން ދީފައި މިވަނީ އޭނާ އެ ދެމަފިރިނަނަށް އެ ގައުމުން ކީ މެހެމާންދާރީ އަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށް ވެއެވެ.

މިދިޔަ މެއި މަހު ދުނިޔެއަށް އުފަންވި މި ކުއްޖާ އަށް ކިޔާނެ ނަމެއް ހޯދުމަށް ކުއްޖާ ވިހެއުމުގެ ދެ މަސް ވަރު ކުރިން މަޝްވަރާ ކުރެވުނު ކަމަށް އަފްރާ ބުންޏެވެ.

"ފިރިހީމާ ބުނި، 'ކިހިނެތް ވާނީ ޖަސްޓިން ޓްރޫޑޯ ކިޔަން'، އޭނާ އެހެން ބުނުމުން އަހަރެން ފުރަތަމަ ވަރަށް ހައިރާންވި، އަހަރެން ކުޑަ ކޮށް ހީލާފައި ބުނިން މައްސަލައެއް ނެތޭ، އެއީ ޖަސްޓިން ޓްރޫޑޯ އަށް ދެވޭ ކުޑަ ޝުކުރެއް ނޫންހޭ،" އަފްރާ ބުންޏެވެ.

މި އާއިލާ ސީރިއާ އިން ފިލީ މީގެ ހަ އަހަރު ކުރިންނެވެ. އޭގެ ފަހުން އެ މީހުން ވަނީ ތިން އަހަރު ލުބްނާނުގައި ހޭދަކޮށްފައެވެ. އަދި ފަހުން 2016 ވަނަ އަހަރު ކެނެޑާގެ ކަލްގަރީ އަށް ބަދަލުވީ އެވެ.

ADS BY SHEESHA

ޓްރޭޑު ވަނީ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމަށް އެތަށް ހާސް ރެފިއުޖީންނެއް ގެނައުމަށް ހުއްދަދީފައެވެ. އޭގެ ސަބަބުން އޭނާ އަށް ދުނިޔޭގެ އެތައް ބަޔެއްގެ ލޯބި ވަނީ ލިބިފައެވެ.

3 ކޮމެންޓް

  1. ވ.ތާހިރު ވާހަކައެކެ ތިދެން...

  2. ދަރިދެއްވި ފަރާތައް އަދި އެގައުމުގެ މީހުންގެ ހިތް އެމީހުންނައް ލަންބައިދިން ފަރާތް މަތިން ހަނދާނެއް ނެތް.

  3. ރިއަމް / ތިނަދޫ

    މުސްލިމުންގެ ދަރިންނަށް މުސްލިމު ނަމުން ނަންކިޔުމަށް އަމުރު އައިސްފައިވާއިރު ދުނިޔޭން ލިބޭ ކުޑަ އުފަލަކަށްޓަކައި ޣައިރު މުސްލިމެއްގެ ނަމުން ދަރިފުޅަށް ނަންކީއިރު ތިޔަ ކުޑަ ދަރިފުޅު ދެއްވި އިލާހްގެމަތިން ހަނދުމަ ނެތް! ވަރަށް ދެރަ!