އަންހެން ކުއްޖެއް ވިހެއުމުން ފިރިމީހާގެ އާއިލާ އިން މަންމަގެ ގައިގަ ތަޅާ އަނިޔާ ކޮށްފިއެވެ.

އިންޑިއާގ ޕަންޖާބުގައި ހިނގި މި ހާދިސާގައި އަނިޔާ ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީނާ ކަޝްޔަޕް އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ވެސް ކައިވެނީގެ ރަނުގެ މައްސަލައެއްގައި ފިރިމީހާގެ އާއިލާ އިން ވަނީ މީނާ އަށް އަނިޔާ ކޮށްފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިމީހާގެ ބޭބެ ކަމަށް ބެލެވޭ މީހަކާއި އޭނާގެ ރައްޓެހިން ވަނީ ހޮކީ ދަނޑިއަކުން މީނާގެ ގައިގަ ތަޅާ އަނިޔާ ކޮށްފައެވެ. އޭރު އޭނާ ދިޔައީ ރޮއި ހަޅޭލަވަމުންނެވެ.

މީނާ އަށް އޭނާގެ ފިރިމީހާގެ އާއިލާ އިން ވަނީ ކައިވެނީގެ ރަނުގެ ގޮތުގައި 8300 ޕައުންޑު ދީފައެވެ. ނަމަވެސް އޭނާ އަށް އަންހެން ކުއްޖެއް ލިބުމުން އެ އާއިލަ އިން ވަނީ އެކަމާ ރުޅި އައިސް އޭނާ އަށް އެތައް ފަހަރެއްގެ މަތިން އަނިޔާ ކޮށްފައެވެ.

ފުލުހުން މިހާރު ވަނީ މީނާގެ ފިރިމީހާ ދަލްޖީތު އަދި އޭނާގެ ބޭބެ ކަމަލްޖީތު އާއި އޭނާގެ އެކުވެރިޔާ ގޯރަވްގެ މައްޗަށް ގަސްތުގައި އަނިޔާ ކުރި ކަމުގެ ދައުވާ އުފުލާފައެވެ.

ADS BY SHEESHA

މީނާގެ ބައްޕަ ބުނި ގޮތުގައި އެ މީހުން މިދިޔަ އަހަރު ވެސް އަނިޔާ ކުރި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފެއް ނުވާ ކަމަށެވެ.

ADS BY ASTERS

3 ކޮމެންޓް

  1. އަވަހައް ކައްފާރާއެއްގެ ގޮތުގައި
    ގެރިޔެއް ދީ ހެހޭ

  2. އާދޭ އާދޭ . އަހަރުމެންނަށް އިންސާނީ ހައްގުތައް ކިޔައިދޭން އާދޭ