ގެއެއް އަނދަމުން ދަނިކޮށް އެގެ ކައިރީ ކުޑަ އަންހެން ކުއްޖަކު ހެވިފައި ހުންނަ މަންޒަރު ދައްކުވައިދޭ "މީމް" ހަތަރު ލައްކަ އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

މީސްމީޑިއާގައި މި މީމް މަޝްހޫރުވެގެން ދިޔަ އިރު، އެއްވެސް މީހަކަށް އެއީ ކޮން އަހަރެއްގައި ނަގާފައިވާ އެއްޗެއް ކަމެއް ނޭނގެއެވެ. އަދި ފެނިގެން ގޮސްފައިވަނީ ކޮން ކުއްޖެއް ކަމެއް އެނގިފައެއް ނުވެއެވެ.

ނަމަވެސް އެ ފޮޓޯ ގަނޑު ވިއްކާލުމާއެކު ގިނަ ބަޔަކު ވަނީ އެކަމުގެ ހަގީގަތަކީ ކޮބައިތޯ ބެލުމަށް މަސައްކަތް ކޮށްފައެވެ.

ދުނިޔޭގެ ބޮޑެތި މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފޮޓޯއިން ފެންނަނީ ޒޯ ރޮތް ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. ދެހާސް ފަސް ވަނަ އަހަރު އެ ފޮޓޯގަނޑު ނަގާފައިވަނީ އެ ކުއްޖާގެ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. ނަމަވެސް މިހާރު އޭނާގެ އުމުރުން 21 އަހަރު ވެއްޖެއެވެ.

އެ މީމް އިން ދޭހަވަނީ ކޮން އެއްޗެއް ކަން ވެސް ގިނަ ބަޔަކަށް ނޭނގެއެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އެކި ގޮތްގޮތަށް އެ މީމް އާ މެދު ދެކެފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ނިކަމެތި މީހަކު ދިރިއުޅޭ ގެއެއް އަނދަމުން ދިޔަޔަސް، މުއްސަނދި ބަޔަކަށް އެއީ ކަމަކަށް ނުވާނެ ކަމަށެވެ.

ޒޯ އެ މީމްގެ އަސްލު ފޮޓޯގަނޑު ވިއްކާލާފައިވަނީ 473،000 އެމެރިކާ ޑޮލަރަށެވެ. އޭނާ ބުނީ އެ ފައިސާ ބޭނުން ކުރާނީ ސްކޫލަށް ދައްކަން ހުރި ދަރަނި ދެއްކުމަށާއި މީހުންނަށް އެހީތެރިވުމަށް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު